Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒުގެ ސަރުކާރު

ރައީސް މުއިއްޒުގެ ސަރުކާރަކީ އިނާމު ދޭން މޮޅު ސަރުކާރެއް: މެންބަރު ނާޒިލް

ޕީއެންސީ އަކީ އެންމެ މީހުން ގިނަ ޕާޓީއަށް ހެދުމަށް ކުރާ މަސައްކަތްތައް ވަނީ ފުޅާކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2024 | ހޮނިހިރު 11:41
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އިނާމު ދޭން މޮޅު ސަރުކާރެއް ކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސީ ޕާޓީ، ޕީއެންސީ އަކީ އެންމެ މީހުން ގިނަ ޕާޓީއަށް ހެދުމަށް ކުރާ މަސައްކަތްތައް ވަރަށް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު އެޕާޓީގެ މީހުން އޮޑިފަހަރުތަކަށް އަރައި ފޯމް ފުރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނާޒިލް ވިދާޅުވީ މި ސަރުކާރުން އިނާމު ދެނީ ސަރުކާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެކަނި ނޫން ކަމަށާއި، ޕީއެންސީއަށް 50 ފޯމް ހިފައިގެންދާ މީހަކަށް މަތީމަގާމެއްގެ އިތުރުން ބޮޑު އިނާމެއް ލިބޭ ކަމަށެވެ. ރައްޔިތުންނާއި ގައުމުގެ ހާލަތު މިސަރުކާރަށް ނޭނގުނު ނަމަވެސް މިއީ އިނާމު ދިނުމަށް މޮޅު ސަރުކާރެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވާ ކަމަށެވެ. ނަމަވެސް މިސަރުކާރަށް ފައިސާ މެނޭޖްކުރަން ނޭނގޭ ކަމަށާއި، އެކަމުގެ ދަތިކަން ރައްޔިތުން މިއަދު އުފުލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

18 ޖުލައި 2025

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ
16 ޖުލައި 2025

ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު

16 ޖުލައި 2025
ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު
16 ޖުލައި 2025

ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް

16 ޖުލައި 2025
ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް
15 އެޕްރީލު 2025

މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް

15 އެޕްރީލު 2025
މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް
13 ފެބުރުއަރީ 2025

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު