Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒުގެ ސަރުކާރު

މި ސަރުކާރުން ކަމެއްގެ ފެހި ސިގްނަލް ލިބޭނެ ކަމަށް ބުނެފި ނަމަ އެކަމެއް ދަނީ ގޯހުން ގޯހަށް - މާރިޔާ

ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ވެސް ސަރުކާރަށް މަސައްކަތްތަކެއް ނުކުރެވޭ ކަމަށް އެކަމަނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2024 | ހޮނިހިރު 14:10
ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

މި ސަރުކާރުން ކަމެއްގެ ފެހި ސިގްނަލް ލިބޭނެ ކަމަށް ބުނެފި ނަމަ އެކަމެއް ދަނީ ގޯހުން ގޯހަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ދަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަށް ފަހު އެކި އެކި ދާއިރާތަކުން މަސައްކަތް ކުރެވޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ވަނީ އެއާއި ދިމާ އިދިކޮޅަށް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި ސަރުކާރުން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގެ ހަގީގީ ފައިދާ އާއްމުންނަށް ނުލިބޭ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ތުރުކީ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ތުރުކީ އިން ކާޑު ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި އިންޑިއާ ނޫން އެހެން ޤައުމުތަކުން ބޭސްފަރުވާ ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިކަން މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އެގޮތަށް ނުހިނގާކަމަށް މާރިޔާ ވިދަޅުވިއެވެ. ވެރިކަމަށް ވަޑައިގަތީ ވެސް ފެހި ސިގްނަލްގެ ވާހަކަ ދައްކަވަމުން ކަމަށް ވީ ނަމަވެސް ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ވެސް ސަރުކާރަށް މަސައްކަތްތަކެއް ނުކުރެވޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ބައިނަލްއަޤުވަމީގޮތުން ރާއްޖެ ގެންގުޅޭ ޕޮލިސީ ދިވެހިންނަށް ސާފު ނުވާ ނަމަ އެހެން ބަޔަކަށް އެކަން ސާފުވާނީ ކިހިނެތްތޯ މާރިޔާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ހަރުދަނާ ފޮރިން ޕޮލިސީ އެއް ނެތުމަކީ ރާއްޖެ އަށް އޭގެ ގެއްލުން އިންތިހާ އަށް ކުރާނެ ކަމެއް ކަމަށް މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ. ބޭރު ޤައުމުތަކާއި ގުޅުން ބާއްވާ އިރު ސަރުކާރުގެ ފަރާތުން ފެންނަނީ އޮޅޭ ފަދަ ކަންތައްތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެއް އުސޫލެއްގެ މަތީގައި ކަންކަން ހިންގަން ނޭނގުމަކީ ފޮރިން ޕޮލިސީ ބަލިކަށިވާ ކަމެއް ކަމަށާއި ރާއްޖޭގެ އޮތީ ލާހޫރޭ ފޮރިން ޕޮލިސީ އެއް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް ބަލާލުމުން ރައްޔިތުންގެ ވިސްނުމާއި ސަރުކާރާއި ދުރުހެލި މިންވަރު ފެނިގެންދާ ކަމަށެވެ. ރައީސް މުއިއްޒު އދ. އަށް ކުރެއްވި ދަތުރުފުޅުގައި ދައްކަވާފައިވާ ވާހަކަފުޅުތަކުންނާއި، އުޅުއްވާ ގޮތްކޮޅުތަކުން ވެސް ފެނިގެން ދިޔައީ އެ މަންޒަރުކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު