Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފެއިލު ވެފައިވާ މީޑިއާ އާއި ޕީއާރު ޓީމެއް، ޑރ. މުއިއްޒު ފޭލް ކޮށްލުމުގެ އިސް ސަފުގައި

ރައީސްގެ އަގުވައްޓާލާ މީޑިއާތަކާ މެދު މީޑިއާ ކައުންސިލާ ބްރޯޑްކޮމް އިން ފިޔަވަޅު ނާޅާކަމަށް ބުނެ، ސަރުކާރުން ހުށަހަޅާ މައްސަލަ ނުބަލާ ކަމަށް ބުނެ، އެކަން ބަލައި ދިނުމަށްއެދި މަޖިލީހަށް ރައީސް އޮފީހުން ސިޓީއެއް ފޮނުވާފައި އިރު، މި ސަރުކާރަކީ ނޫސްވެރިންގެ ގުންޒަރުން ފެއްޓެވި ސަރުކާރެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2024 | ބުރާސްފަތި 12:45
އދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ބައެއް މީޑިއާތަކާ ބައްދަލުކުރައްވަނީ

އދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ބައެއް މީޑިއާތަކާ ބައްދަލުކުރައްވަނީ

ވެރިކަން ފެއްޓެވީ ނޫސްވެރިންގެ ގުންޒަރުންނެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކައިންނެވެ. ނޫސްވެރިންނާ ނޫސް މީޑިއާ ތަކަށް ޚާއްސަ ގުޅުމެއް ބާއްވަވާނެ ވާކައިންނެވެ. ވިދާޅުވަމުން ގެންދެވީ ހުރިހާ އެއްޗެއް ހާމަކުރައްވާނެ ކަމަށެވެ. ފޮރުވާފައި އެއްވެސް އެއްޗެއް ނުބާއްވަވާނެ ކަމަށެވެ. ފޮރުވަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. ކުޑަމިނުން އާރުޓީއައި އެއްވެސް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އެކަމަކު ވެރިކަމަށް ރަނގަޅު އެއް އަހަރު ހަމަނުވަނީސް މުޅި މަންޒަރު ބަދަލުވެއްޖެއެވެ. ކީހާ ޅެން ފަރިއްސަށް ވެއްޖެއެވެ. ދެއްކެވިހާ ވާހަކަ ދޮގަށްވެ ނިމިއްޖެއެވެ. ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ތޮބީއަތުގެ މަތިންނެވެ. ރައީސްގެ އަގުވައްޓާލާ މީޑިއާތަކާ މެދު މީޑިއާ ކައުންސިލާ ބްރޯޑްކޮމް އިން ފިޔަވަޅު ނާޅާކަމަށް ބުނެ، ސަރުކާރުން ހުށަހަޅާ މައްސަލަ ނުބަލާ ކަމަށް ބުނެ، އެކަން ބަލައި ދިނުމަށްއެދި މަޖިލީހަށް ރައީސް އޮފީހުން ސިޓީއެއް ފޮނުވިއެވެ. ހައިރާންވާންވީ ކަމެއް ނެތެވެ. ވާނީވެސް އެހެން ނޫންތޯއެވެ. ރައީސް އޮފީހުގެ މީޑިއާ އޮފީސް ބަލަހައްޓަވަން އަރިހުގައި ތިއްބެވީ ކޮންބައެއް ތޯއެވެ. އިސްކޮށް ހުންނެވީ ކާކުތޯއެވެ. ވެރިންގެ މޫނުފުޅު މޭކަޕްކޮށްދީ، ޓައީ ޕިން ޖައްސަވައިދީ، ހެދުންކޮޅުގެ ރޫފިލުވައިދީގެން ތާއަބަދަށް ދުނިޔޭގައި އުޅެން އުޅޭ މީހުންނެވެ. ސަރުކާރުތައް ޕްރޮމޯޓް ކުރުމާއި، ސަރުކާރުތަކަށް ސަނާ ކިއުމުގައި ދައުލަތުގެ މީޑިއާ ތަރިކަ މުދަލަކަށް ހައްދަވައިގެން އެތަން ގެންގުޅުއްވި ބޭފުޅުންނެވެ.

މިއީ އިއްޔެއަކު މިއަދަކު ފެށުނު ކަމެއް ވެސް ނޫނެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މިކަން ފެށިއްޖެއެވެ. ސަރުކާރަށް ސަނާ ނުކިޔާނެ މީޑިއާތަކަށް ދަތިކުރުމުގެ މަސައްކަތް ރައީސް އޮފީހުގައި ކޮމިއުނިކޭޝަން އޮފީސް ހައްދަވައިގެން އަތްދަށަށް 50 މުވައްޒަފުން ލައްވައިގެން ފެއްޓެވި ދަމާ ރޮއްޖަކަށް ފޫގަޅައިގެންނެވެ. ފުރަތަމަ ކަނޑަން ފެށީ އެފަދަ މީޑިއާ ތަކުގެ ސްޕޮންސަރޝިޕެވެ. ހިތުން ދަތިކޮށްގެން އެތަންތަން ހުއްޓުވައި ސަރުކާރާ އެއްކޮޅު އަޑެެއް ނޫނީ ނީވޭނެ ގޮތް ހަދާށެވެ. އޭރަކުން ސަރުކާރުން މިހިންގާ ވައްކަމާ ފަސައިދައިގެ އަޑުފައްގަނޑެއް ނީވޭނެއެވެ. އެހާވަރުން ފުއްދައެއް ނުލިއެވެ. ސަރުކާރު އޮފީސްތަކަށް ސިޓީ ފޮނުވާ، މީޑިއާ ތަކަށް ދޭ ލާރިއާ އެއްވަރަށް ސަރުކާރު ޕްރޮމޯޓް ކުރޭތޯ ރިޕޯޓު ނަަގާނެ ފައުޖެއްވެސް ކޮމިއުނިކޭޝަން މިނިސްޓަރުގެ އަތްދަށުގައި ތިބޭ ކަމަށްވެއެވެ. ސަރުކާރުގެ ނުފޫޒް ފޯރުވައިގެން އަމިއްލަ ވިޔަފާރިތަކުގެ ސްޕޮންސަރތައް އެފަދަ މީޑިއާތަކުން ނެގުވުމުގެ މަސައްކަތް ވެސް ފެށީއެވެ. މާމޮޅު މީޑިއާ ދަންނަ ބޭފުޅަކު މުއިއްޒު އަރިހަށް ސަވާރުވެ، ތަންތަނުގައި އުޅޭ ވަކިވަކި މުވައްޒަފުންނަށްވެސް ގުޅާ، ބޮޑެތި އޮފާތައް ދީގެން ސަރުކާރަށް ފާޑުކިޔާ ނޫސްމީޑިއާތަކުގައި ތިބި ނޫސްވެރިން ގެންދަނީއެވެ. އަނެއްކޮޅުން ސަރުކާރަށް ސަނާ ކިޔާ މީޑިއާތަކަށް ފައިސާ ބަހަނީއެވެ. ބޯކޮށް ލާރި ބަހަނީއެވެ.

ސަރުކާރުގެ ކުންފުނިތަކުން ފައިސާ އޮއްސައިގެން ސަރުކާރަށް ސަނާ ކިޔާ މީޑިއާ ތަކަށް ބޮޑެތި ޚަރަދުތައް ކުރަނީއެވެ. ބޭރުގެ ދަތުރުފުޅުތަކުން އެފަދަ މީޑީއާތަކަށް ޖާގަވެސް ދެއްވާކަމަށް ވެއެވެ. އެއީ އެކްސްގައި ހިންގާ ހެންޑްލް އެއް ކަމަށްވިޔަސް ސަރުކާރަށް ސަނާ ކިޔަންޏާ އެއޮތީ ނަސީބު ލައްވާލާފައެވެ. މިހާ ވަރަކުން ވެސް ފުއްދައެއް ނުލެވުނެވެ. ސެލެބްރިޓީންނާ އިންފުލުއެންސަރ އިންނާ ސަރުކާރުން ޚަރަދު ކޮށްގެން ސަރުކާރަށް ތަޢުރީފް ކުރުވަން ފެށިއެވެ. ސުމާރެއް ނެތި ރައްޔިތުންގެ ޓެކްސް ފައިސާއިން މިކަންކަމަށް ޚަރަދު ކުރަން ފެށިއެވެ.

ތަޢުރީފަކުން، ޕްރޮމޯޝަނަކުން، ހެޔޮބަހަކުން ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ކެތްކޮށްލައިގެން ނުތިބެވުނެވެ. ސަރުކާރަށް ފާޑުކިޔުމާ ޒިންމާދާރުކުރުން ބަލައިގަނެވޭ ކަމަކަށް ނުވިއެވެ. ހަޖަމުވާ ވަރުގެ ކަމަކަށްވެސް ނުވިއެވެ. ދެން ނުކުތީ އެފަދަ ނޫސްމީޑިއާތަކަށް ފިޔަވަޅު އަޅާށެވެ. ފުލުފުލުގައި މުއައްސަސާތަކަށް މީޑިއާތަކުގެ މައްސަލަ ހުށަހަޅަން ފެށީ ސީދާ ރައީސް އޮފީހުންނެވެ. އަދިވެސް ކަމަކު ނުދިއައެވެ. އެ މުއައްސަސާތަކުން މައްސަލަ ބަލަންދެންވެސް ނުތިބެވުނެވެ. ކެތްކޮށެއް ނުލެވުނެވެ. ނޫސްމީޑިއާތަކުގެ މައްސަލަ ނުބަލާކަމަށް ބުނެ، އެ މުއައްސަސާތަކުގެ މައްސަލަ ބަލަން މަޖިލީހަށް ރައީސް އޮފީހުން ފޮނުވިއެވެ.

މީގެ ކުރިން ވެސް ބޭބޭފުޅުން ރާއްޖޭގައި ވެރިކަން ކުރެއްވިއެވެ. މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އޭރުތިބީ އިދިކޮޅުގައެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަށް ނުގޮވާކަށް އެއްޗެއް ނެތެވެ. ނާޅުވާކަށް ބަދުނާމެއް ނެތެވެ. އޭރުގެ ސަރުކާރޭ ކިޔައިގެން ނުހަދާކަށް ދޮގެއް ނެތެވެ. ނުއުފައްދާކަށް ފިތުނައެއް ނެތެވެ. އެކަމަކު މިބޭބޭފުޅުންނާ މިބޭބޭފުޅުންނަށް ތާއިދުކުރާ ނޫސްމީޑިއާތަކަށް ފިޔަވަޅު އެޅުއްވިތަން ދުށިންތޯއެވެ. މައްސަލައެއް ހުށަހެޅި ވާހަކަ އެހިންތޯއެވެ. ފަސްއަހަރު ވެރިކަން ކުރައްވާފައި އޭރުގެ ރައީސް ވެރިކަމުން ފައިބާ ވަޑައިގަތީއެވެ. ނޫސްމީޑިއާތަކުން ކީ ފާޑަކުން ގޮވި އެއްޗަކުން އެބޭފުޅާގެ ހަށިގަނޑުން މަދުވިތަނެއް އޮތްތޯއެވެ. އެއީވެސް ވެރިކަމެކެވެ. މިއީ ވެސް ވެރިކަމެކެވެ. އެއީ ވެސް ރައީސެކެވެ. މިއީ ވެސް ރައީސެކެވެ. ތަފާތަކީ މިހާރުގެ ރައީސް ވެރިކަމަށް ވަޑައިގަތީއްސުރެ ނޫސްވެރިން ދެކެ ކޯފާވެފައި ހުންނަވާ ކަމެވެ. ނޫސްވެރިންނަށް އަބަދު އެއްޗެހިވިދާޅުވާ ކަމެވެ. ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާ ކަމެވެ. ކުރިމަތިލައްވަން ކެރިވަޑައިނުގަންނަވާ ކަމެވެ. ބަހާއަމަލާ ދިމާނުވާކަމެވެ.

ނޫސްވެރިންގެ ގުލްޒާރުން ފެއްޓެވި ވެރިކަމުގެ ފުރަތަމަ އަހަރު ނިމި މިދަނީ ނޫސްވެރިންނަށް ފިޔަވަޅު ނާޅައިގެން ސަރުކާރުގެ ދެ ފަޔަށް ހިނިއަރައިގެން ކޮޅުކޮޅުމައްޗަށް ދުވަނިކޮށެވެ. އެކަމަކު ގަބޫލު ކުރައްވާށެވެ. ރައީސުލް ޖުމްހޫރިއްޔާ މާބޮޑު މަގާމެއް ދެއްވާއިރަށް މުޅި ދުނިޔޭގެ ހުރިހާ މީޑިއާ އަކީ ތިމާ ރުހޭ ގޮތައް ހިންގާނެ އަދި ހިންގަން ޖެހޭނެ އެއްޗެހި ކަމަށް ހީވުމަކީ ހަމަ ކުށްހީއެކެވެ. ބޯޅަހިފައިގެން ރީތި ކޮށް މީހުންގެ ގައިން ނައްޓަމުން ގޮސް ގޯލަށް ޖެހޭނެ ހުނަރު ނެތީމާ ދެން ޖަހަން މަޖުބޫރުވާނީ އެނެކާގެ ކަށިމަތީގައެވެ. އެކަމުން އުފެދޭ ދިލައާއި ވޭން އަވަހަކަށް ނުފިލާކަމަށް ވެއެވެ.

ތިޔަ ސިޓީގެ ސަބަބުން ސަރުކާރަށް ފާޑުކިއުމާއި، ސަރުކާރުން ކުރާ ވައްކަމުގައި މަތިއެޅޭނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. ރައީސް މުއިއްޒުގެ އަރިހުގައި ތިބީ މީޑިއާ ހިންގުމުގައި ރައީސް މައުމޫނުވެސް ފެއިލުކޮށްލި އަދި ފަހުން ރައީސް ޔާމީންވެސް ފެއިލް ކޮށްލުމުގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންނެވެ. އެ ބޭބޭފުޅުންގެ ވެރިކަމުގައި ވެސް ހަމަ މިކަން މިހެން ހިންގަވަން ފޫގަޅައިގެން ދައުލަތުގެ މީޑިއާގައި ތިއްބެވިއެވެ. އެދެބޭފުޅުން ފެއިލްވީ މިހާރު ރައީސް މުއިއްޒުގެ ތޮއްވަރަށް ވަދެތިބި މީޑިއާ "ސްޓްރެޓެޖިސްޓުންގެ" ފެއިލްވެފައިވާ ޒަމަނާަށް ނުފެތޭ ކޮށި ވިސްނުމުގެ ތެރެއިންނެވެ.

މިމީހުންގެ ސްޓްރެޓަޖީގައި އޮންނަނީ އެންމެ ކަމެކެވެ. މިވެރިން އުއްމީދު ކުރި ގޮތްގޮތަކަށް ކަންކަން ހިނގައިނުގަތީމާ ދެން އަނެކާ ދަތިއަޅުވާ ވައްޓާލުމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު