Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިސީއައިއޭގެ ކޮންފަރެންސް ފެށުން

200ށް ވުރެ ގިނަ ބައިވެރިންނާއެކު އައިޔޫއެމްގެ އައިސީއައިއޭގެ 9 ވަނަ ކޮންފަރެންސް ފަށައިފި

އައިސީއައިއޭ ކޮންފަރެންސް ދެދުވަހަށް ކުރިއަށް ގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2024 | ހޮނިހިރު 11:48
އައިޔޫއެމްގެ އައިސީއައިއޭގެ ކޮންފަރެންސްގެ ތެރެއިން

އައިޔޫއެމްގެ އައިސީއައިއޭގެ ކޮންފަރެންސްގެ ތެރެއިން

މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ)ގެ 9 ވަނަ ކޮންފަރެންސް ފަށައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު މި ކޮންފަރެންސް ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ.

Advertisement - newsAdvertisement

ރާއްޖެ އާއި ރާއްޖޭން ބޭރުގެ 204 ބައިވެރިންނާއެކު މި ކޮންފަރެންސް ދެދުވަހަށް ކުރިއަށް ގެންދާނެއެވެ.

އައިޔޫއެމްގެ ސެންޓާ ފޯ ރިސާޗް އެން ޕަބްލިކޭޝަންސްގެ ކުރީގެ ޑީންކަން ކުރައްވާފައިވާ މިނިސްޓަރު ޝަފީއު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ސައިންޓިފިކް އިލްމަކީ ތައުލީމުގެ އެންމެ މަތީ ހަރުފަތުގެ ބިންގާ ކަމަށާއި، އޭގެ ސަބަބުން ހަރުދަނާ ސިޔާސަތުތައް އެކުލަވާލުމަށް ވެސް ފަސޭހަވެގެންދާ ކަމަށެވެ.

މިނިސްޓަރު ޝަފީއު ވަނީ އައިޔޫއެމްގެ ޕޯސްޓް ގްރެޖުއޭޓް ލައުންޖާއި، ދެ ރިސާޗް ޖާނަލް އިފްތިތާހުކޮށްދެއްވައިފަ އެވެ. އެ ޖާނަލްތަކަކީ އިންޓަނޭޝަނަލް ޖާނަލް އޮފް އިމާޖިން ޕާސްޕެކްޓިވްސް އިން އެޑިއުކޭޝަން (އައިޖޭއީޕީއީޑީ) އާއި އިންޓަނޭޝަނަލް ޖާނަލް އޮފް އިމާޖިން އިޝޫސް އިން މެނޭޖްމަންޓް، އެކައުންޓިން އެންޑް ޓެކްނޮލޮޖީ (އައިޖޭއީއެމްއޭޓީ) އެވެ.

އައިޔޫއެމްއިން މައުލޫމާތުދޭ ގޮތުގައި މި ކޮންފަރެންސަށް 113 ދިރާސީ ކަރުދާސް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ބަހުން ހުށަހަޅާފައިވާ 83 ކަރުދާހާއި ދިވެހި ބަހުން ހުށަހަޅާފައިވާ 12 ކަރުދާހެއްގެ އިތުރުން އަރަބި ބަހުން ހުށައަޅާފައިވާ 18 ކަރުދާހެކެވެ.

އެހެން އަހަރުތަކާއި ހިލާފަށް މި ފަހަރުގެ ކޮންފަރެންސްގައި ވަނީ ވަރަށް ގިނަ އަދަދަކަށް ޕްރީ ކޮންފަރެންސް ވޯކްޝޮޕް ބާއްވައިފައެވެ. މި ފަހަރު ބޭއްވި 12 ވޯކްޝޮޕުގެ ތެރެއިން ކޮންމެ ވޯކްޝޮޕަކަށް ވެސް އެވްރެޖްކޮށް 60 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށް އައިޔޫއެމްއިން ބުނެއެވެ.

މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި މިހާ ގިނަ އަދަދަކަށް ޕްރީ ކޮންފަރެންސް ވޯކްޝޮޕް ބޭއްވި ފުރަތަމަ ފަހަރެވެ. ފާއިތުވި އަހަރުތަކުގައި އައިސީއައިއޭގައި ވެސް އެންމެ ގިނަވެގެން ބާއްވަނީ ދެ ވޯކްޝޮޕެވެ.

މީގެ އިތުރުން އައިޔޫއެމްއިން ބުނީ މި އަހަރުގެ ކޮންފަރެންސުގައި ތަފާތު ތިން ދާއިރާއަކުން، ދުނިޔޭގައި ފާހަގަކޮށްލެވޭ ތިން އިލްމުވެރިއަކު ކީނޯޓު ތަގުރީރު ދެއްވާނެ ކަމަށެވެ. އެއީ މެލޭޝިއާގެ މާސްޒްލީ މަލިކް އާއި، އެމެރިކާގެ ފިލިޕް ހެލިންޖާ، އަދި ދެކުނު އެފްރިކާގެ ޓެކާނޯ މެޓްރެޑްރޯ އެވެ.

މެލޭޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު، އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މަލިކް ތަގުރީރު ދެއްވާނީ ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނެވި ތަރައްގީއާ ގުޅޭ ގޮތުންނެވެ. އެމެރިކާގެ ހެލިންޖާ އޮންލައިންކޮށް ތަގުރީރު ދެއްވާނީ ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށް މަތީ ތައުލީމު ދޭނެ ގޮތްތަކާ ބެހޭގޮތުންނެވެ. އޭނާއަކީ ތައިލެންޑުގެ މަހިޑޯލް ޔުނިވާސިޓީގައި މެނޭޖްމަންޓް ދާއިރާގެ ގްލޯބަލް ޓެލެންޓް ޕްރޮފެސަރެކެވެ. އަދި ސައުތު އެފްރިކާގެ ޓެކާނޯ މެޓްރެޑްރޯ އޭނާގެ ތަގުރީރުގައި އަލިއަޅުއްވާލާނީ ތައުލީމީ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ސިސްޓަމް ހެދުމާއި، މެނޭޖްކުރުމާ ބެހޭގޮތުންނެވެ.

އައިޔޫއެމްއިން ބުނީ މިއަހަރުގެ އައިސީއައިއޭ ކޮންފަރެންސަށް މެލޭޝިޔާ އާއި ބުރުނާއީ އަދި އިންޑޮނޭޝިއާގެ ޔުނިވާސިޓީތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން ބޭރުގެ 59 ފަރާތެއް ރާއްޖެ އައިސް މި ކޮންފަރެންސްގައި ބައިވެރިވެއެވެ. މި އަހަރުގެ ކޮންފަރެންސަށް އެންމެ ގިނައިން ކަރުދާސް ހުށަހަޅާފައިވަނީ ވަނީ ތައުލީމީ ދާއިރާއިންނެވެ. މީގެ އިތުރުން ގާނޫނީ ދާއިރާއިންނާއި، މެނޭޖްމަންޓްގެ ދާއިރާއިން ވެސް ކަރުދާސް ވަނީ ހުށަހަޅައިފަ އެވެ.

އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ އައިސީއައިއޭއަކީ ރާއްޖޭގައި ބާއްވާ އިލްމީ އެންމެ ބޮޑު އެއް ކޮންފަރެންސެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު