Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ކޮރަޕްޝަން

ރައީސް ޔާމީންގެ ވާހަކަފުޅުގެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށާއި އޭސީސީއަށް ހުށަހަޅައިފި

16 އޯގަސްޓު 2017 | ބުދަ 09:39

އެމައްސަލަ ހުށަހެޅީ އެމްޑީޕީން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 އޯގަސްޓު 2017 | ބުދަ 09:39
ރައީސް ޔާމީން --

ރައީސް ޔާމީން --

ރައީސް އަބްދުﷲ ޔާމީން ހޯމަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގެ މައްސަލަ ބަލާ ދިނުމަށް ފުލުހުންގެ މުއައްސަސާއަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެމްޑީޕީގެ ފަރާތުން ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅޭ މައްސަލަތައް ބެލުމަށް އެ ދެ މުއައްސަސާއަށް އެމްޑީޕީން ހުށަހަޅާފައި ވަނީ ބުދަ ދުވަހު އެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ލީގަލް އެފެޔާޒް ޑިރެކްޓަރ ހިސާން ހުސައިން ވިދާޅުވެފައި ވަނީ، ތަކުރާރުކޮށް ރައީސް ޔާމީން ކޮރަޕްޝަނުގެ ފައިސާގައި ހިއްޕްވައިފައިވާ ކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ. މީގެ ކުރިންވެސް ކޮރަޕްޝަނުގެ މައްސަލަތައް ބަލައިދިނުމަށް އެދި މުއައްސަސާތަކުގައި އެދިފައިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ރޭ ޕީޕީއެމް "ރުމާލު 2 ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނު ކުރިން ދިރިއުޅުއްވި އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ގ. ދޫވެއްސަށް ވައްދާފައިވަނީ ހަލާލު ފައިސާ ނޫން ކަމަށެވެ.

"އިދިކޮޅު ލީޑަރު އެބަ ތުހުމަތު ކުރޭ އޭގެ ތެރެއިން ބައެއް އަޅުގަނޑަށް ލިބުނުކަމަށް. އަލްޖަޒީރާއަށް އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާތަން ފެނުނީ، މި ނޫން އެހެންއެއްވެސް އެއްޗެއް އަލްޖަޒީރާއަކަށް ނުފެނުނު. އެހެންވީމާ އެބަޖެހޭ ނޫންތޯ އެފައިސާ ހޯދަން. އެހެންވީމާ އަޅުގަނޑުގެ އަބުރު ސަލާމަތް ކުރުމަށްޓަކައިވެސް އަޅުގަނޑު ބޭނުންވޭ، މިފައިސާ އެބަ ވަންނަންޖެހޭ. އަދި މިފައިސާއިން ހޭދަކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެމްބަރުންނެއް އިންތިހާބު ކުރަންތޯ، އެވެސް އެބަޖެހޭ ބަލާލަން. އޭރުން ފައިސާ ވަދެފައި ހުންނާނީ ހަމައެކަނި ފޮށި ފޮށި ގަނޑުގަ ދޫވެއްސަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު އަޅުގަނޑުމެން ކޮންމެހެން ހޮވަން ބޭނުންވި ބޭފުޅުންނަށް ވެސް ހަމަ ޚަރަދުކޮށްފައި އޮންނާނީ އަހުމަދު އަދީބު. އެހެންވީމާ އަޅުގަނޑުމެން ގެއަށް ވަތް ފައިސާ ޝައްކެއް ވެސް ނެތްގޮތުގައި ހަލާލެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވުމާއެކު އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާއި ގުޅިގެން ރައީސް ޔާމީން އެވަނީ އަމިއްލަފުޅު އިއުތިރާފުން އިއުތިރާފުވެވަޑައިގަންނަވާފަ ކަމަށާއި ރާއްޖެއަކީ އަދުލްއިންސާފު ހިނގަމުންދާ ނިޒާމެއް އޮތް ގައުމެއްނަމަ މިހާރު ރައީސް ޔާމީން މަގާމުން އަޒުލް ކުރަންޖެހޭ ކަމަށެވެ.

ޖަމީލުގެ އިތުރުން ވެސް ސިޔާސީ ގިނަ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންެގެ އިތުރުން މަޝްހޫރު ގިނަ ގާނޫނީ ވަކީލުންވެސް ގެންދަވަނީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމައްސަލަތައް ވީހާވެސް އަވަހަކަށް ބަލަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް