Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމިއްޔަތު މިނިސްޓްރީ

ގައުމިއްޔަތު މިނިސްޓްރީގެ މުވައްޒަފުންގެ ޕެޓިޝަނާއެކު އެކަހެރިކޮށް ނިކަމެތިކުރަނީ!

26 ސެޕްޓެމްބަރު 2024 | ބުރާސްފަތި 10:19

މިހާތަނަށް އެއްވެސް ވަރެއްގެ އަޕްޑޭޓެއް ދީފައިނުވާކަންވެސް މުވައްޒަފުން ވަނީ ފާހަގަކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ސެޕްޓެމްބަރު 2024 | ބުރާސްފަތި 10:19
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީ

ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީ

ގައުމިއްޔަތު މިނިސްޓްރީގައި މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތް ކަމަށް ބުނެ މުވައްޒަފުން ޕެޓިޝަން ހުށަހެޅުމުގެ ސަބަބުން  މުވައްޒަފުން އެކަހެރިކޮށް ނިކަމެތި ކުރަމުންދާކަމަށް މުވައްޒަފުން ބުނެފިއެވެ.  

ރާއްޖެއެމްވީއާ ކަންބޮޑުވުން ހިއްސާކުރި މުވައްޒަފުން ބުނީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގައިވާ ދިވެހި ސިވިލް ސަރވިސްގެ އަސާސި ސިފަތަކުގެ ތެރޭގައި އިންސާފުވެރިކަމާއި، ތެދުވެރިކަމާއިއެކު ވަކިފަރާތަކަށް ނުޖެހި، ދިވެހި ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ލިބެދެވޭނެ ޤާބިލުކަން ހުންނަންޖެހޭ ކަމަށާއި، މަސައްކަތުގެ މާޙައުލާގުޅޭ ކަންކަމުގައި، މުވައްޒަފުން ފާޅުކުރާ ޚިޔާލާއި، ދޭ ލަފާ، އަދި މުވައްޒަފުންގެ އެއްބާރުލުމާއި، ބައިވެރިވުމުގެ އަގުވަޒަންކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތްކޮށް، އެ ޙައްޤުތަކަށް ރައްކާތެރިވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ، ކުރާ މަސައްކަތުގެ ހެޔޮ ބަދަލު ލިބިދެވޭނެ ނިޒާމުތަކެއް ޤާއިމްކޮށް، ހަމަހަމަކަން ކުރިއަރުވާ، ކެރިއަރ ބޭސްޑް ނިޒާމެއް ޤާއިމް ވެފައިއޮނަންޖެހޭކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށާއި، މުވައްޒަފުންނާއި ގުޅޭގޮތުން ނިންމާ ނިންމުންތައް، ފަހުން ބަލަންޖެހިއްޖެ ހިނދެއްގައި ބެލޭނެފަދައިން، ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ މަތިން، ހާމަކަން ބޮޑުގޮތެއްގައި ނިންމާނެ ނިޒާމެއް ޤާއިމްވެފައި އޮންނަންވާނެކަން ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް 11 ސެޕްޓެމްބަރު 2024 ގައި ކޮމިޝަނަށް 22 ސިވިލް ސަރވިސް ގެ މުވައްޒަފުން ހުށަހެޅި ޕެޓިޝަންގައި ބަޔާން ކޮށްފައިވާ އެކްޓިންގ ޕީއެސް އާތިކާ އިބްރާހީމް ގެ މަސްލަހަތު ހިމެނޭ މައްސަލަ ބަލާއިރު އޭނަ މަގާމުގެ ނުފޫޒު ބޭނުންކުރާގޮތަށް މާހައުލު އޮތްކަމީ ގައުމެއްގެ ރައްޔިތެއްގެ ހައިސިއްޔަތުންނާއި، ސަރުކާރަށް ހިދުމަތްކުރާ މުވައްޒަފެއްގެ ހައިސިއްޔަތުން ވަރަށް ކަންބޮޑުވާ ކަމެއްކަމާއި ނަފްސާނީގޮތުން ގެއްލުންވެ، ބިރުވެރިކަމެއްގައި  އެތައް މުވައްޒަފުންތަކެއް ތަހައްމަލުކުރަން ޖެހޭ ކަމެއްކަމަށް މުވައްޒަފުން ކިޔާދިނެވެ.

 މީގެ އިތުރުން މިނިސްޓްރީ ހިންގަމުންދަނީ ސިވިސް ސަރވިސް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް ކަމާއިމެދުވެސް މިހާރު ސުވާލު އުފެދޭކަމަށް މުވައްޒަފުން ކިޔާދިނެވެ.  

ރާއްޖެއެމްވީއާ ވާހަކަ ދެއްކި މުވައްޒަފުން ކިޔާދިން ގޮތުގައި މި ޕެޓިޝަން ހުށަހެޅިފަހުން ވުޒާރާގެ ވަޒީރު އަދި އެކްޓިންގް ޕީއެސް ކަމާއި ހަވާލުވެ ހުންނެވި ފަރާތުން އިތުރަށް މުވައްޒަފުން ނިކަމެތިކޮށް، އެކަހެރި ކުރުމުގެ މާހައުލެއް ވަނީ އުފައްދަވާފައެވެ.

އޭގެ އިތުރުން، މި ކަންތައްތައް ސިވިލް ސާވިސްއަށް ހުށަހެޅި ނަމަވެސް މިހާތަނަށް އެއްވެސް ވަރެއްގެ އަޕްޑޭޓެއް ދީފައިނުވާކަންވެސް މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

29 މާރިޗު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް