Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ އިންޑިއާ ދަތުރުފުޅު

އިންޑިއާއިން ބޭނުންވި ނަމަ މުންޑެއްލައްވާފައި ނިތްކުރީގައި ސިއްކަ ޖަހަންވެސް ރައީސް މުއިއްޒު ހުންނެވީ ތައްޔާރަށް - ރާއީ

އެއްކަމެއްވެސް ނުވެގެން އެންމެފަހުން މި ސަރުކާރަށްވީ ގޮތަކީ "މަހާނަ މައްޗަށް މަޑިއަށް ޖެހުން"

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޮކްޓޯބަރު 2024 | ހުކުރު 08:20
ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސަލާމްކުރައްވަނީ

ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސަލާމްކުރައްވަނީ

މި ސަރުކާރުގެ ހާލަތަކީ، އިންޑިއާއިން ބޭނުންވި ނަމަ މުންޑެއްލައްވާފައި ނިތްކުރީގައި ސިއްކަ ޖަހަންވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ތައްޔާރަށް ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ މި ސަރުކާރުން އިންޑިއާއިން އެހީތެރިކަން ނުހޯދަން ވެގެން، ތުރުކީން ކާޑު ގެނެސް، ދުބާއީ ތައިލެންޑުން އާސަންދަ ހަމަޖައްސަން އުޅެ، ބަލި މީހުން އުފުލަން ވެގެން އުޅަނދު ގެންނަން އުޅެ މިއިން އެއްކަމެއްވެސް ނުވެގެން އެންމެފަހުން މި ސަރުކާރަށްވީ ގޮތަކީ "މަހާނަ މައްޗަށް މަޑިއަށް ޖެހުން" ކަމަށެވެ.

މަހާނަ މައްޗަށް މަޑިއަށް ޖެހުމަކީ މީހެއްގެ ބާރު ހުރި އިރު، އެ މީހާގެ ކުރިމަތީ ބަދަލު ހިފުމުގެ ގޮތުން، އެއްޗެއް ބުނަން ނުކެރިފައި، ބާރު ކެނޑުނީމައި، ޖެއްސުންކޮށް މަލާމާތްކޮށް ހެދުމުން ބުނެ އުޅޭ ބަހެއްކެވެ.

ރާއީ ވިދާޅުވީ އަބަދުވެސް ބުނަމުން ދިޔަ ވާހަކައަކީ އަވަށްޓެރި ގައުމުތަކާއި ވަކިން ހާއްސަކޮށް ވެރިޔަކަށް ހުންނަ މީހާ ޖެހިނުގަތުމަށް ކަމަށެވެ. ރައީސްގެ ދަތުރުފުޅަށް އިޝާރާތްކުރައްވާ ރާއީ ވިދާޅުވީ 50 މީހުންގެ ވަފުދަކާއެކު އިންޑިއާއަށް ވަޑައިގެންނެވި އިރުވެސް، އެތަނުން އެއްވެސް ވަޒީރަކަށް ހަތަރުކަޅި ހަމަކޮށް ބަލާލަން ނުކެރި ތިބީ އިސްޖަހައިގެން ކަމަށެވެ.

ރާއީ ވިދާޅުވީ މަޖިލީހުގެ ދައުރު ފެށުން ލަސްކުރުމަކީ މީގެ ކުރިން ދުވަހަކުވެސް ކުރިކަމެއް ނޫން ކަމަށާއި، އެކަންވެސް ކުރީ ބަޖެޓުގެ ވާހަކަ ދައްކަން ވެގެން ދަތުރުފުޅުން ލިބޭނީ ކޯއްޗެއްތޯ ބަލައި އެވާހަކަ ދެއްކުމަށް ކަމަށެވެ. ރާއީ ވިދާޅުވީ އަވަށްޓެރި ގައުމަކާއި ޖެހިގެންނަން ނުވާނެ ކަމަށާއި، ވަކިން ހާއްސަކޮށް ވެރިޔަކަށް ހުންނަ މީހާ އެފަދަ ދަރަޖައަކަށް ވެއްޓިގެން ނުވާނެ ކަމަށެވެ.

އަދި މިއަދު ފެނިގެންދިޔަ މަންޒަރަކީ އިންޑިއާއިން ބޭނުންވިނަމަ މުންޑެއް ލައްވާފައި ނިތްކުރީގައި ސިއްކަވެސް ޖަހާ ގޮތަށް ތައްޔާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި މަންޒަރުކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ ރައީސްއާއި ވަޒީރުންނަށް އެއްޗެއް ބުނުމުން އެކަމާއި މާބޮޑުކަމަކަށް ވެގެން އުޅެން ނުޖެހޭނެ ކަމަށެވެ. ސަބަބަކީ ކުރިން ދެއްކި ވާހަކަތައް އެމީހުންނާއި ދިމާލަށް އަންނަމުންދާ ކަމަށާއި، މިކަމާއި ރައްޔިތުން މަލާމާތް ކުރާނެ ކަމަށެވެ. ރާއީ ވިދާޅުވީ މި ސަރުކާރަށް ރައްޔިތުން މިއަދު މަލާމާތްކުރާ ކަމަށާއި، އަހަރެއް ވެގެންދައިރު ރައްޔިތުން ހެއްވާލި އެއްކަމެއްވެސް މި ސަރުކާރަށް ނުކުރެވުނު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު