Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިނާ-ރާއްޖެއިން ރުފިޔާއިން މުއާމަލާތްކުރުން

ރުފިޔާއިން މުއާމަލާތް ކުރަން ޗައިނާގެ މަރުކަޒީ ބޭންކާއެކު ސޮއިކުރި އެއްބަސްވުމުގެ މައުލޫމާތު ހޯދުމަށް ރާއްޖެޓީވީން އާރްޓީއައި ހުށަހަޅައިފި

ރާއްޖޭން ނަގާފައިވާ ދަރަނިތައް ދިވެހި ރުފިޔާއިން ދެއްކޭނެތޯ ސުވާލުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ސެޕްޓެމްބަރު 2024 | އާދީއްތަ 12:45
ޗައިނާއަށް ރައީސް މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީއާ ސަލާމް ކުރައްވަނީ

ޗައިނާއަށް ރައީސް މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީއާ ސަލާމް ކުރައްވަނީ

ރުފިޔާއިން މުއާމަލާތް ކުރަން ޗައިނާގެ މަރުކަޒީ ބޭންކާއެކު ސޮއިކުރި އެއްބަސްވުމުގެ މައުލޫމާތު ހޯދުމަށް ރާއްޖެޓީވީން އެދިއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރްޓީއައި މެދުވެރިކޮށް ރާއްޖެޓީވީން އެދިފައިވަނީ 15 ސެޕްޓެންބަރު 2024 ވީ އާދިއްތަ ދުވަހު އެވެ.

އެ އާރުޓީއައި ރާއްޖެޓީވީން އެދިފައިވަނީ ވިޔަފާރިއާއި އިންވެސްޓްމަންޓު ކުރިއަރުވަން ދިވެހި ސަރުކާރުން ޗައިނާގެ ޕީޕަލްސް ބޭންކާއެކު މިދިޔަ ހުކުރު ދުވަހު ސޮއިކުރި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން ރާއްޖޭން ނަގާފައިވާ ދަރަނިތައް ދިވެހި ރުފިޔާއިން ދެއްކޭނެތޯ އަދި ދިވެހި ވިޔަފާރިވެރިންނަށް ދިވެހި ރުފިޔާއިން ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެތޯ ސުވާލުކޮށްފައެވެ. އަދި ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން ރިސޯޓުތަކަށް ފައިސާ ދައްކާނީ ޔުއާނުންތޯ އާއި ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކާއެކު ސޮއި ކުރެވުނު އެމްއޯޔޫ އާއްމު ކުރާނެތޯ ސުވާލުކޮށްފައިވާނެއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ރުފިޔާއިން މުއާމަލާތް ކުރަން ޗައިނާގެ މަރުކަޒީ ބޭންކާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓު ކުރަން ފަސޭހަވާނެ ކަމަށާއި، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމަށެވެ.

މި އެއްބެސްވުމުގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެގައުމުގެ ފައިސާއިން މުއާމަލާތްތައް ކުރުމަށް ފަސޭހަވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު މިހާރު ވެސް އަހަރެއްގެ މައްޗަށް 700 މިލިއަން ޑޮލަރު ހަރަދުކުރެއެވެ. ރާއްޖެއަށް މުދާ އިމްޕޯޓު ކުރާ މައިގަނޑު އެއް ގައުމަކީ ވެސް ޗައިނާ އެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
14 މާރިޗު 2017

ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

14 މާރިޗު 2017
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު