Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އަނިޔާގެ ސަަބަބުން އޮލްމޯ ކުޅުމާ ދުރަށް

އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން ތިން މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ސެޕްޓެމްބަރު 2024 | އަންގާރަ 04:26
ބާސެލޯނާ އަށް ކުޅެމުން އަންނަ ޑެނީ އޮލްމޯ

ބާސެލޯނާ އަށް ކުޅެމުން އަންނަ ޑެނީ އޮލްމޯ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކިން މިޑްފީލްޑަރު ޑެނީ އޮލްމޯ އަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވެފައި ވަނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އޮލްމޯ އަށް ލިބުނު އަނިޔާގެ ސަބަބުން، މެޗުގެ 61 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އޮލްމޯގެ ބަދަލުގައި މެޗުގައި ކުޅެން ނިކުތީ އެރިކް ގާސިއާ އެވެ. ބާސެލޯނާ އިން ހަތަރު ލަނޑުގެ މޮޅެއް ހޯދި އެ މެޗުގައި، އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ވެސް އޮލްމޯ އެވެ.

މެޗަށްފަހު ކުރިއަށް ގެންދިޔަ އޮލްމޯގެ މެޑިކަލް ޓެސްޓުތަކުން އެނގުނު ގޮތުގައި އޭނާގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. ބާސެލޯނާގެ މެޑިކަލް ޓީމުން އަންދާޒާ ކޮށްފައިވާ ގޮތުގައި، އެ އަނިޔާގެ ސަބަބުން ގާތް ގަނޑަކަށް ހަތަރެއް ނުވަތަ ފަސް ހަފުތާގެ މުއްދަތަކަށް އޮލްމޯ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އަދި ވީ އެންމެ އަވަހަކަށް، އަނިޔާ އިން ރަނގަޅު ވުމަށް ރިކަވަރީގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް، ބާސެލޯނާގެ މެޑިކަލް ޓީމާ ހަވާލާދީ ސްޕެއިންގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޖަރުމަނުގެ އާރްބީ ލައިޕްޒިގްގައި ހުރުމަށްފަހު އޮލްމޯ ބާސެލޯނާ އަށް ބަދަލުވީ ކުރިއަށްދާ ސީޒަނާ ދިމާކޮށެވެ. ނަމަވެސް، ސްޕެނިޝް ލީގުގައި އޭނާ ރަޖިސްޓްރީ ކުރުމުގައި ބާސެލޯނާ އަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. ބާސެލޯނާ އަށް އޮލްމޯ ރަޖިސްޓްރީ ކުރެވުނީ ވެސް އައު ސީޒަންގެ ސްޕެނިޝް ލީގު ފެށި ފަހުންނެވެ. އޭގެ ފަހުން އޮލްމޯ އަންނަނީ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން ތިން މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
09 މެއި 2017

ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

09 މެއި 2017
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
12 އެޕްރީލު 2017

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

12 އެޕްރީލު 2017
މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު