Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ 2 ސްކޫލަކަށް އިޒްރޭލުން ބޮން އަޅައިފި

އާދިއްތަ ދުވަހު ޣައްޒާ ސިޓީގެ ޝާތީ ރެފިއުޖީ ކޭމްޕް ކަފްރް ގާސިމް ސްކޫލަށް ދިން ހަމަލާގައި ފަލަސްތީނުގެ 7 މީހުން ޝަހީދުވެފައިވާއިރު، އެ ހަމަލާ އަށް ސައުވީސް ގަޑީއިރު ނުވަނީސް ނުސެއިރާތު ރެފިއުޖީ ކޭމްޕްގައި ހުންނަ ޚާލިދް ބިން އަލް-ވަލީދް ސްކޫލަށް އިޒްރޭލުން ވަނީ ބޮން އަޅާފައި

ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2024 | ހޯމަ 01:19
ކަފްރް ގާސިމް ސްކޫލަށް ދިން ހަމަލާގައި ޝަހީދުވި ފަލަސްތީން މީހެއްގެ ހަށިގަނޑު އުފުލަނީ

ކަފްރް ގާސިމް ސްކޫލަށް ދިން ހަމަލާގައި ޝަހީދުވި ފަލަސްތީން މީހެއްގެ ހަށިގަނޑު އުފުލަނީ

ޣައްޒާގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ދެ ސްކޫލަކަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވެއްޖެއެވެ.

އާދިއްތަ ދުވަހު ޣައްޒާ ސިޓީގެ ޝާތީ ރެފިއުޖީ ކޭމްޕް ކަފްރް ގާސިމް ސްކޫލަށް ދިން ހަމަލާގައި ފަލަސްތީނުގެ 7 މީހުން ޝަހީދުވެފައިވާއިރު، އެ ހަމަލާ އަށް ސައުވީސް ގަޑީއިރު ނުވަނީސް ނުސެއިރާތު ރެފިއުޖީ ކޭމްޕްގައި ހުންނަ ޚާލިދް ބިން އަލް-ވަލީދް ސްކޫލަށް އިޒްރޭލުން ވަނީ ބޮން އަޅާފައެވެ. މި ހަމަލާގައި މަދުވެގެން 3 ފަލަސްޠީނު މީހުން ޝަހީދުވެފައިވެއެވެ.

ޚާލިދު ބިން އަލް-ވަލީދު ސްކޫލަށް ދިން މަރުގެ ހަމަލާގެ ޒިންމާ އިޒްރޭލުން ވަނީ ނަގާފައެވެ. މި ހަމަލާ ދިނުމަށްފަހު ވެސް އިޒްރޭލުން ބުނީ އެ ސްކޫލް އަކީ ހަމާސްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއް ކަމުގައެވެ. އެހެން ނަމަވެސް މިހެން ބުނުން ފިޔަވާ އިތުރު ހެއްކެއް އިޒްރޭލުން ދައްކާފައެއް ނުވެއެވެ.

އިޒްރޭލުން ޣައްޒާގެ ސްކޫލުތަކަށް ހަމަލާ ދިނުމަކީ އާންމު ކަމަކަށް ވެފައިވާ ކަމެކެވެ.

ކޮންމެ ހަމަލާއަކަށް ފަހު އެތަންތަނަކީ ހަމާސްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކެއް ކަމަށް ބުނެއެވެ.

އޯގަސްޓް މަހު އެކަނި ވެސް އިޒްރޭލުން މަދުވެގެން 16 ސްކޫލަކަށް ހަމަލާދީ، އެތަންތަނުގައި ވަގުތީ ރައްކައުތެރިކަން ހޯދަމުން ދިޔަ އެތައް އާންމު ރައްޔިތުންނެއް ވަނީ ޝަހީދު ކޮށްލާފައެވެ.

މި ހަމަލާތަކުގައި ޢާންމު ރައްޔިތުން މަރުވެފައިވާ އަދަދު މަތިވުމާއި، އާދަޔާ ޚިލާފަށް ބާރުގަދަ ބޮމުގެ ހަމަލާތައް ދީފައިވުމާއެކު މިއީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ދެކޭ ކަމަށް އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ބުނެފައިވެއެވެ.            

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ އަލްޖަޒީރާގެ އޮފީހަށް ހަތިޔާރު އެޅި އިޒްރޭލު ސިފައިން ވަދެގަނެ އެ އޮފީސް ބަންދުކުރުމަށް އަމުރު ކުރުމާ ގުޅިގެން ދުނިޔޭގެ ލީޑަރުންނާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާޢަތްތަކުން އިޒްރޭލުގެ އެ އަމަލު ވަނީ ކުށްވެރިކޮށްފައެވެ.

އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 41،431 ފަލަސްތީން މީހުން ޝަހީދުވެފައިވާއިރު، 95،818 މީހުން ޒަޚަމްވެފައިވެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންހަމާސްއިސްރާއީލް އަސްކަރިއްޔާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
19 ނޮވެމްބަރު 2025

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ
18 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން އދ ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި

18 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން އދ ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި
14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
13 ނޮވެމްބަރު 2025

ޣައްޒާ އަށް ބައިނަލް އަގްވާމީ ފައުޖެއް ފޮނުވުމަށް އެމެރިކާ އިން ސަލާމަތީ މަޖިލިހަށް ހުށަހެޅި ގަރާރު ފާސް ވާނެ ކަމަށް ޚާރިޖީ ވަޒީރު ރޫބިއޯ ވިދާޅުވެއްޖެ

13 ނޮވެމްބަރު 2025
ޣައްޒާ އަށް ބައިނަލް އަގްވާމީ ފައުޖެއް ފޮނުވުމަށް އެމެރިކާ އިން ސަލާމަތީ މަޖިލިހަށް ހުށަހެޅި ގަރާރު ފާސް ވާނެ ކަމަށް ޚާރިޖީ ވަޒީރު ރޫބިއޯ ވިދާޅުވެއްޖެ
10 ނޮވެމްބަރު 2025

2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި

10 ނޮވެމްބަރު 2025
2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު