Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް ހަނގުރާމަ

އީރާނުން އިޒްރޭލަށް ދިން ހަމަލާ އާ ގުޅިގެން އެމެރިކާ އިން އީރާނަށް އަނެއްކާވެސް ދަތިކޮށްފި

ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކުރެވިފައިވަނީ އިރާނުގެ ތެޔޮ އެކްސްޕޯޓް ކުރާ ސިއްރު ޓޭންކަރުތަކުގެ ބޮޑު ބަޔަކަށް ކަމަށް އެމެރިކާ އިން ބުނެފައިވޭ

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2024 | ހޮނިހިރު 08:34
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން

އޮކްޓޫބަރު 1 ވަނަ ދުވަހު އީރާނުން އިޒްރޭލަށް ދިން ބެލިސްޓިކް މިސައިލް ހަމަލާއާ ގުޅިގެން އަނެއްކާވެސް އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ހުކުރު ދުވަހު އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ، އިރާނުގެ ތެލާއި ޕެޓްރޯކެމިކަލް އުފެއްދުންތައް އުފުލުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކޮށް އެޤައުމުގެ 10 ކުންފުންޏަކާއި 17 އުޅަނދެއް ހިފެހެއްޓިފައިވާ މުދަލުގެ ގޮތުގައި ކަނޑައަޅާފައެވެ.

ޓްރެޜަރީ ޑިޕާޓްމަންޓުން ބުނިގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި މިވަނީ އިރާނަށް މާލީ ގޮތުން އިތުރު ފިއްތުންތަކެއް ކުރިމަތިކުރުމަށް ކަމަށާއި، މީގެ ތެރޭގައި މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި ހިންގާ ހަރަކާތްތަކަށް އެހީތެރިވުމަށް ބޭނުންކުރާ ތެލުން އާމްދަނީ ހޯދުމުގެ ފުރުސަތު ކުޑަކުރުން ހިމެނޭ ކަމަށެވެ.

މި ޑިޕާޓްމަންޓުަންޓުން އިތުރަށް ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކުރެވިފައިވަނީ އިރާނުގެ ތެޔޮ އެކްސްޕޯޓް ކުރާ ސިއްރު ޓޭންކަރުތަކުގެ ބޮޑު ބަޔަކަށް ކަމަށެވެ.

މީގެއިތުރުން، މި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި މިވަނީ 'ސްޓޮޕް ހާބަރިންގ އިރާނިއަން ޕެޓްރޯލިއަމް އެކްޓް' ގެ ދަށުން ކަމަށް ވެސް އެ ޑިޕާޓްމަންޓުން މައުލޫމާތު ދެއެވެ. ސްޓޮޕް ހާބަރިންގ އިރާނިއަން ޕެޓްރޯލިއަމް އެކްޓަކީ އިރާނުގެ ތެލުގެ ވިޔަފާރީގައި ބައިވެރިވާ ބޭރުގެ ފަރާތްތަކަށް ދަތި ކުރިމަތިކުރުމަށް ހެދިފައިވާ ދެ ޕާޓީގެ ޤާނޫނެކެވެ.

"އެމެރިކާއިން މި ފިޔަވަޅުތައް މިއަޅަނީ ސްޓޮޕް ހާބަރިންގ އިރާނިއަން ޕެޓްރޯލިއަމް އެކްޓް (ޝިޕް އެކްޓް) ގެ ދަށުން. މި ޤާނޫނަކީ 2024 ވަނަ އަހަރު ކުއްލި ޙާލަތުގައި އިތުރު ފައިސާ ދޫކުރުމުގެ ޤާނޫނުގެ (ޕީ.އެލް. 118-50) ބައެއްގެ ގޮތުގައި ފާސްކުރެވުނު ޤާނޫނެއް. މި ޤާނޫނުގެ ދަށުން އިރާނުން އުފައްދާ ތެލާއި ތެލުގެ އުފެއްދުންތަކުގެ ވިޔަފާރީގައި ބައިވެރިވާ ބޭރުގެ ފަރާތްތަކަށް ދަތިތައް ކުރިމަތިކުރެވޭ. އަދި މި ޤާނޫނު ތަންފީޒުކުރުމުގެ ބާރު މިފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްރެޜަރީ އަދި ސްޓޭޓް ޑިޕާޓްމަންޓްތަކަށް ދެއްވާފަ،" އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ޓްރެޜަރީ ޑިޕާޓްމަންޓުން ބުންޏެވެ.

އެމެރިކާގެ ޓްރެޜަރީގެ ސެކްރެޓަރީ ޖެނެޓް އެލް. ޔެލެން ވިދާޅުވެފައިވަނީ، "އިޒްރޭލާ ދެކޮޅަށް އިރާނުން ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން، އެމެރިކާއިން އިރާނަށް ފައިސާ ހޯދުމާއި އަދި ސަރަޙައްދުގެ ހަމަނުޖެހުމަށް ކުރާ ހަރަކާތްތައް ހިންގުމަށް ހުރަސްއެޅުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި،" ވާކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، "ހުކުރު ދުވަހު މި އެޅުނު ފިޔަވަޅުތަކުގެ އަމާޒަކީ އިރާނުގެ ހަކަތައިގެ ޞިނާޢަތުން ލިބޭ އާމްދަނީ ހަނގުރާމައަށާއި، ހަނގުރާމައަށް އެހީތެރިވުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅުން،" ކަމަށެވެ. މީގެ ތެރޭގައި "އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ތަރައްޤީކުރުމާއި، ބެލިސްޓިކް މިސައިލްތަކާއި ޕައިލެޓުން ނުލާ ދުއްވާ މަތިންދާބޯޓުތައް އިތުރުކުރުން،" ފަދަ ކަންކަން ހިމެނޭކަމަށެވެ.

"އިރާނުގެ އަމަލުތަކަށް އެމީހުން ޒިންމާދާރުކުރުވުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ފަހެއް ނުޖެހޭނެ" ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތަނީ ބްލިންކެން ވިދާޅުވެފައިވަނީ އެމެރިކާއިން "އިރާނުގެ ހަނގުރާމައަށް ބޭނުންކުރާ އާމްދަނީގެ ވަސީލަތްތައް މަދުކުރުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށާއި، އިރާނުން އެ ޤައުމުގެ ތެލުގެ އާމްދަނީން އިޒްރޭލާ ދެކޮޅަށް ހަމަލާދިނުމަށާއި، ޓެރަރިޒަމަށް އެހީތެރިވުމަށާއި، އަދި ހަމަޖެހުން ނަގާލުމަށް ބޭނުންކުރާހާ ހިނދަކު، އެމެރިކާގައި ހުރިނަމަ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެ ޤައުމު ޒިންމާދާރުކުރުވުމަށް މަސައްކަތްކުރާނެ،" ކަމަށެވެ.

މި ފިޔަވަޅުތަކާ ގުޅިގެން އީރާނުން ބުނެފައިވަނީ. އިޒްރޭލަށް ދިން ހަމަލާއަކީ އިޒްރޭލުން ދޭ ހަަމަލާތަކުގެ ބަދަލުގައި ދިފާއުވުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށާއި، އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކަކީ އިރާނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ އިޤްތިޞާދީ ހަނގުރާމައިގެ ބައެއް ކަމަށާއި، އެއީ އެ ޤައުމުގެ މިނިވަންކަމަށް އުނިކަން ގެނުވާ ކަމެއް ކަމަށެވެ.

އޮކްޓޯބަރު 1 ވަނަ ދުވަހު، އިރާނުން ވަނީ އިޒްރޭލުގެ ސަޙްޔޫނީ ވެރިކަމުގެ އަސްކަރީ، އިންޓެލިޖެންސް އަދި ޖާސޫސީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައެވެ.

މިހަމަލާ ދީފައިމިވަނީ، އިޒްރޭލުން ޙަމާސްގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ، ޙިޒްބުﷲގެ ލީޑަރު ސައްޔިދު ޙަސަން ނަޞްރުﷲ، އަދި އައި.އާރް.ޖީ.ސީގެ ކޮމާންޑަރު ޢައްބާސް ނިލްފޮރޫޝަން އަވަހާރަކޮށްލުމުގެ ބަދަލުގައި ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އިޒްރޭލަށް ހަމަމާދީގެން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާ އިން އެޅި އިރު އިޒްރޭލުން ފަލަސްތީނަށާއި، ޔަމަން އަށާއި، ލުބުނާން އަށާއި ސީރިއާ އަށް ދޭ ހަމަލާތަކުގައި އިޒްރޭލަށް އެންމެ ބޮޑަށް އެހީތެރިވެދޭ ގައުމަކީ އެމެރިކާއެވެ.

އެމެރިކާއީރާންއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު