Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބޭރުފައިސާގެ މައްސަލަ

ބޭރުފައިސާގެ ގަވައިދުގައި ހުރީ އެއްބަސްވެވޭނެ ކަންކަމެއް ނޫން: މަޓީ

ގަވައިދުތައް އެކުލަވާލާފައިވަނީ ކަމާގުޅުން ހުރި ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް އެމްއެމްއޭ އިން ބުނި ނަމަވެސް، އެކަން ހިނގާފައިވަނީ ބުނެވިދިޔަ ގޮތައް ނޫން ކަމުގައި މަޓީން ބުނޭ

ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2024 | ބުދަ 11:00
ފެބްރުއަރީ 19، 2024 ގައި ބޭއްވި މަޓީގެ އާންމު ޖަލްސާގެ ބައެއް ބައިވެރިން

ފެބްރުއަރީ 19، 2024 ގައި ބޭއްވި މަޓީގެ އާންމު ޖަލްސާގެ ބައެއް ބައިވެރިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރުފް ކުރި ބޭރު ފައިސާގެ ގަވާއިދާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ) އިން ކަންބޮޑުވުން ފާޅުކޮށް، ގަވާއިދަށް އެ އެސޯސިއޭޝަނުން ހުށަހެޅި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެފިއެވެ.

އޮކްޓޯބަރު 1 ވަނަ ދުވަހު ބޭރު ފައިސާގެ ގަވައިދާއި މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވައިދާ ބެހޭ ގޮތުން އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނާ ގުޅިގެން މަޓީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ގަވައިދުތައް އެކުލަވާލާފައިވަނީ ކަމާގުޅުން ހުރި ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރުމަށްފަހުގައި" ކަމަށް އެމްއެމްއޭ އިން ބުނި ނަމަވެސް، "އެކަން ހިނގާފައިވަނީ ބުނެވިދިޔަ ގޮތައް ނޫން ކަމުގައި ވަރަށް ހިތާމަޔާއެކު" ފާހަގަ ކުރާ ކަމަށެވެ.

މަޓީން ބުނާ ގޮތުގައި، އެމްއެމްއޭގެ އެދުމުގެ މަތިން ބައްދަލުވުމެއް ބޭއްވިފައިވީ ނަމަވެސް، ގަވާއިދުގެ ފަހުގެ ޑްރާފްޓްގައި އެސޯސިއޭޝަނުގެ ޚިޔާލުތަކަށް ހިމަނާފައެއް ނުވެއެވެ. މަޓީން ބުނެފައިވަނީ "ބޭރު ފައިސާގެ އައު ގަވައިދުގައި ހިމެނުމަށް އެމްއެމްއޭ އިން ހުށަހަޅާފައިވާ ކަންތައްތަކަކީ އެ ޖަމްއިއްޔާ އަށް "އެއްބަސްވެވޭނެ ކަންތައްތަކެއް ނޫން" ކަމުގައެވެ.

"ގަވައިދު ގެޒެޓް ކުރެވުނުއިރު މި ޖަމްއިއްޔާގެ ފަރާތުން ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އެމްއެމްއޭގެ ފަރާތުން އިޖާބާދީފައި ނުވާކަން ފާހަގަ ކުރަމެވެ." މަޓީގެ ބަޔާނުގައި ވެއެވެ.

އެމްއެމްއޭ އިން އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި އަލުން ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.

އަލަށް ރަޖިސްޓަރީކުރާ ފަރާތްތަކުންވެސް މި މުއްދަތުގެ ތެރޭގައި މި ގަވާއިދަށް ޢަމަލުކުރަންޖެހޭނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަގުތަކުގެ ތަފްޞީލު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭ އަށް ހުށަހަޅަންޖެހޭނެއެވެ.

ގަވައިދު ބުނާ ގޮތުން ކޮންމެ މަހެއް ނިމޭތާ 87 ދުވަހުގެ ތެރޭގައި ލިބުނު ޖުމްލަ ބޭރު ފައިސާ އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ރާއްޖޭގެ ބޭންކެއްގެ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކުރަންޖެހޭނެއެވެ.

މި ގަވާއިދުގައި ބަޔާންކޮށްފައިވަނީ، ވަކި އިސްތިސްނާތަކަކާއެކު، ރާއްޖޭގައި ކުރެވޭ މުޢާމަލާތްތައް ކުރަންވާނީ ދިވެހި ރުފިޔާއިން ކަމަށެވެ.

މި އިސްތިސްނާތަކުގެ ތެރޭގައި ސަރުކާރާ ގުޅުންހުރި ޑޮލަރުން ކުރެވޭ މުޢާމަލާތްތަކާއި، ރެމިޓެންސްގެ ގޮތުގައި ބޭރަށް ފައިސާ ފޮނުވުމާއި، ބޭރުގެ މުޢާމަލާތްތަކާއި، ފަތުރުވެރިން ކުރާ ވިޔަފާރިތައް ހިމެނެއެވެ.

އިސްތިސްނާ ކުރެވިފައިވާ ބައިތަކުގެ ތެރޭގައި ނުހިމެނޭ މުއާމަލާތެއް ބޭރު ފައިސާއިން ކޮށްފިނަމަ ކޮންމެ މުޢާމަލާތަކަށް 10,000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

މި ގަވާއިދުގެ އެހެން މާއްދާތަކާ ޚިލާފުވުމުން ވެސް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ ކަމަށް ގަވައިދުގައި ބުނެއެވެ.

އެމްއެމްއޭ ގެ ގަވައިދު މިހާރު ބުނާ ގޮތުން، ފަތުރުވެރިކަމުގެ ވަސީލަތްތަކުން އެ ތަންތަނަށް ލިބޭ ބޭރު ފައިސާގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރު ކުރަންޖެހޭ ގޮތައް ވަނީ ހަމަޖައްސާފައެވެ. މިގޮތުން "ކެޓަގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކާއި، ހޮޓާތަކާއި، ފަތުރުވެރިންގެ އުޅަނދުފަހަރުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރު ކުރަންޖެހޭނެއެވެ. "ކެޓަގަރީ ބީ" ގައި ހިމެނޭ ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެއެވެ.

އެހެން ނަމަވެސް ބޭރު ފައިސާއިން ޓެކްސް ދެއްކުމާއި، ދަރަނި އަދާކުރުމާއި، ނުވަތަ ކޯޓު އަމުރެއްގެ ދަށުން ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ޙާލަތްތަކަށް ބަލައި ބޮލަކަށް މާރުކުރަން ޖެހޭ ޑޮލަރުގެ ނިސްބަތަށް ބަދަލު ގެނެވިދާނެ ކަމަށް އެމްއެމްއޭގެ ގަވައިދުގައި ވަނީ ބުނެފައެވެ.

ބޭރު ފައިސާގެ މައްސަލަމަޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!

ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!

19 ނޮވެމްބަރު 2024
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްޤީކުރުމުގައި ދިރާގުން އަދާކޮށްފައިވާ ދައުރު އަގުވަޒަންކޮށްފި

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްޤީކުރުމުގައި ދިރާގުން އަދާކޮށްފައިވާ ދައުރު އަގުވަޒަންކޮށްފި

05 އޮކްޓޯބަރު 2022
ފަތުރުވެރިކަމުގެ ވާދަވެރިކަމުގެ ތެރޭގައި ރާއްޖޭގެ ނަން ދެމެހެއްޓޭނީ ޚާއްޞަ ސިފަތައް އެގޮތުގައި ދެމެހެއްޓިގެން – ރައީސް

ފަތުރުވެރިކަމުގެ ވާދަވެރިކަމުގެ ތެރޭގައި ރާއްޖޭގެ ނަން ދެމެހެއްޓޭނީ ޚާއްޞަ ސިފަތައް އެގޮތުގައި ދެމެހެއްޓިގެން – ރައީސް

18 ޖުލައި 2022
ކޮވިޑް-19ގެ ތެރޭގައި ރައީސް ދެއްކެވި ނަމޫނާއަށް ޗަމްޕާ ހުސެއިން އަފީފުގެ ތައުރީފް

ކޮވިޑް-19ގެ ތެރޭގައި ރައީސް ދެއްކެވި ނަމޫނާއަށް ޗަމްޕާ ހުސެއިން އަފީފުގެ ތައުރީފް

18 ޖުލައި 2022

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު