Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒުގެ އިންޑިއާ ދަތުރުފުޅު

އިންޑިއާގެ ނިއު ދިއްލީއަކީ ރާއްޖޭގެ ވިޔަފާރީގެ ހަބަކަށް ހައްދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ޓޫރިޒަމްގެ ދާއިރާއިންނާއި، ދަތުރުފަތުރު ކުރުމުގެ ދާއިރާއިންނާއި ހުރިހާ ގޮތަކުން ނިއު ދިއްލީ އަކީ ދެ ގައުމު ދޭތެރޭ ގުޅުން ބަދަހި ކުރުމުގެ މުހިންމު ތަނަކަށް ހެދުން ކަމުގައި ވިދާޅުވި

ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2024 | އާދީއްތަ 17:43
ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ އާދިއްތަ ދުވަހުގެ ރޭ ޑރ، މުއިއްޒު ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ

ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ އާދިއްތަ ދުވަހުގެ ރޭ ޑރ، މުއިއްޒު ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ

އިންޑިއާގެ ނިއު ދިއްލީއަކީ ރާއްޖޭގެ ވިޔަފާރީގެ ހަބަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ އާދިއްތަ ދުވަހުގެރޭ އިރާކޮޅު ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

"ކުރިއަށް އޮތްތާގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް، އިންޑިއާގެ ވިޔަފާރިވެރިންނަށް، ދެގައުމު ދޭތެރޭގައި މި އެކްސްޗޭންޖް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ގިނަ ކުރުމަށްޓަކައި ވިޔަފާރީގެ ގޮތުންނާ އެކި ގޮތްގޮތުން، މިތަނަކީ މުހިންމު ހަބެއްގެ ގޮތުގައި ހެދުމަށް މަސްކަތްކުރުން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވިސްނުންފުޅަކީ ޓޫރިޒަމްގެ ދާއިރާއިންނާއި، ދަތުރުފަތުރު ކުރުމުގެ ދާއިރާއިންނާއި ހުރިހާ ގޮތަކުން ނިއު ދިއްލީ އަކީ އެކި ދާއިރާތަކުން، ދެ ގައުމު ދޭތެރޭ ގުޅުން ބަދަހި ކުރުމުގެ މުހިންމު ތަނަކަށް ހެދުން ކަމުގައެވެ.

މުއިއްޒުގެ ވާހަކަފުޅު ފައްޓަވަމުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ޒަމާންވީ ގާތް ރަހްމަތްތެރި ކަމުގެ ގުޅުމެއް ކަމަށް ވިދާޅުވިއެވެ.

"ރާއްޖެއާ އިންޑިއާ އާ ދޭތެރޭ އޮންނަނީ ވަރަށް ގާތް ގުޅުމެއް، ޒަމާންވީ ގާތް ރަހްމަތްތެރި ގުޅުމެއް،" "އިންޑިއާ އައުޓް" ކެމްޕޭންގައި ކުރިން އިސް ސަފުގައި މަސައްކަތް ކުރެއްވި ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި ދަތުރުގެ ސަބަބުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.

އިންޑިއާގެ ރައީސްގެ ދައުވަތަކަށް ޑރ. މުއިއްޒު އިންޑިއާ އަށް އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅަކީ 5 ދުވަހުގެ މުއްދަތައް ކުރައްވާ ދަތުރުފުޅެކެވެ.                      

ރައީސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2024

މުއިއްޒު ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައިފި

06 އޮކްޓޯބަރު 2024
މުއިއްޒު ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައިފި
06 އޮކްޓޯބަރު 2024

މުއިއްޒުގެ އިންޑިއާ ދަތުރުފުޅު އެ ގައުމުގެ މީޑިއާ އިން ސިފަކުރަނީ ކިހިނެއް؟

06 އޮކްޓޯބަރު 2024
މުއިއްޒުގެ އިންޑިއާ ދަތުރުފުޅު އެ ގައުމުގެ މީޑިއާ އިން ސިފަކުރަނީ ކިހިނެއް؟
04 އޯގަސްޓު 2022

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

04 އޯގަސްޓު 2022
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
04 އޯގަސްޓު 2022

ރައީސް މުމްބާއީގެ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓަަށް ޒިޔާރަތް ކުރައްވައިފި

04 އޯގަސްޓު 2022
ރައީސް މުމްބާއީގެ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓަަށް ޒިޔާރަތް ކުރައްވައިފި
03 އޯގަސްޓު 2022

ރައީސް، ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓާގުޅޭ މަޝްވަރާކުރައްވައިފި

03 އޯގަސްޓު 2022
ރައީސް، ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓާގުޅޭ މަޝްވަރާކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު