Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒުގެ އިންޑިއާ ދަތުރުފުޅު

ގުޅުން ރަނގަޅު ކުރުމުގެ ވާހަކަތަކާ އެކު އިންޑިއާ އިން ރާއްޖެ އަށް 760 މިލިއަން ޑޮލަރުގެ އެހީ ދީފި

ހަނިމާދޫގެ އައު ރަންވޭ އިންޑިއާއިން ދެ ގައުމުގެ ވެރިން އިފްތިތާހް ކޮށްދެއްވައިފި

ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2024 | ހޯމަ 15:34
ރައީސް ޑރ. މުއިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ނިއުދިއްލީގައި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ރައީސް ޑރ. މުއިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ނިއުދިއްލީގައި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ހޯމަ ދުވަހު ނިއު ދިއްލީގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރުމަށްފަހު، އިންޑިއާއިން ދިވެހިރާއްޖެއަށް ދޭ އެހީ އިތުރުކޮށް ދެއްވައިފި ކަން ބޮޑު ވަޒީރު މޯދީ އިއުލާންކުރައްވައިފިއެވެ.

މަޝްވަރާތަކަށްފަހު، ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ އިންޑިއާއިން ފައިސާގެ ދަތިކަން ދިމާވެފައިވާ ދިވެހިރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްސް ދެއްކުން ފަސްކޮށްދިނުމުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އަދި އޭގެ އިތުރުން 400 މިލިއަން ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައިވެސް ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ.

"400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓެއްގައި ސޮއި ކުރުމުގެ އިތުރުން 30 ބިލިއަން ރުފީސް (ގާތްގަނޑަކަށް 360 މިލިއަން ޑޮލަރު)، އެހެންވީމާ 760 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގައި އެވަނީ ސޮއިކުރެވިގެން ގޮސްފައި،" އިންޑިއާ އިން ހަމަޖައްސައިދިން އެހީއާ ބެހޭ ގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވީ މިކަމުގެ ސަބަބުން ޑޮލަރަށް ބަރޯސާވުން ކުޑަވެގެން ދާނެ ކަމުގައެވެ.

ހާލީލު ވިދާޅުވީ ދެގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އެ ގޮތުން އިންޑިއާ އާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއްގެ މަސައްކަތް ފެށުމަށް ވާހަކަ ދެކެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެހީތެރިކަން ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދަށާއި ދެގައުމުގެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ފަސޭހަ ވުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތަކަށް ވެގެން ދާނެ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީ ކުރެވެމުންދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ދެ ގައުމުގެ ވެރިން ވާރޗުއަލްކޮށް ހުޅުވައިދެއްވިއެވެ. އަދި މޯދީ ވިދާޅުވީ އިންޑިއާގެ އެހީގައި ކުރިއަށްދާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ މަސައްކަތް ހަލުއި ކުރައްވާނެ ކަމަށެވެ.

މޯދީ އާއި ޑރ. މުއިއްޒު އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯދީ ވިދާޅުވީ "އިންޑިއާއަކީ ދިވެހިރާއްޖެ އާ އެންމެ ގާތުގައި އޮތް އަވައްޓެރިޔާ އަދި ގާތް ރަޙްމަތްތެރިއެއް" ކަމަށެވެ. އަދި އިންޑިއާ އިން ގެންގުޅޭ "އެންމެ ފުރަތަމަ އަވައްޓެރިން" ސިޔާސަތުގައި ދިވެހިރާއްޖެއަށް މުހިންމު މަޤާމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައްދަލުވުމަށްފަހު މުޢިއްޒު ވިދާޅުވީ "އިންޑިއާއަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ-އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގައި މުހިންމު ބައިވެރިއެއް އަދި އަޅުގަނޑުމެންނަށް ބޭނުންވާ ވަގުތުތަކުގައި އަޅުގަނޑުމެންނާއެކު ވެފައިވާ ފަރާތެއް" ކަމަށެވެ. އަދި ކަރަންސީ ސްވޮޕް އެއްބަސްވުމަކީ "މިހާރު ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިވެދޭނެ" އެއްޗެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.               

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކޮށް ލިޔެކިޔުން ބަދަލުކުރީ ޑރ. މުއިއްޒު އާއި ބޮޑުވަޒީރު މޯދީއާ ބޭއްވެވި ބައްދަލުވުމަށްފަހުގައެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާ ޑޮލަރު ނުވަތަ ޔޫރޯ އަދި އިންޑިއަން ރުޕީސް އިން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެއެވެ.

ޑޮލަރު ނުވަތަ ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރު މުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާ އާއި ދިވެހިރާއްޖެ އާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް މި ފެސިލިޓީގެ ސަބަބުން އިންޑިއަން ރުޕީސް ބޭނުން ކުރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫގެ ދަޢުވަތަކަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅެކެވެ.

ޑރ. މުއިއްޒުގެ އިންޑިއާ ދަތުރުފުޅުއިންޑިއާ-ރާއްޖެ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރެމިޓެންސް އަށް ގެނައި ކުއްލި ބަދަލާއި އެކު އިންޑިއާގެ މަސައްކަތްތެރިން ގޮތް ހުސްވެފައި!

ރެމިޓެންސް އަށް ގެނައި ކުއްލި ބަދަލާއި އެކު އިންޑިއާގެ މަސައްކަތްތެރިން ގޮތް ހުސްވެފައި!

23 އޮކްޓޯބަރު 2025
ކުރީ ސަރުކާރުގެ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުގެ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

03 މެއި 2025
އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ: އިންޑިއާގެ ފޮރިން މިނިސްޓްރީ

މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ: އިންޑިއާގެ ފޮރިން މިނިސްޓްރީ

01 ފެބުރުއަރީ 2025
2025 ވަނަ އަހަރު އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ އިތުރު ކޮށްފި

2025 ވަނަ އަހަރު އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ އިތުރު ކޮށްފި

01 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު