Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އިންޑިއާ ކުރިމަތީ ކުޑަކަކޫ ޖަހައި ވެރިކަމަށް ގެންނަން ދާ އޮހޮރުވި ފަހުލަވާނުން މަގާމުން ވަކިކުރަން ވީ މަޖުބޫރު!

10 ސެޕްޓެމްބަރު 2024 | އަންގާރަ 14:12

އިންޑިއާއަށް ވަަރަށް އަވަހަށް ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ހާމަކުރުމުގެ ކުރިއަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި ކުޑައިމީސްކޮށް ބަސް ބުނި، ޔޫތް މިނިސްޓްރީގެ ދެ ނައިބުން ކަމުގައިވާ މަލްޝާ އަދި ޝިއުނާ އިސްތިއުފާ ދިނުމަކީ އިއްތިފާގެއްތޯ ނުވަތަ މަޖުބޫރުވެގެން ކުރިކަމެއްތޯ ސުވާލު އުފެދެއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ސެޕްޓެމްބަރު 2024 | އަންގާރަ 14:12
ރައީސް މުއިއްޒު އަދި އިންޑިއާ ބޮޑުވަޒީރަށް ފުރައްސާރަކުރި 3 ނައިބުން

ރައީސް މުއިއްޒު އަދި އިންޑިއާ ބޮޑުވަޒީރަށް ފުރައްސާރަކުރި 3 ނައިބުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ގިނައިން ދެއްކި ވާހަކަތަކުގެ ތެރެއިން އަދި އެމަނިކުފާނު ކުދިންކޮޅެއް ގޮވައިގެން އެންމެ ގަދަޔަށް ޖެއްސެވި އެއް ސަކަރާތަކީ އިންޑިއާ އައުޓްގެ ހަރަކާތެވެ. އެ ހަރަކާތުގައި ސީދާ މަގުމަތިން ނުފެނުނު ކަމުގައިވީނަމަވެސް އެމަނިކުފާނު ވެރިކަމަށް ގެންނަން އެ ޝިއާރު ހިފައިގެން މުޅި ސޯޝަލް މީޑިއާގައި ބަޔަކު އެނބުރުނެވެ.

މި ދަންނަވަން އުޅެނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ފާޑުވިދާޅުވިކަމަށް ބުނެ ބަލަމުންދާ މައްސަލައާ ގުޅިގެން ސަސްޕެންޑްކުރި ޔޫތް މިނިސްޓްރީގެ 2 ޑެޕިއުޓީ މިނިސްޓަރުންކަމުގައިވާ މަރިޔަމް ޝިއުނާ އަދި މަލްޝާ ޝަރީފް އިސްތިއުފާގެ ވާހަކައެވެ. ކޮންމެއަކަސް މި ދެ ފަހުލަވާނުން ރޯމަރު ދޮގު ހަދައިގެންވެސް، އަދި ތެދު ކިތައްމެއް ތެދަސް އެ ބަޅުކޮށްގެންވެސް އެވާހަކަ ދައްކާ ހެދީ މުއިއްޒު ވެރިކަމަށް ގެނައުމަށެވެ. ރޯމާ ދުވާލު ދޭހާ އަތްވެއްގައި ވެހޭހާ ވާރޭއެއްގައި މުއިއްޒު ވެރިކަމަށް ގެނައުމަށެވެ.

ނަމަވެސް ކުއްލި ގޮތަކަށް މި އިވުނު ހަބަރާއެކު ޝައްކު އުފެދޭ އެތައް ކަމެއް ބޮލުތެރޭގައި އެނބުރެން ފެށިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިއުނާއާއި މަލްޝާ އިސްތިއުފާ ދިނީ ސީވީއަށް ރީތިކުރުމަށެވެ. ހަގީގަތަކީ އެ ދެމީހުން މަގާމުން ވަކިކުރަން ރައީސް މުއިއްޒުއަށް މަޖުބޫރުވީއެވެ. މިކަން މި ދިމާވީ ނިކަން މުނާސަބަތު ވަގުތަކާއެވެ. ކުއްލި ގޮތަކަށް ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާއެކުއެވެ.

ނަންނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން މި ސަރުކާރުގެ އިސްފަރާތަކުން ބުނެފައިވަނީ، ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ މާލީ އެހީ ހޯއްދެވުމަށެވެ. ނަމަވެސް އިންޑިއާގެ އެހީތެރިކަމެއް މިހާ ދުވަހު ނުލިބުނީވެސް ސަރުކާރުގެ ތެރޭގައި ތިބި ސިޔާސީ އިސް ފަރާތްތަކުގެ އަމަލުތައް ހުރިގޮތުންނެވެ. އޭގެ ތެރޭގައި ޝިއުނާއާއި މަލްޝާ އަކީ ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ ދެމީހުންނެވެ. އަދި ސަސްޕެންޝަނުގައި ހުރި މަހުޒޫމްވެސް ހިމެނެއެވެ.

އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ޝަރުތުކޮށްފައި ހުރި ކަންތައްތަކެއް ހުރި ކަމަށާއި، އޭގެ ތެރޭގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީންކޮށް ބަސް ބުނެ އިންޑިއާ އާއި އެގައުމުގެ ކަންކަމާއި ބެހި ހުތުރު ގޮތަކަށް އުޅުނު މި ދެ މީހުންވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ދާ އޮހޮރުވި ނަމަވެސް ރައީސް މުއިއްޒުއަށް އިތުުރގޮތެއް ނެތީ ކަމަށެވެ.

ޝިއުނާ އަދި މަލްޝާގެ ގުރުބާނީގެ އަގު އަދާވަންދެން ސަސްޕެންޝަނުގައި ތިބިނަމަވެސް ނިކަމެތި ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން މި މީހުންނަށް ދިޔައީ ބޮޑު މުސާރަ ދެމުންނެވެ. ހަލާލު ނުވާ މުސާރައެއް ނަގައިގެން ތިބީ ގޭގައެވެ. ކުރާހާވެސް ކަމަކީ ސިޔާސީ ޕާޓީއޭ ކިޔައިގެން ދިވެހި ރައްޔިތުންނާއި ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވުމެވެ. ބާޒާރުމަތީގައި ދެމީހަކު ޒުވާބުކުރާ ބީދައިން ދިޔައީ ދިވެހި ރައްޔިތުންނާއި ދިމާލަށް ހިތު ހުރި އެއްޗެއް ގޮވަމުންނެވެ.

މި ދެމީހުން ގޭގައި ބައިތިއްބައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދީފައި އެއްޗެހި ގޮވާތީވެސް މަހަކު 35،000 ރުފިޔާ މީހަކަށް ދީފައިވެއެވެ. ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުގައި ތިބުމަށްފަހު 8 މަސް ފަހުން، މަޖުބޫރުވެގެން މަގާމުން ދުރުކުރާ ހިސާބަށް ދިޔާމަ، މަގާމުން އިސްތިއުފާ ދިން މި ދެމީހުންނަށް އެކަނިވެސް ގޭގައި ބައިތިއްބައިގެން މިވީ 8 މަސް ތެރޭގައި 560،000 ރުފިޔާ ދީފައިވެއެވެ. ހަލާލު ނޫން ބައިމިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

މިއަދު ފެނިގެން މިދަނީ އިންޑިއަކީ ބުލީއެކޭ ކަަމަށް ވިދާޅުވި ސަރުކާރުން އިންޑިއާއަކީ މިތުރެއްކަމަށް ބުނާ ތަނެވެ. މީގެ ކުރިން ވިދާޅުވަމުން އައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ހިންގަނީ އިންޑިއާއިން ކަމަށެވެ. އިންޑިއާއަށް ރަތްމަހަކަށް ނުގޮވާ ވަރަށް ގޮވާލިއެވެ. ނަމަވެސް ސިއްރު ސިއްރުން އިންޑިއާގެ ބުރަކަށީގައި ފިރުމާ މިއަދު އިންޑިއާވަރެއް ނެތެވެ. މި ސަރުކާރުވެސް މިހާރު ހިންގެން އޮތީ އިންޑިއާ އޮވެގެންކަމަށް ގަބޫލުކުރެވެން ފަށާ ފަދައެވެ.

އިންޑިއާ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަމަށް އަޑަށް ބާރުލާފައި ވިދާޅުވި ވިދާޅުވުން މިއަދު ބަދަލުވެ، ރާއްޖެއަކީ އިންސާނާގެ ހަށިގަނޑު ނަމަ، ދިރިހުންނަން ބޭނުންވާ އޮކްސިޖަނަކީ އިންޑިއާކަމަށް މިއަދު މި ސަރުކާރުން ގަބޫލުކުރީއެވެ. އެހާވެސް އިންޑިއާއާއި އޮންނަ ގުޅުން ބޮޑެވެ. އިންޑިއާއާއި ގުޅުމެއް އޮވެގެން އެކަމާއި ވާހަކަ ދައްކަނީއެއް ނޫނެވެ. ނަމަވެސް ހަތުރެއް ކަމަށް ބުނެ ގެރިބަކަރިއަކާ އެއްފަދަ ކުރި އިންޑިއާ މިއަދު މިތުރަކަށްވީމަ އެވާހަކަ ދައްކަނީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް އަވަހަށް އިންޑިއާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރިއިރު އިތުރު ތަފްސީލެއް ނުދެއެވެ. ހަމައެކަނި ވިދާޅުވީ މި ދަތުރުފުޅު ކުރެއްވުމަށް އެންމެ ރަނގަޅު ތާރީހަކީ ކޮބައިތޯ މަޝްވަރާކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. ތާރީހެއް ދޭނީ އިންޑިއާއިން ކަމަށްވެއެވެ. އެއީ އިންޑިއާގެ ޝަރުތުތަކެއްވެސް ހުރުމުންނެވެ. އެ ލިސްޓުގައި ފާހަގަޖަހާ ހުރިހާކަމެއް ހަމަވުމުން އިންޑިއާއަށް ވަޑައިގަންނަވާނެ ދުވަސްވެސް އަދި ހާމަކުރާނެއެވެ.

ކޮންމެއަކަސް ކުރުކޮށް ފޮނިކޮށް، މޫނަށް ރުލެއްވެސް އަރުވާ ނުލައްވާހުރެ މި ސަރުކާރުން އެ ބުނަނީ އިންޑިއާވަރެއް ހަމަ މިހާރު ނެތް ކަމަށެވެ. ކުރިން ވިދާޅުވިހާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް އަމިއްލައަށް އިއުތިރާފްވެވަޑައިގަންނަވާ މިއަދު އެވިދާޅުވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރުން ވިދާޅުވި ވާހަކަތައް ހަމަ އެގޮތަށެވެ. އޭރުގެ އިދިކޮޅުން ކުރިން އައުޓްކުރަން ނިކުތް އިންޑިއާ" އައުޓް ނުވެ އަދުގެ ސަރުކާރު ސައިޒްވީއެވެ. އެއާއެކު ހާމަވެގެން އެދަނީ ރައީސް ޑރ މުއިއްޒުއާއި އަދުގެ ސަރުކާރުގައި ތިބި އިސްމީހުން އޭރު އެދެއްކެވި ވާހަކަތަކަކީ ގައުމުގެ ހަމަޖެހުން ނަގާލުމަށް އަދި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާމެދު ރަނގަޅުނޫން ތަސައްވުރެއް އުފެއްދުމަށް ދެއްކި ދޮގު ވާހަކަތަކެއް ކަމެވެ. މިކަމުން ހާމަވަނީ ރައީސް ޑރ މުއިއްޒުގެ އަސްލު ސިފައެވެ.

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2017

އިންތިގާލީ ވެރިކަމަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތްތަ؟

21 އޮކްޓޯބަރު 2017
އިންތިގާލީ ވެރިކަމަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތްތަ؟
14 އޮކްޓޯބަރު 2017

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017
 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން
21 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

21 ސެޕްޓެމްބަރު 2017
  ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި
15 އޯގަސްޓު 2017

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟
07 އޯގަސްޓު 2017

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟
31 ޖުލައި 2017

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!
21 ޖުލައި 2017

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

21 ޖުލައި 2017
އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
25 ފެބުރުއަރީ 2017

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް