Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މުއިއްޒުގެ އިންޑިއާ ދަތުރުފުޅު

މުއިއްޒުގެ އިންޑިއާ ދަތުރުފުޅު އެ ގައުމުގެ މީޑިއާ އިން ސިފަކުރަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ރައީސް ޑރ. މުޢިއްޒު އާދިއްތަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި، ގިނައަދަދެއްގެ ވަޒީރުންނާއެކު އިންޑިއާ އަށް ވަޑައިގަތުމާ ބެހޭ ގޮތުން އެ ގައުމުގެ މިޑިއާތަކުން ބުނަނީ މިއީ ގޯސްވެފައިވާ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމުގެ ތެރެއިން، މާލީ ގޮތުން މުއިއްޒުގެ ވެރިކަމުގައި ގައުމު ވެއްޓެމުންދާ އިގްތިސާދީ ފުން ވަޅުގަނޑުން އަރައިގަތުމަށް އިންޑިއާގެ އެހީ ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ.

ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2024 | އާދީއްތަ 15:18
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިިނިސްޓަރ ޖައިޝަންކަރު ރައީސް މުއިއްޒު އާ ނިއުދިއްލީގައި އާދިއްތަ ދުވަހު ބައްދަލު ކުރައްވަނީ

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިިނިސްޓަރ ޖައިޝަންކަރު ރައީސް މުއިއްޒު އާ ނިއުދިއްލީގައި އާދިއްތަ ދުވަހު ބައްދަލު ކުރައްވަނީ

ދިވެހިރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގަތްތާ ގާތްގަނޑަކަށް އަހަރެއް ފުރެން ގާތްވެފައިވަނިކޮށް، ރައީސް މުޢިއްޒު އާދިއްތަ ދުވަހު އިންޑިއާއަށް ވަޑައިގަތީ 5 ދުވަހުގެ ފުރަތަމަ ރަސްމީ ސްޓޭޓް ވިޒިޓްގެ ގޮތުގައެވެ. މިދަތުރުފުޅުގައި އިންޑިއާގެ ރައީސް އާއި ބޮޑު ވަޒީރާއި، އެ ގައުމުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ގޮތައް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުން، "އިންޑިއާ އައުޓް" ކެމްޕޭނުގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި މުޢިއްޒުގެ ސަބަބުން ގޯސްވެފައިވާ ދެގައުމުގެ ގުޅުން ރަނގަޅު ވެގެންދާނެ ކަމަށް ބެލޭ ކަމަށް އިންޑިއާގެ މީޑިއާއިން ފާހަގަ ކޮށްފައިވެއެވެ.

"އިންޑިއާ އައުޓް" ކެމްޕޭންގައި އަމަލީގޮތުން ކުރީ ސަފުގައި މަސައްކަތްކުރެއްވި ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ވެސް ދެ ގައުމުގެ ޒަމާންވީ ގުޅުމަށް ހީނަރުކަން އަންނާނެ އެތައް ކަންތައްތަކެއް ހިނގާފާއިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތަކުގައިވެއެވެ. އޭގެ ތެރެއިން އިންޑިއާއިން ޖެހުނީ ރާއްޖޭގައި ތިބި އެ ޤައުމުގެ ސިފައިން ގެންގޮސް، އެ މީހުންގެ ބަދަލުގައި މަދަނީ އޮފިޝަލުން ފޮނުވަންކަމަށް ބުނެފައިވެއެވެ.

އިންޑިއާގެ މީޑިއާ ތަކުން ޑރ. މުއިއްޒު ފާހަގަކޮށްފައި އޮންނަނީ ޗައިނާއަށް ތާއީދުކުރައްވާ ޗައިނާކޮޅަށް ލެނބިފައިވާ ބޭފުޅެއްގެ ގޮތުގައެވެ. މީޑިއާތަކުން ފާހަގަ ކުރާ އެއްކަމަކީ، ޒަމާނުއްސުރެ ރާއްޖޭގެ ރައީސުން މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ދަތުރު ކުރައްވަނީ ނިއު ދިއްލީއަށެވެ.

މި ސަގާފަތް ބަދަލު ކުރައްވާ ޑރ. މުއިއްޒު ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީގެ ވެރިރަށް އަންކަރާއަށް ކަމުގައި ބުނެފައިވެއެވެ. އޭގެ ފަހުން އެމަނިކުފާނު ފުރަތަމަ ބައިލެޓަރަލް ދަތުރުފުޅު ކުރެއްވީ ޗައިނާއަށެވެ. މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު އައު މަގަކުން ބައްޓަންކުރަމުންދާކަމުގެ މެސެޖެއް ދެއްވުމަށް ކުރެއްވި ކަމެއްގެ ގޮތުގައި އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

އިންޑިއާގެ ނޫސްވެރިން ފާހަގަ ކުރާ އަނެއް މުހިންމު ކަމަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީބަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެމަނިކުފާނަށް ފުރައްސާރަ ކުރަން ޑރ. މުއިއްޒަށް ތާއީދު ކުރާ އަދި ސިޔާސީ އިސް މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކުން ހިންގި ނެގެޓިވް ސޯޝަލް މީޑިއާ ކެމްޕޭނެވެ. އެއް މީޑިއާ އަކުން ބުނެފައިވަނީ "ކަންތައްތައް އެންމެ ގޯސްވި ހިސާބަކީ" އެއީ ކަމުގައެވެ. ނަރެންދްރަ މޯދީއާ ބެހޭގޮތުން މުއިއްޒުގެ މުވައްޒަފުން ގޮވި ހަޑިހުތުރު ބަސްތަކުގެ ސަބަބުން އިންޑިއާ އިން 'ބޮއިކޮޓް މޯލްޑިވްސް' ކެމްޕޭނެއް ފެށުނުކަން ފާހަގަ ކުރެވެއެވެ. އެއާއެކު އިންޑިއާއިން ރާއްޖެއަށް އަންނަމުން ދިޔަ އެތައް ހާސް ފަތުރުވެރިން އެހެން މަންޒިލްތަކަށް ޗުއްޓީގެ މިސްރާބު ބަދަލު ކުރުމާއެކު، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިންތިހާއަށް މަދުވިކަން އިންޑިއާގެ މީޑިއާތަކުން ފާހަގަ ކުރެއެވެ.

ނަމަވެސް، އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ދާދިފަހުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުން ގުޅުންތައް ރަނގަޅުވަމުގެ ނިޝާންތައް ފެނިފައިވާ ކަމަށް މީޑީއާ ރިޕޯޓުތަކުގައިވެއެވެ.

މާލޭގައި ޖައިޝަންކަރު ރާއްޖޭގެ އިސް ވެރިންނަށް އެ ދަތުރުފުޅުގައި ޔަގީންކަން ދެއްވީ އިންޑިއާ ކަނޑު ސަރަޙައްދުގައި ސުލްޙަ އާއި ހަމަޖެހުން އަދި ފާގަތިކަން ދެމެހެއްޓުމުގައި ދިވެހިރާއްޖެއަކީ އިންޑިއާގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

އިންޑިއާގެ މީޑިއާއިން ފާހަގަ ކުރާ ގޮތުގައި މުޢިއްޒުގެ އިންޑިއާ ދަތުރުފުޅުން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހީނަރުކަމުން އަރައިގަތުމަށް އިންޑިއާ އާއެކު އޮންނަ ގުޅުންތައް އަލުން ރަނގަޅުކުރެވޭނެ ކަމަށް ބެލެވެއެވެ.

ގިނަ ތަރައްޤީގެ މަޝްރޫޢުތަކަށް އިންޑިއާ ހިމެނޭގޮތަށް ބޭރުގެ ލޯނުތަކަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދު މުޢިއްޒުގެ ވެރިކަމުގައި އިތުރަށް ދަށަށް ދިޔަކަން އިންޑިއާގެ މީޑިއާއިން ވަނީ ފާހަގަކޮށްފައެވެ. ޑރ. މުއިއްޒުގެ ސަރުކާރުގެ މަތި ބަރުވުމުގެ ސަބަބުން ރިކަރަންޓް ޚަރަދުބޮޑުވުމާއި، އިމްޕޯޓް އިތުރުވުމާއި، މަސްވެރިކަމުގެ އެކްސްޕޯޓް ދަށަށް ދިއުން ފަދަ ސަބަބުތަކާ ހެދި ރާއްޖެއިން ދަރަނި އަނބުރާ ދެއްކުމުގައި ސުވާލު އުފެދޭ ހިސާބަށް ކަންކަން ދިޔަކަން ރިޕޯޓްތަކުގައި ވެއެވެ.

މިވަގުތު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުރީ 470 މިލިއަން ޑޮލަރުގައި ކަމަށާއި، މިއީ އެންމެ ދެ މަސްދުވަހުގެ އިމްޕޯޓަށް ފުދޭ މިންވަރުކަން ފާހަގަ ކުރަމުން، ދުނިޔޭގެ ރޭޓިންގ އޭޖެންސީ މޫޑީސްއިން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށް، "ދަރަނި ނުދެއްކުމުގެ ރިސްކު މާލީގޮތުން އިތުރުވެފައިވާ" ކަމަށް ބުނެފައިވުމާއެކު، މިފަދަ ހާލަތެއްގައި އިންޑިއާ އިން ރާއްޖެއަށް އަޅާނުލާ ދޫކޮށްލާނެ ޖާގައެއް ނެތްކަމަށްވެސް މީޑިއާ ރިޕޯޓެއްގައި ވެއެވެ.

ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ރާއްޖެއިން ނަގާފައިވާ 3.4 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނީގެ ބޮޑު ބައެއް ރާއްޖެއިން އަނބުރާ ދައްކަން ޖެހެނީ ޗައިނާއާއި އިންޑިއާއަށެވެ.

އިންޑިއާގެ މީޑިއާ އިން ބުނާގޮތުގައި އެ ގައުމުން ވަނީ ރާއްޖެއަށް އެހީތެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. މިގޮތުން ފާއިތުވި މަހު، ދަރަނި ނުދެއްކި ހިނގައިދާނެ ކަމަށް ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް އިންޑިއާ އިން ވަނީ ދީފައިވާކަން މީޑިއާ ރިޕޯޓްތަކުގައި ވެއެވެ.

މާހިރުންގެ ގަބޫލުކުރާ ގޮތުގައި މުޢިއްޒުގެ ރާގާއި އަމަލުތަކަށް ގެންނެވި ބަދަލުން ރާއްޖެއިން އިންޑިއާއަށް ބަރޯސާވާ މިންވަރު ޑރ. މުއިއްޒުއަށް ވިސްނިވަޑައިގެންފި ކަމަށް އިންޑިއާގެ ބައެއް މީޑިއާއިން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ރައީސް ޑރ. މުޢިއްޒު އާދިއްތަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި، ގިނައަދަދެއްގެ ވަޒީރުންނާއެކު އިންޑިއާ އަށް  ވަޑައިގަތުމާ ބެހޭ ގޮތުން އެ ގައުމުގެ މިޑިއާތަކުން ޖުމްލަ ގޮތެއްގައި ބުނަނީ މިއީ ގޯސްވެފައިވާ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމުގެ ތެރެއިން، މާލީ ގޮތުން މުއިއްޒުގެ ވެރިކަމުގައި ގައުމު ވެއްޓެމުންދާ އިގްތިސާދީ ފުން ވަޅުގަނޑުން އަރައިގަތުމަށް އިންޑިއާގެ އެހީ ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ.

އިންޑިއާ-ރާއްޖެ ގުޅުންރައީސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު

ކޮމެންޓް

އިތުރަށް ކިޔާލަން

ރެމިޓެންސް އަށް ގެނައި ކުއްލި ބަދަލާއި އެކު އިންޑިއާގެ މަސައްކަތްތެރިން ގޮތް ހުސްވެފައި!

ރެމިޓެންސް އަށް ގެނައި ކުއްލި ބަދަލާއި އެކު އިންޑިއާގެ މަސައްކަތްތެރިން ގޮތް ހުސްވެފައި!

23 އޮކްޓޯބަރު 2025
ކުރީ ސަރުކާރުގެ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުގެ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

03 މެއި 2025
އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 މެއި 2025
މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ: އިންޑިއާގެ ފޮރިން މިނިސްޓްރީ

މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ: އިންޑިއާގެ ފޮރިން މިނިސްޓްރީ

01 ފެބުރުއަރީ 2025
2025 ވަނަ އަހަރު އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ އިތުރު ކޮށްފި

2025 ވަނަ އަހަރު އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ އިތުރު ކޮށްފި

01 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު