Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްބާސް ޝަރީފް

ޕީޖީގެ މަޤާމަށް އައްބާސް އައްޔަނު ކުރައްވައިފި

18 ސެޕްޓެމްބަރު 2024 | ބުދަ 07:15

އޭނާ މި މަޤާމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 85 މެމްބަރަކު ވޯޓު ދެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ސެޕްޓެމްބަރު 2024 | ބުދަ 07:15
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަނު ކުރެއްވުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަނު ކުރެއްވުން

ހ.ޔެލޯ ރޯޒް އަލްއުސްތާޒް އައްބާސް ޝަރީފް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިކަމާ ގުޅޭ ރަސްމިއްޔާތު ބާއްވާފައި ވަނީ ބުދަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Advertisement - newsAdvertisement

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އަލްއުސްތާޛު ޢައްބާސް ޝަރީފު އައްޔަން ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އައްޔަންކުރެއްވި އަލްއުސްތާޛު ޢައްބާސް ޝަރީފަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުު ލިބިފައިވާ ގޮތުގައި އައްބާސް މިހާރު ވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންނާވެސް ބައްދަލު ކުރައްވާފައެވެ.

އޭނާއަށް މަޖިލީހުން ރުހުން ދިނީ އަންގާރަ ދުވަހުއެވެ. އެގޮތުން އަންގާރަ ދުވަހުގެ ޖަލްސާގައި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އަހާފައިވާއިރު، އޭނާ މި މަޤާމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 85 މެމްބަރަކު ވޯޓު ދެއްވިއެވެ.

އަލްއުސްތާޛު ޢައްބާސް ޝަރީފު އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަޤާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަޤާމާއި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސަރވިސް އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން ހިމެނެއެވެ. އޭގެ ކުރިން އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމާއި އަދި ޤާނޫނީ ދާއިރާގެ އެކިއެކި މަޤާމުތައް ހިމެނެއެވެ. އަލްއުސްތާޛު ޢައްބާސް ޝަރީފު ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައެވެ.

އައްބާސް ވަނީ މަގާމަށް އައްޔަން ކުރެވޭ ހިސާބުން ފެށިގެން ޕީޖީ އޮފީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އަލްއުސްތާޒް އައްބާސް ޝަރީފްޕްރޮސެކިއުޓަރ ޖެނެރަލް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
02 ނޮވެމްބަރު 2025

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2025

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

29 ސެޕްޓެމްބަރު 2025
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި
25 ސެޕްޓެމްބަރު 2025

މާވަށުގައި މީހަކު މަރާލުން: މުހައްމަދު އިބްރާހިމަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފި

25 ސެޕްޓެމްބަރު 2025
މާވަށުގައި މީހަކު މަރާލުން: މުހައްމަދު އިބްރާހިމަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފި
05 ސެޕްޓެމްބަރު 2025

ސަޢީދުގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބުނާ ރިޕޯޓުގެ މައުލޫމާތު ހާމަކުރެވޭކަށް ނެތް: ފުލުހުން

05 ސެޕްޓެމްބަރު 2025
ސަޢީދުގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބުނާ ރިޕޯޓުގެ މައުލޫމާތު ހާމަކުރެވޭކަށް ނެތް: ފުލުހުން
16 ޖުލައި 2025

މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި

16 ޖުލައި 2025
މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި
11 ޖުލައި 2025

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މަޢުލޫމާތު ޝާއިޢުކުރުމަށް ޕީޖީ އޮފީހުން ފަންނީ އެހީތެރިކަން ދެނީ

11 ޖުލައި 2025
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މަޢުލޫމާތު ޝާއިޢުކުރުމަށް ޕީޖީ އޮފީހުން ފަންނީ އެހީތެރިކަން ދެނީ
03 ޖުލައި 2025

ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންގޮސްފި

03 ޖުލައި 2025
ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް