Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަސީނާ އިންސާފުގެ ކުރިމައްޗަށް

އިންޑިއާ ގައި ހުންނެވި ހަސީނާ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަން ބަންގްލަދޭޝް އިން މަސައްކަތް ކުރަނީ

ރިޕޯޓްތައް ބުނާ ގޮތުގައި ޔޫނުސްގެ ވަގުތީ ސަރުކާރަށް ބަންގްލަދޭޝްގެ އާންމު ރައްޔިތުން ގެންދަނީ ހަސީނާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ.

ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2024 | ހޯމަ 13:11
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު މަގާމުން ދުރުކުރުމަށް ގޮވާލައި ކުރި މުޒާހަރާގެ ތެރެއިން

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު މަގާމުން ދުރުކުރުމަށް ގޮވާލައި ކުރި މުޒާހަރާގެ ތެރެއިން

ވެރިކަމުން ވައްޓާލެވުނު ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އިންޑިއާއިން އަނބުރާ ގެނައުމަށްޓަކައި ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން ބުނެފިއެވެ.

ޓްރައިބުނަލްގެ ޗީފް ޕްރޮސެކިއުޓަރު އާދީއްތަ ދުވަހު ބުނެފައިވަނީ، ހަސީނާގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތަކުގެ ޝަރީޢަތާ ކުރިމަތިލެއްވުމަށް ޓަކައި ހަސީނާ ބަންގްލަދޭޝަށް އަނބުރާ ގެނައުމުގެ ޤާނޫނީ މަސައްކަތް ފަށައިފި ކަމަށެވެ.

ހަފްތާތަކެއް ވަންދެން ހިނގި އިހުތިޖާޖުތަކާއި އަދި އިހްތިޖާޖު ކޮންޓްރޯލް ކުރަން ސަރުކާރުން ހިންގި އަނިޔާވެރި ޢަމަލުތަކަށް ފަހު، އޯގަސްޓް 5 ވަނަ ދުވަހު ހަސީނާ ވަނީ މިލިޓަރީ ހެލިކޮޕްޓަރެއްގައި ފިއްލަވައިގެން، އިންޑިއާ އަށް ވަޑައިގެން އިންޑިއާގެ މެހުމާންދާރީ ހޯއްދަވައިފައެވެ. އިންޑިއާގައި ހަސީނާ ހުންނެވުމުގެ ސަބަބުން ޑާކާ އާއި ނިއު ދިއްލީގެ ގުޅުމަށް އަސަރުކޮށްފައިވާއިރު، ބަންގްލަދޭޝުން އޭނާ އަނބުރާ ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިޔާސީ ނުތަނަވަސްކަން ދެގައުމުގެ މެދުގައި އުފެދުމަކީ އެކަށީގެންވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އައިސީޓީގެ ޗީފް ޕްރޮސެކިއުޓަރު މުޙައްމަދު ތާޖުލް އިސްލާމް ބުނެފައިވަނީ، 15 އަހަރު ވަންދެން ޤައުމުގެ ވެރިކަން ހަސީނާ ކުރައްވާފައިވަނީ ގޮށްމުށުގެ ބާރުން ކަމަށާއި، ހަސީނާ ހޯދަން ބޭނުންވަނީ އޭނާގެ ސަރުކާރާ ދެކޮޅަށް ހިންގި މުޒާހަރާތަކަށް އަމާޒުކޮށް ހިންގި "ގަތުލުއާންމު" ތަކުގެ ޝަރީއަތާ ކުރިމަތިލެއްވުމަށް ކަމަށެވެ.

އިސްލާމް ބުނާ ގޮތުގައި ބަންގްލަދޭޝް އާއި އިންޑިއާ ދެމެދު ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމެއްގައި 2013 ވަނަ އަހަރު ހަސީނާގެ ވެރިކަމުގެ ދުވަސްވަރު ވަނީ ސޮއިކޮށްފައެވެ.

އައިސީޓީ އަކީ 1971 ވަނަ އަހަރު ޕާކިސްތާނުގެ އަތްދަށުން ބަންގްލަދޭޝް މިނިވަންވުމަށް ކުރި ހަނގުރާމައިގައި ހިނގި އަނިޔާވެރި ޢަމަލުތައް ތަޙްޤީޤުކުރުމަށް 2010 ވަނަ އަހަރު ހަސީނާ އުފެއްދި މުއައްސަސާއެކެވެ.

އިންސާނީ ޙައްޤުތަކަށް ފުޅާ ދާއިރާއެއްގައި އަރައިގަތްކަމުގެ ތުހުމަތުތައް ކުރެވިފައިވާ ހަސީނާގެ ސަރުކާރު ވައްޓާލީ، އެ ގައުމުގެ ޔުނިވަސިޓީ ދަރިވަރުން ފެށި އިހުތިޖާޖުތައް ހޫނުވެ އާންމުންގެ ގިނަ ބަޔަކު ބައިވެރިވި މުޒާހަރާތަކަކަށް ބަދަލުވި ހިސާބުންނެވެ. ހަސީނާ އަށް ދެކޮޅަށް ހިންގި މުޒާހަރާތަކުގައި 600 ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ އިން ނެރެފައިވާ އިބްތިދާއީ ރިފޯޓެއްގައި ބުނެފައިވެއެވެ. އަދި މި އަދަދަކީ "ފަހަރެއްގައި މަދުން ލަފާކުރެވިވިފައިވާ އަދަދެއް" ކަމަށް ވެދާނެ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ހަސީނާ އިންޑިއާ އަށް ވަޑައިގެންނެވި ފަހުން އާންމު އެއްވެސް ތާކުން ފެނިފައެއް ނުވެއެވެ. ބަންގްލަދޭޝް އިން ވަނީ އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލް ކޮށްފައެވެ.

ދެ ޤައުމު ދެމެދު ވެފައިވާ ކުށްވެރިން ބަދަލުކުރާ އެއްބަސްވުމުގެ މާއްދާއެއް ބުނާ ގޮތުން، ތުހުމަތު ކުރެވޭ ކުށަކީ "ސިޔާސީ ކުށެއް" ނަމަ އެ ފަރާތް ނުފޮނުވާ ބެހެއްޓިދާނެއެވެ.

މި މާއްދާ މިހެން އޮތް ނަމަވެސް، ވެރިކަމުން ވައްޓާލެވުނު ލީޑަރު އަނބުރާ ގެނެސް ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ޑާކާއިން ވަރަށް ބޮޑަށް މަސައްކަތްކުރާނެކަން ބަންގްލަދޭޝްގެ އޮފިޝަލުން ސާފުކޮށް ބުނެފައިވެއެވެ.

މުޒާހަރާތަކަށް ފަހު ވަގުތީ ވެރިޔާގެ ގޮތުގައި ހުންނެވި، ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ މުޙައްމަދު ޔޫނުސް ވަނީ ހުސްވި ހަފްތާގައި ހަސީނާ "އަނގަމަޑުކޮށްގެން" ހުރުމަށް ގޮވާލައްވާފައިވެއެވެ.

"'ބަންގްލަދޭޝް އަށް އަނބުރާ ގެނެވެންދެން އޭނާ އިންޑިއާއިން އެގައުމުގައި ބަހައްޓަށް ބޭނުންނަމަ އޭގެ ޝަރުތަކީ އޭނާ އަނގަމަޑުކޮށްގެން ހުރުން،" ޔޫނުސް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔޫނުސްގެ ވަގުތީ ސަރުކާރަށް ބަންގްލަދޭޝްގެ އާންމު ރައްޔިތުން ގެންދަނީ ހަސީނާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ. އެއާއެކު ބަންގްލްދޭޝްގައި އިންޑިއާ އާ ދެކޮޅު ޝުއޫރުތައް ހިންގުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ ކަމުގައިވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަޚްރުލް އިސްލާމް އަލަމްގީރު އިންޑިއާ މީޑިއާއަށް ވިދާޅުވެފައިވަނީ ހަސީނާ ބަންގްލަދޭޝްގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ ކަމަށެވެ.

މި ޕްރެޝަރުގެ ސަބަބުން އިންޑިއާ ވަނީ އުނދަގޫ ހާލަތެއްގައި ޖެހި، ނިއު ދިއްލީއާއި ޑާކާއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު