ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 16:52
ޕީޕިއެމް ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސާ ނާދިރާ
ޕީޕިއެމް ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސާ ނާދިރާ
ރާއްޖެއެމްވީ
ނާދިރާގެ މައްސަލަ
ނާދިރާ ޕީޕީއެމް އިން ވަކިކޮށްފައި ވަނީ ރަގަޅަށް: ސިވިލް ކޯޓު
ނާދިރާ ޕީޕީއެމް އިން ވަކިކޮށްފައިވަނީ މިދިޔަ އަހަރު
މި ނިންމުން ނިންމާފައިވަނީ ޕީޕީއެމްގެ ޣައިރު ހާޒިރުގައި
ނާދިރާ ޕާޓީން ވަކިކުރީ ސޯޝަލް މީޑިޔާގައި ޕީޕީއެމްއަށް ފާޅުގައި ފާޑުކިޔުމުން

ޕީޕީއެމް މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ޕާޓީން ވަކިކޮށްފައި ވަނީ ރަގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ،ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕާޓީގެ އެތެރޭގެ އެންމެމަތީ މަރުހަލާތަކުގެ ބޭނުން ކުރުމަކާ ނުލައި، ނުވަތަ ދޫކޮށްލުމަށް ފަހު އެޅި ފިޔަވަޅުގެ ސައްހަކަމާމެދުގައި މިހާރު ޝަރުއީ މަރުހަލާއިން ގޮތެއް ކަނޑައަޅައިދިނުމަށް  ނާދިރާގެ ފަރާތުން  އެދުމަކީ ޕީޕީއެމްގެ އަސާސީ ގަވައިދުގެ ދަށުން ތަރުތީބުކޮށް ތަންޒީމު ކޮށްފައިވާ އިޖުރާއަތުގެ ބާރުކެނޑިދާނޭ  ކަމެއް ކަމަށް  ކަނޑައަޅާ ކަމަށެވެ. 

މީގެ އިތުރުން ނާދިރާގެ ފަރާތުން މި މައްސަަލަ ހުށަހެޅުމަކީ،ނާދިރާގެ ފަރާތުން އެދިފައިވާ ފަދައިން ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ ނިންމުމަކީ، އެ ޕާޓީގެ އަސާސީ ގަވައިދާ ޕީޕީއެމްގެ ސުލޫކީ މައްސަލަތައް ބެލުމާބެހޭ ގަވައިދާ ހިލާފަށް ނިންމާފައިވާ ނިންމުމެއް  ކަމަށް  ޝަރީއަތުން ކަނޑައަޅައި ދެވެން ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ހިޔާލު ފާޅުކުރުމާއި ގުޅިގެން ނާދިރާ ޕީޕީއެމް އިން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އަދި އިލެކްޝަންސް އިން ވަނީ ނާދިރާގެ ނަން ޕީޕީއެމްގެ ދަފްތަރުން ވެސް އުނިކޮށްފައެވެ.

ނާދިރާގެ އިތުރުން ޒައިދުލް އަމީން ވެސް ވަނީ އެޕާޓީން އޭރު ވަކިކޮށްފައެވެ. އޭނާ ވެސް ޕީޕީއެމްއިން ވަކި ކުރީ ޕީޕިއެމްގެ މެންބަރެއްގެ ގޮތުގައި ހުރެ  ސަރުކާރަށް ފާޅުގައި ފާޑުކިޔުމުގެ ސަބަބުންނެވެ. މީގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް އޭރުވަނީ ޕާޓީގެ ތްރީލައިން ވިޕާ ހިލާފުވުމުގެ ސަބަބުން ޕާޓީން ވަކިކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް