Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ އަލް-މަވާސީ ކޭމްޕަށް އިޒްރޭލުން ހަމަލާދީ 40 މީހުން ޝަހީދު ކޮށްލައިފި

ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަކުރާރުކޮށް ޚިލާފްވެފައިވާ، އިޒްރޭލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ ފައިޓަރ ޖެޓްތަކުން އަމާޒުކުރީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ކަމަށެވެ.

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2024 | އަންގާރަ 01:33
އަލް-މަވާސީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ދިރިތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަނީ

އަލް-މަވާސީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ދިރިތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަނީ

އިޒްރޭލުން ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ކައިރީގައިވާ ޓެންޓު ކޭމްޕް – އަލް-މަވާސީ އަށް ހަމަލާދީ، މަދުވެގެން 40 މީހުން ޝަހީދުކޮށްލައި، 65 މީހުން ޒަޚަމްކޮށްލައިިފި ކަމަށް ޣައްޒާގެ ސިވިލް ޑިފެންސުން ބުނެފިއެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަކުރާރުކޮށް ޚިލާފްވެފައިވާ، އިޒްރޭލު ސިފައިންގެ ބަޔާނެއްގައި އަންގާރަ ދުވަހު ބުނެފައިވަނީ އެމީހުންގެ ފައިޓަރ ޖެޓްތަކުން އަމާޒުކުރީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ކަމަށާއި، ހަމަލާ ދިނުމުގައި އާންމުންނަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތް ބަލާފައިވާނެ ކަމަށެވެ.

ހިއުމެނިޓޭރިއަން ޒޯނެއްގެ ގޮތުގައި އިޒްރޭލުން ކަނޑައަޅާފައިވާ މި ޓެންޓް ކޭމްޕަށް މަދުވެގެން 4 މިސައިލް އެރިކަމަށް އެތަނުގައި ދިރިއުޅޭ މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ކޭމްޕަކީ ޣައްޒާގެ އެކި ސަރަހައްދުތަކުން އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން އައިސް ތޮއްޖެހިފައިވާ ތަނެއް ކަމަށް ޚަބަރުތައް ބުނެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް ޚިދުމަތުން ބުނެފައިވަނީ މަދުވެގެން 20 ޓެންޓުގައި އަލިފާން ރޯވެ، އަދި މިސައިލްތަކުގެ ސަބަބުން 9 މީޓަރު (30 ފޫޓު) ފުންމިނުގެ ވަޅުގަނޑުތައް އުފެދިފައިވާ ކަމަށެވެ. އެ ފަރާތުން ބުނެފައިވަނީ ޝަހީދުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސްއިން އިސްރޭލުން ދެއްކި މި ހަމަލާގެ ސަބަބު ވަނީ ދޮގުކޮށްފައެވެ. ހަމާސް އިން ބުނީ ހަމަލާ ދިން ކޭމްޕްގައި ހަނގުރާމަވެރިން ނުތިބޭނެ ކަމަށެވެ.

ހަމާސް ގެ ބަޔާނުގައި ބުނެފައިވަނީ މި ހަމަލާ ދިނީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ކަމަށް އިޒްރޭލުން ބުނާ ބުނުމަކީ މި ހުތުރު ޖަރީމާ ފޮރުވަން ދައްކާ ބަހަނާއެއް ކަމުގައެވެ.

އާންމުން ދިރިއުޅޭ ތަންތަނުގައި ހަނގުރާމަވެރިން ތިބޭ ކަމަށް އިޒްރޭލުން ބުނާ ބުނުން އެތައް ފަހަރަކު ހަމާސް އިން ވަނީ ދޮގުކޮށްފައެވެ.

އަނެއްކޮޅުން، ޣައްޒާގެ އުތުރުގައި ހިންގާ ޕޯލިއޯ ވެކްސިންދިނުމުގެ ކެމްޕޭނަށް އިޒްރޭލު ސިފައިން ގެންދަނީ އެކިގޮތްގޮތުން ދުއްތުރާތައް ކުރިމަތިކުރުވަމުންނެވެ.

އަންރްވާގެ ވެރިޔާ ފިލިޕް ލަޒަރިނީ ވިދާޅުވީ، އެއީ އިޒްރޭލު ސިފައިން އ.ދ.ގެ މުވައްޒަފުންނަށް ބަޑިން ބިރުދައްކާ ހިފަހައްޓައިފައިވާ ކަމަށާއި، އިޒްރޭލުގެ ބުލްޑޯޒަރުތަކުން އ.ދ.ގެ އުޅަނދުތަކަށް ގެއްލުން ދީފައިވާ ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 40,988 ށް ވަނީ އަރާފައެވެ. އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 94,825 މީހުން ވަނީ ޒަޚަމްވެފައެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު