Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ހިންގުން ދޯދިޔާވުން

ރާއްޖޭގެ ރޭޓިންގ ދަށްކުރީ ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަން ދަށްވެ ސަރުކާރު ހިންގުން ދޯދިޔާ ވުމުން: އަމީރު

ކްރެޑިބަލް ރަނގަޅު ސިޔާސަތެއް ސަރުކާރަށް އަދިވެސް ތަންފީޒު ނުކުރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އަމީރު ވިދާޅުވި

ނިއުސް ޓީމް
ނިއުސް ޓީމް | 15 ސެޕްޓެމްބަރު 2024 | އާދީއްތަ 08:59
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

މޫޑީސް އިން ރާއްޖޭގެ ރޭޓިންގ ދަށްކުރީ ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަން ދަށްވެ ސަރުކާރު ހިންގުން ދޯދިޔާ ވުމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު 11 ވަނަ ދުވަހު މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރުމާ ގުޅިގެން، މިނިސްޓްރީ އޮފް ފިނޭންސްއިން އަނެއްކާވެސް މާލީ އިސްލާޙުތަކާ ގުޅޭ ވާހަކަތަކައް ދައްކަން ފަށާފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޖަހާފައިވާ ޚަބަރަކަށް ރައްދުދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement - newsAdvertisement

މި ސަރުކާރުގެ ނުކުޅެދުންތެރިކަމުން ބޮއްސުންލާފައިވާ ސަރުކާރުގެ މާލީ ހާލަތު ރަގަޅުކުރަން، ކްރެޑިބަލް ރަނގަޅު ސިޔާސަތެއް ސަރުކާރަށް އަދިވެސް ތަންފީޒު ނުކުރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، ސަރުކާރުގެ އަމަލުތައް އަދިވެސް ހުރީ ގޯހުން ގޯހަށް ކަމަށް އަމީރުގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

"ސިޔާސީ މުވައްޒަފުން ގިނަކުރުމެއް ނުހުއްޓޭ، ސަރުކާރު ކުންފުނިތައް އެއްކުރިޔަސް ހާހުން ނަގާފައިވާ ސިޔާސީ ވަޒީފާތަކެއް މަދެއް ނުވޭ، ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން އިންތިހާއަށް އިތުރުވެއްޖެ، ސަރުކާރު ފަރާތުން ރޭވިގެން ހިންގޭ ޖަރީމާއެއްގެ ތެރެއިން، މާލީ ނިޒާމު އެއްކޮށް ގަޑުބަޑުކޮށް އިތުބާރު ގެއްލުވާލައިފި، ވިޔަފާރިތައް އެއްކޮށް އިދަޖެހި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓިއްޖެ،" އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ފާހަގަކުރައްވާފައިވަނީ، މާލީ ޑިސިޕްލިން އަލުން ގާއިމްކުރުމާއި، ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް (ޕީއެފްއެމް) ހަރުދަނާ ކުރުމާއި، އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދުމަށް މުއައްސަސާތައް ވަރުގަދަ ކުރުމަށް މިވަގުތު އަވަސް ފިޔަވަޅުތަކެއް ނޭޅުމަކީ އިގްތިސާދީ ގޮތުން އިތުރު ނުތަނަވަސްކަމެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި މޫޑީސް އިން ރާއްޖޭގެ ރޭޓިންގ ސީއޭއޭ2 އަށް ދަށްކޮށް، އިތުރަށް ޑައުންގްރޭޑް ކުރުމަށް ރިވިއުގެ ހާލަތަށް ގެނެސްފައި މިވަނީ ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަން ދަށްވެ، ޑރ މުއިއްޒުގެ ސަރުކާރުގެ ހިންގުން ދޯދިޔާ ވުމުން ކަމަށެވެ.

"މޫޑީސް ފާހަގަކުރާ ގޮތުގައި’އެކްސްޓަނަލް ވަލްނަރަބިލިޓީސް ތަކާއި ހިރާސްތައް ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގާބިލްކަން ސަރުކާރުގައި ނެތް، މޫޑީސް ގެ އެސެސްމަންޓުން ދައްކުވައިދެނީ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއެކު ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތައް ބޮޑުތަނުން އިތުރުވި އިރުވެސް އަޅުގަނޑުމެންގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ ސަބަބުން ‘ޑިފޯލްޓް ރިސްކް’ އިތުރުވެފައިވާ ކަން،" އަމީރުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ހަމައެއާއެކު، ހަފްތާއަކު އެއްފަހަރު މާލީ ރިޕޯޓްތައް ޝާއިއުކުރުން ހުއްޓާލުމުން ފިސްކަލް ޓްރާންސްޕެރަންސީ ގެއްލި، ސަރުކާރުގެ ޚަރަދާއި ރިޒާވް ކުޑަވުމާ ގުޅުން ހުރި ކަންކަމާ މެދު އިތުރު ސުވާލުތަކެއް އުފެދޭ ކަމަށް ވެސް އަމީރު ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު