Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރެމިޓަންސް ފައިސާ

ރެމިޓެންސް އަށް ގެނައި ކުއްލި ބަދަލާއި އެކު އިންޑިއާގެ މަސައްކަތްތެރިން ގޮތް ހުސްވެފައި!

އެސްބީއައި މެދުވެރިކޮށް އިންޑިއާއަށް ފައިސާ ފޮނުވޭ މިންވަރު 150 ޑޮލަރަށް ދަށްކޮށްލުމާއެކު ރާއްޖޭގައި މަސައްކަތްކުރާ 6000 އަށްވުރެ ގިނަ އިންޑިއާ މީހުންނަށް ބޮޑު ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ސަރުކާރުގެ އެއްވެސް އިދާރާއަކުން މިކަމަށް އިޖާބަ އެއް ނުދޭ އިރު، ފައިސާ ފޮނުވުމުގެ ދަތިކަމުން އާއިލާގެ އަސާސީ ބޭނުންތަކާއި ލޯނު އަދާކުރުމަށް އެ މީހުން ވަނީ ނުކުޅެދިފައެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 15:13
ބިދޭސީ މުދައްރިސުންތަކެއް ތައުލީމީ ވުޒާރާގެ ހަރަކާތެއްގައި ބައިވެރި ވަނީ

ބިދޭސީ މުދައްރިސުންތަކެއް ތައުލީމީ ވުޒާރާގެ ހަރަކާތެއްގައި ބައިވެރި ވަނީ

މި ފާއިތުވެދިޔަ އަހަރުތަކުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވަނީ އެ ބޭންކު ބެދުވެރިކޮށް ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް އިންޑިއާ އަށް ޑޮލަރު ފޮނުވޭ ލިމިޓް އެކި ފަހަރުމަތިން ދަށްކޮށްފައެވެ. އެސްބީއައި މެދުވެރިކޮށް ކުރިން 700 ޑޮލަރު އިންޑިއާ އަށް ފޮނުވުނު ނަމަވެސް އެ އަދަދު ފަހުން 500 ޑޮލަރަށް ކުޑަކުރިއެވެ. އޭގެފަހުން 400 ޑޮލަރަށް އެ އަދަދު ދަށްކުރުމަށް ފަހު އެސްބީއައި އިން ދާދިފަހުން އެ ލިމިޓް ވަނީ 150 ޑޮލަރަށް ދަށްކޮށްފަ އެވެ.

މި ބަދަލު ގެނައީ ސަރުކާރުން ގެނެސްފައިވާ މާލީ ބައެއް ބަދަލުތަކުގެ ސަބަބުން ކަމަށް އެސްބީއައި އިން ވަނީ ކަސްޓަމަރުންނަށް އަންގާފައެވެ. އެސްބީއައި އިން ހާމަކޮށްފައިވާ ގޮތުން އަލަށް ނެރެފައިވާ ސަރކިއުލާ އާއި އެކު 25 އޮކްޓޯބަރ 2025 އިން ފެށިގެން، އެކައުންޓުގެ ވެރިފަރާތަށް މަހަކު އެމްވީއާރު-އައިއެންއާރު ރެމިޓެންސްގެ ގޮތުގައި ފޮނުވޭނެ އެންމެ މަތީ އަދަދު ވަގުތީ ގޮތުން 150 އެމެރިކާ ޑޮލަރަށް ކުޑަކުރެވޭނެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާ ނަމަ ގާތްގަނޑަކަށް 2313 ރުފިޔާއެވެ.

މީގެ އިތުރުން، ބޭރު ފައިސާގެ ދަތިކަމާ ހެދި، ރާއްޖެ އިން ބޭރުގައި އޭޓީއެމް އިން ފައިސާ ނެގުމާއި އީކޮމް/ޕީއޯއެސް ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލެވޭނެއެވެ. ރާއްޖޭގައި ތިބި އިންޑިއާގެ މަސައްކަތްތެރިންގެ ތެރެއިން ގިނަ މީހުން އިންޑިއާގައި ތިބި އާއިލާތަކަށް އެހީތެރިވުމަށް މުޅިން ބަރޯސާ ވަނީ މަހުން މަހަށް ފޮނުވާ ފައިސާއަށެވެ. އައު ހަނިކުރުންތަކާއެކު، ލޯނު އަނބުރާ ދެއްކުމާއި، ތަޢުލީމާއި، ޞިއްޙީ ފަރުވާ ފަދަ އަސާސީ ޚަރަދުތައް ހަމަޖެއްސުން އިތުރަށް ދަތިވެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީ އަށް މައުލޫމާތުދެމުން މާލޭގެ ސީއެޗްއެސްއީ ސްކޫލުގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރެއްކަމަށްވާ އަނޫޕް އެންޓޯނީ ބުނެފައި ވަނީ މި ބަދަލުގެ ސީދާ އަސަރު ގާތްގަނޑަކަށް 6000 ވަރަކަށް މަސައްކަތްތެރިންނަށް ކުރާ ކަަމަށެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްގުތަކާއި ގުޅޭ ގޮތުން ވަކާލާތުކުރާ މީހެއް ކަަމަށްވާ އަނޫޕް ބުނީ މިހާތަނަށް އައި އިރު ތަކުރާރުކޮށް މަސައްކަތް ކޮށްގެން ވެސް ސަރުކާރުގެ ސަމާލުކަން އެ ފަރާތްތަކަށް ލިބިފައި ނުވާ ކަމަށެވެ.

"މި ކުއްލި ދަތި ކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެއްޖެ. އަޅުގަނޑުމެންގެ ގިނަ މީހުން މުޅި މުސާރަ ފޮނުވަނީ އާއިލާއަށް އެހީތެރިވުމަށް. ރެމިޓެންސް 150 ޑޮލަރަށް ކުޑަ ކުރުމުން އިންޑިއާ ގައި ތިބި އަޅުގަނޑުމެންގެ ބަރޯސާވާ ފަރާތްތަކަށް ދިރިއުޅުން ވަރަށް ދަތިވާނެ" އަނޫޕް އެންޓޯނީ ބުންޏެވެ.

އަނޫޕް އިތުރަށް ބުނީ، ގިނަ ޓީޗަރުން އަދިވެސް އިންޑިއާގެ އަމިއްލަ އޭޖެންސީތަކުން މި ހަނިކުރުންތަކާ ބެހޭ މަޢުލޫމާތު ނުދީ ރެކްރޫޓްކުރަމުންދާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އިންޑިއާގެ މަޖިލީސް މެމްބަރުންނާއި އިންޑިއާ ސަރުކާރާއި ވާހަކަދައްކަވަމުންދާ ކަަމަށާއި މި މައްސަލަ ހައްލުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް އިންޑިއާ ސަރުކާރުން އަންގާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެސްބީއައި ގެ އައު ރެމިޓެންސް ކެޕް އިން އިންޑިއާގެ މަސައްކަތްތެރިން ވަނީ ގައުމަށް އެ މީހުންނަށް ފައިސާ ފޮނުވޭނެ ގޮތެއް ނެތުމުން އެކި މުއައްސަސާތަކުގެ ދޮރުގައި ޓަކި ޖަހަން ފަށާފައެވެ. ނަމަވެސް މިހާތަނަށް އައި އިރު އެ މަސައްކަތްތެރިންގެ އަޑު އަހާނެ އިދާރާ އެއް ރާއްޖޭގައި ނެތް ކަމަށް އެ މަސައްކަތްތެރިންގެ ވާހަކައިން އެނގެއެވެ.

އެގޮތުން މި މައްސަލައިގައި މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް މި ހަފްގެ ތެރޭގައި ލިޔުމަކުން ހުށަހަޅާފައިވާކަން މި ނޫހަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް މި މައްސަލަ އާއި ގުޅިގެން ސަރުކާރުގެ އެއްވެސް ފަރާތަކުން ރަސްމީކޮށް ވެސް އަދި ނުރަސްމީ ސިފައެއްގައި މަސައްކަތްތެރިންނަށް އިޖާބަ ދީފައި ނުވާ ކަން ވަނީ އެނގިފައެވެ.

އެޗްއެސްއީ ސްކޫލުގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރެއްކަމަށްވާ އަނޫޕް އެންޓޯނީ
އެޗްއެސްއީ ސްކޫލުގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރެއްކަމަށްވާ އަނޫޕް އެންޓޯނީ

މިފަދައިން ފައިސާ ނުފޮނުވި ދަތިކަމުގައި ތިބި ގިނަ މަސައްކަތްތެރިންގެ ތެރޭގައި އިންޑިއާ އަށް ނިސްބަތްވާ ޓީޗަރުން ގިނަ އަދަދަކަށް ހިމެނެއެވެ. ނަމަވެސް ތައުލީމީ ވުޒާރާ އިން ވެސް އެ ފަރާތްތަކުގެ ޝަކުވާ އަޑު އަހާ އަވަސް އިޖާބަ އެއް ދީފައިނުވެއވެެ.

މިފަދަ ހުރިހާ މަސައްކަތްތެރިން ވެސް ރާއްޖެ އައުމުގެ ކުރިން ފައިސާގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެކަމުގެ ޔަޤީންކަން އެ ފަރާތްތަކަށް ދެއެވެ. ނަމަވެސް ރާއްޖެ އައުމަށް ފަހު، ބައިނަަލްއަޤްވާމީ ކާޑު މުޢާމަލާތްތައް ވެސް ވަނީ ހުއްޓާލެވިފައިކަން އެނގުމުން އެ ފަރާތްތަކަށް ލިބެނީ ބޮޑު ހާސްކަމެއް ކަމަށް މި މަސައްކަތްތެރިން ބުނެއެވެ.

އެ މަސައްކަތްތެރިން ބުނާ ގޮތުން މިހާރު ގެނައި ބަދަލުގެ ސަބަބުން އާއިލާގެ ބޭނުންތަކަށާއި، ލޯނު އަނބުރާ ދެއްކުމަށާއި، ތަޢުލީމީ ޚަރަދުތަކަށް އެކަށީގެންވާ މިންވަރަށް ފައިސާ ފޮނުވުމަށް ނުކުޅެދިފައެވެ. މިކަމުގެ ސަބަބުން ވަޒީފާގެ މާހައުލުގައި ބޭރުގެ މަސައްކަތްތެރިންނަށް އިންސާފުވެރި އަދި އިތުބާރުހުރި މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުމަށް ބަދަލުތަކެއް އެބަ އާދެއެވެ. އަދި ބޭރުގެ މަސައްކަތެރިން ރާއްޖެ ނައުމަށް މަގުފަހިވެގެންދެއެވެ.

މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާ ކަމަށް އިންޑިއާ ސަރުކާރުން ވަނީ 16 އޮކްޓޯބަރގައި އެ ފަރާތްތަކާއި މައުލޫމާތު ހިއްސާކުރަމުން ބުނެފައެވެ. ނަމަވެސް މި މައްސަލަ އާއި މެދު ރާއްޖޭގެ މައި ސަރުކާރު އޮތީ ހަނެވެ.

އިންޑިއާގެ މަސައްކަތްތެރިން ބުނާ ގޮތުން ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމަށް މި ވަގުތު އޮތް ހަމައެކަނި ގޮތަކީ އެޖެންޓް މެދުވެރިކޮށް އެކަން ކުރުމުގެ. އެހެންނަމަ ވެސް އެއީ ޣައިރު ޤާނޫނީ މަގަށް ހުށަހެޅުމެވެ. އެހެންކަމުން މި މަސައްކަތްތެރިން ޤަބޫލުކުރާ ގޮތުގައި ބުރަ މަސައްކަތުން އެ މީހުން ހޯދާ ފައިސާކޮޅު ރަށަށް ފޮނުވަން، ޤަވާއިދާއި ޚިލާފުވުން ނޫން މަގެއް ނެތް މިންވަރަށް ދިވެހި ސަރުކާރުން ދަނީ އެ މީހުންނަށް މަޖުބޫރު ކުރަމުންނެވެ. މިއީ ރާއްޖެ އާއި މެދު ބިދޭސީ މަސައްކަތްތެރިން ދެކޭ ގޮތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ.

މުދައްސިރުންނާއި ސިއްހީ ދާއިރާ ފަދަ އަސާސީ ޚިދުމަތްތަކުގެ ދާއިރާގައި ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވާ އިރު ރާއްޖެ އަކީ އެ މަސައްކަތްތެރިންނަށް ރައްކާތެރިތަނަކަށް ނުވާ ނަމަ ރާއްޖެ އަށް ބޭނުންވާ މަސައްކަތްތެރިން ނުލިބި، އިތުރު ދަތިކަމަކާއި ދިވެހިން ކުރިމަތިލާން ޖެހުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

އެސް.ބީ.އައި.ފައިސާ ފޮނުވުމުގެ މައްސަލަބިދޭސީ މަސައްކަތްތެރިންއިންޑިއާ-ރާއްޖެ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް

ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް

01 ނޮވެމްބަރު 2025
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ފަރަގު މިހާރު ނުފެނުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ފެންނާނެ: ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ފަސީހު

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ފަރަގު މިހާރު ނުފެނުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ފެންނާނެ: ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ފަސީހު

27 ސެޕްޓެމްބަރު 2025
 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

18 ސެޕްޓެމްބަރު 2025
ސަރުކާރުން ޢަމަލުކުރަމުންދާ ގޮތުން ބިދޭސީ ރެކްރޫޓްމަންޓް އެޖެންސީތައް ހުއްޓުމަކަށް!

ސަރުކާރުން ޢަމަލުކުރަމުންދާ ގޮތުން ބިދޭސީ ރެކްރޫޓްމަންޓް އެޖެންސީތައް ހުއްޓުމަކަށް!

02 ސެޕްޓެމްބަރު 2025
ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން 2.9 މިލިއަން ރުފިޔާ ނަގައިފި

ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން 2.9 މިލިއަން ރުފިޔާ ނަގައިފި

19 އޯގަސްޓު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު