Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ހިޔާނަތް

އާރަށު ހިޔާނަތް: ދަށު ކޯޓުގެ ބައި ކުރިއަށް ގެންދާނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމުމުން

ގާޒީވެސް ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ގޮތެއް ނިމުމުން ދަށު ކޯޓުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމަވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2024 | ހޯމަ 05:15
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޢަތުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޢަތުގެ ތެރެއިން

ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލްކުރި މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އާރަށު ހިޔާނާތުގެ މައްސަލައިގައި ހައިކޯޓުގެ ނިންމުމުގައި އަންގާފައި އޮތީ މައިގަނޑު 3 ކަމެކެވެ.

އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް ނިންމުމާއި، ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމާއި، ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައި ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން މައްސަލައިގެ ގޮތެއް ކަނޑައެޅުމަށެވެ.

އޭގެ ތެރެއިން ހައިކޯޓުން ހެއްކާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކަކާއި ގުޅިގެން ދައުލަތުން ވަނީ ބައެއް ނުކުތާތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ.

އެއީ މައްސަލައިގެ ޝަރީއަތް ފެށި ފަހުން ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައި ނުގަނެވޭނެކަމަށް ހައިކޯޓުން ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވީ، ދިފާއުން އެދެނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިމުމުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތް ނިންމުމަށް ކަމަށެވެ.

ސުޕްރީމް ކޯޓުގައި އެ ކަންކަން އިލްތިމާސްކޮށްފައި އޮއްވައި ދަށު ކޯޓުގައި ހިނގަމުންދާ ބައިތައް ކުރިއަށް ނުގެންދިއުމަށް އެދޭކަމަށް ދިފާއުން ވަނީ ފާހަގަކޮށްފައެވެ. ދިފާއުން ދެކޭ ގޮތުގައި އެހިސާބުން މައްސަލައިގެ "އޯވަލެޕެއް" އާދެއެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގެ ޔައުމިއްޔާއާ މި ހިނގަމުންދާ މައްސަލައާވެސް ގުޅޭ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި ނުކުތާތަކެއް އިސްތިއުނާފު ކޮށްފައިވާތީ ސުޕްރީމް ކޯޓުގެ ނިންމުމާއެކު، ބަދަލުތަކެއް އައުން އެކަށީގެންވާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ދައުލަތުންވެސް ވަނީ ދިފާއުން ނެގި ނުކުތާގައި ބުރަދަން ހުރިކަން ޤަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ދިފާއުން ވަނީ ބައެއް ލިއެކިއުންތައް ނުލިބޭކަންވެސް ފާހަގަ ކުރައްވާފައެވެ. އެއީ ތަހުގީގު މަރުޙަލާއަށް ރައީސް ޔާމީނު ދެެއްވާފައިވާ އިންޓަވިއުތަކުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ތަކެވެ.

މި އަޑުއެހުމުގައި ޔާމީން ވިދާޅުވީ، ފުލުހުންގެ ތަހުގީގުގެ ލިއެކިއުންތައް ލިބެންޖެހޭނެކަމަށް ނިންމާފައިވަނީވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އެހެން މައްސަލައެއްގެ ނިންމުމެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން މައްސަލައިގެ ތަހުގީގުގައި ކަން ހިންގާފައިވާ ގޮތް ބަލަން ދިފާއުން ބޭނުންވާކަމަށް ޔާމީން ވިދާޅުވިއެވެ.

އޭގެ ތެރޭގައި "އުފައްދާވައިވާ" ލިއެކިއުންތައް ހުންނާނެކަމަށް ޤަބޫލު ކުރެވޭކަމަށްވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ. ގާޒީ ވިދާޅުވީ، ކޯޓަށް ހުށަހެޅިފައިވާ އެންމެހައި ލިއެކިއުންތައް ޝަރީއަތުން ދޫކުރާނެ ކަމަށެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ގާޒީވެސް ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ގޮތެއް ނިމުމުން ދަށު ކޯޓުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު