Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޮއްދޫ ކައުންސިލް

ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި

މިއަހަރުގެ މުބާރާތް މިމަހުގެ 24 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ސެޕްޓެމްބަރު 2024 | ބުރާސްފަތި 06:09
މުބާރާތުގެ ފުރަތަމަ މެޗުގެ ތެރެއިން

މުބާރާތުގެ ފުރަތަމަ މެޗުގެ ތެރެއިން

ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި އެވެ.

މުބާރާތުގައި ފަސް ޓީމް ވާދަކުރެ އެވެ. އޭގެ ތެރެއިން އެއް ޓީމަކީ އެ އަތޮޅު ވެލިދޫ ޓީމެކެވެ. މުބާރާތުގެ ފުރަތަމަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ވެލިދޫ ސްޕޯޓްސް ކުލަބާއި, ކުޑަކަންމަތި ޔުނައިޓެޑު ވާދަކުރި މުބާރާތުގެ ފުރަތަމަ މެޗު ނިމުނީ 4-4 ން އެއްވަރު ވެގެންނެވެ.

މެޗުގައި ކުޑަކަންމަތި ޔުނައިޓެޑުގެ ކެޕްޓަން މުޙައްމަދު މައުމޫން ތިން ލަނޑު ޖެހި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އެ ޓީމަށް ދެން ލަނޑު ޖަހައި ދިނީ އަހުމަދު މާއިޝް ރަޝީދެވެ. ވެލިދޫ ޓީމްގެ ހަތަރު ލަނޑު ޖެހީ އަބްދުالله ޒިހާމްއާއި, އަޔާލް އަބްދުالله އާއި, ހަސަން އިބްރާހީމް އާއި, އަބްދުالله އިބްރާހީމް އެވެ.

މިދެ ޓީމުގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ކުޑަކަންމަތި ސްޕޯރޓްސް ކްލަބާއި, ފޮއްދޫ ހެލްތު ސެންޓަރާއި, އެންމެ ފަހުގެ ޗެމްޕިއަން ސާއްބަ އެފްސީ އެވެ. ފަސް ޓީމް ލީގު ބުރެއް ކުޅެ ނިމޭއިރު އެއް ވަނަ ޓީމަށް ފައިނަލްގެ ސީދާ ޖާގަ ލިބޭނެ އެވެ. ފައިނަލްގެ ދެ ވަނަ ޖާގަ ލިބޭނީ ދެވަނަ ޓީމާއި ތިންވަނަ ޓީމްގެ މެދުގައި ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.

މިއީ ފޮއްދޫ ކައުންސިލުން މި މުބާރާތް ބާއްވާ ފަސްވަނަ އަހަރެވެ. މިއަހަރުގެ މުބާރާތް މިމަހުގެ 24 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ނ.ފޮއްދޫ

އިތުރަށް ކިޔާލަން

31 އޯގަސްޓު 2023

ނ ކުޑަފަރީ އަދި ފޮއްދޫގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކޮށްފި

31 އޯގަސްޓު 2023
ނ ކުޑަފަރީ އަދި ފޮއްދޫގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކޮށްފި
01 މާރިޗު 2017

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު