Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށީ ޖަލުގައި މީހަކު ނިޔާވުން

މާފުށީ ޖަލުގައި މަރުވެފައިވަނީ ކުޑަކުއްޖަކާ ބެހުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް

މިކަން އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިންވެސް ވަނީ ތަހުގީގުކުރަން ފަށާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2024 | އަންގާރަ 06:03
މާފުށި ޖަލު

މާފުށި ޖަލު

މާފުށީ ޖަލުގައި ހުރި ގައިދީއެއް މަރުވި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށާފައިވާއިރު، މަރުވެފައި ވަނީ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް (62 އަހަރު) ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

ކަރެކްޝަންސްއިން މައުލޫމާތު ދޭ ގޮތުގައި، އަންގާރަ ދުވަހުގެ ހެނދުނު 6:52 ގައި ޢަބްދުލް ޣަނީ އިސްމާޢީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ޑޮކްޓަރު ވަނީ 7:21 ގައި ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވެފައިވާކަމަށް ކަނޑައަޅާފައެވެ.

Advertisement - newsAdvertisement

އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

އަދި މިކަން އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިންވެސް ވަނީ ތަހުގީގުކުރަން ފަށާފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
06 މާރިޗު 2017

ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

06 މާރިޗު 2017
ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު