Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން-އިޒްރޭލް ހަނގުރާމަ

އެއްވެސް ރަހުމެއް ނެތި ކޮންމެ ތަނެއްގައިވިޔަސް ހިޒްބުﷲ އަށް ހަމަލާ ދޭނަން: ނަތަންޔާހޫ

ހޯމަ ދުވަހު ލުބުނާނުގެ އުތުރުގައި އިޒްރޭލުން ދިން ހަމަލާއެއްގައި މަދުވެގެން 21 މީހުން މަރުވެ 8 މީހުން ޒަޚަމުވެފައިވާކަމަށް ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނޭ

ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2024 | އަންގާރަ 02:21
އުތުރު ލުބުނާނުގެ އަވަށަކަށް އިޒްރޭލުން ހަމަލާދީ އާންމުން ދިރިއުޅޭ ގެއެއް ފުނޑުފުނޑުވެފައި

އުތުރު ލުބުނާނުގެ އަވަށަކަށް އިޒްރޭލުން ހަމަލާދީ އާންމުން ދިރިއުޅޭ ގެއެއް ފުނޑުފުނޑުވެފައި

އެއްވެސް ރަހުމެއް ނެތި ކޮންމެ ތަނެއްގައި ވިޔަސް ހިޒްބުﷲ އަށް އިޒްރޭލުން ހަމަލާ ދޭނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

"ލުބުނާނުގެ ކޮންމެ ތަނެއްގައި - ބެއިރޫތުވެސް ހިމެނޭގޮތަށް – ހިޒްބުﷲ އަށް ރަހުމެއް ނެތި ހަމަލާދޭނަން،" ނަތަންޔާހޫ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ އިޒްރޭލުގެ އުތުރުގައި ހުރި ސިފައިންގެ މަރުކަޒަކަށް ޒިޔާރަތްކުރެއްވުމުގެ ތެރޭގައެވެ. މި މަރުކަޒަކީ ހިޒްބުﷲ އިން ދިން ޑްރޯން ހަމަލާއެއްގައި އާދިއްތަ ދުވަހުގެ ރޭ އިޒްރޭލުގެ ހަތަރު ސިފައިން މަރުވެ އެތައް ބަޔަކު ޒަޚަމްވި ހާދިސާ ހިނގި މަރުކަޒެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ހަނގުރާމަ އާ ގުޅިގެން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ސަރަޙައްދުގައި ހިނގަމުންދާ ހަމަލާތަކުގެ ތެރެއިން ހިޒްބުﷲ އިން އިޒްރޭލަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ.

ހަމަލާއަށް ފަހު ހިޒްބުﷲ އިން ބުނެފައިވަނީ މިއީ ލުބުނާނަށް އިޒްރޭލުން ދެމުންދާ މަރުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި މިދިޔަ މަސްދުވަހެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 1،700 މީހުން ވަނީ ލުބުނާނުން މަރުވެފައެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި އިޒްރޭލުން ދެމުންދާ ހަމަލާތައް އަމާޒު ކޮށްފައިވަނީ ޝިޔާ މުސްލިމުން ގިނަ ދެކުނު ސަރަހައްދާއި އިރުމަތީގައިވާ ބެކާ ވެލީއަށެވެ. މިއީ ހިޒްބުއްލާގެ ނުފޫޒު ބޮޑު ސަރަހައްދުތަކެކެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އަށް ކުއްލި ސިހުމެއް ލިބުނު ހިޒްބުﷲ ގެ ޑްރޯން ހަމަލާ ބިންޔަމީނާ ކައިރީގައިވާ ގޮލާނީ ބްރިގޭޑްގެ ތަމްރީނު މަރުކަޒަށް އެ ޑްރޯނު ވާސިލްވި ގޮތް ތަޙްޤީޤު ކުރަމުންދާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ. ހިޒްބުﷲ އިން ފޮނުވި ޑްރޯން ވަނީ އިޒްރޭލުގެ ވަރުގަދަ ވައިގެ ދިފާޢީ ނިޒާމު ފޫއަޅުވާލާފައެވެ.

އަނެއްކޮޅުން ހޯމަ ދުވަހު ލުބުނާނުގެ އުތުރުގައި އިޒްރޭލުން ދިން ހަމަލާއެއްގައި މަދުވެގެން 21 މީހުން މަރުވެ 8 މީހުން ޒަޚަމުވެފައިވާކަމަށް ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވެއެވެ.

މި ހަމަލާ އަމާޒުވެފައިވަނީ އައިތޫ ނަމަކަށް ކިޔާ ކްރިސްޓިއަން ދީނުގެ މީހުން ދިރިއުޅޭ އަވަށެއްގެ އާންމުން ދިރިއުޅޭ އިމާރާތަކަށެވެ. މިއީ ހިޒްބުﷲ ގެ ބާރުގަދަ ސަރަހައްދުތަކާ ވަރަށް ދުރުގައިވާ އަވަށެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!

ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!

05 ސެޕްޓެމްބަރު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

28 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު

ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު

23 ޖޫން 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު