ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 00:47
ހަސަން ލަތީފު
ހަސަން ލަތީފު
ރާއްޖެ އެމްވީ
އިދިކޮޅު ފަރާތްތަކުގެ ޖަލްސާ
ރައީސް ޔާމީނުގެ ކޮރަަޕްޝަނު އަރަތް،"ތިމަންނާއަކީ ތިމަންނާއެއް ނޫން"
ކޮރަފްޝަނުގެ ވާހަކަ ނިމެނީ އަދީބާ ހިސާބުން
އަދީބު ބެއްސެވީ "ތިމަންނާގެ" ފައިސާ
މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހީ އަދީބު

ރައީސް ޔާމީން ކޮރަޕްޝަނުގެ ވާހަކަ ދައްކަވަނީ އަރަތެއްގެ ސިފައިގައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ވިދާޅުވި އެވެ.

މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ،   ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދެއްވީ އަދީބު ކަމަށާއި އެހެން ނަމަވެސް އެބޭފުޅުންނަށް އެ ފައިސާއަކީ ކޮން ފައިސާއެއް ކަން އެނގިނުލައްވާ  ކަމަށް ރައީސް ޔާމީން ވިދާޅުވާ  ކަމަށެވެ.

" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދެއްވަނީ އަދީބުއޭ. އެ މެންބަރުންނަށް ނޭނގޭނެއޭ އެއީ ކޮންފައިސާއެއް ކަމެއް. އަދީބު ބެއްސެވި ފައިސާއަކީ ތިމަންނާގެ ފައިސާއޭ. އެ ކޮރަޕްޝަން ގޮސް ހުއްޓެނީ އަދީބާ ހިސާބުންނޭ. ތިމަންނާއަކީ ކާކުހޭ. ސުވާލަކީ ތިމަންނާއަކީ ކާކުކޭ. ޖަވާބަކީ ތިމަންނާއަކީ ތިމަންނާއެއް ނޫނޭ." ހަސަން ލަތީފު ވިދާޅުވި އެވެ.

ތަކުރާރުކޮށް މިހެން ވިދާޅުވެ ވާހަކަ ދައްކަވަމުން، ހަސަން ލަތީފު ވިދާޅުވީ، ރައީސް ޔާމީން  މިއަދު ވިދާޅުވަމުން ދަނީ އެމަނިކުފާނަކީ އެމަނިކުފާނު ނޫން ކަމަށާއި ފައިސާގެ ހަގީގީވެރިއަކީ މިވިދާޅުވާ ގޮތުން ކާކުކަން ނޭނގޭ  ކަމަށެވެ.

ރައީސް ޔާމީން ކޮރަޕްޝަނާއި ގުޅޭ ގޮތުން ދައްކަވާ  ވާހަކަތައް ސާފުނުވާކަން ފާހަގަ ކުރައްވާ ހަސަން ލަތީފު ވިދާޅުވީ، ރައީސް ޔާމީން މިއަދު ކުރައްވަން އުޅެނީ ކީއްކަން ވެސް ސާފު ނުވާ ކަމަށެވެ.

އެހެން ނަމަވެސް މިއަދު ސާފުވާ އެއްކަމަކީ، ރައީސް ޔާމީނާ ކިރިޔާ ވެސް، ހިޔާލު ތަފާތުވާ އެންމެން ޖަލައްލަމުން ގެންދާ ކަމަށެވެ. އެމީހަކީ، ސިޔާސީ ލީޑަރެއް ކަމުގައިވީ ނަމަވެސް، ފަނޑިޔާރެއް ކަމުގައިވީ ނަމަވެސް، މިނިވަން މުއައްސަސާގެ މެންބަރެއް ކަމުގައިވީ ނަމަވެސް ސަލާމަތީ  ޚިދުމަތްތަކުގައި ހުންނެވި ބޭފުޅެއް ނަމަވެސް ސަރުކާރު ކުންފުނިތަކުގެ ބޭފުޅަކަށް ވީ ނަމަވެސް ސިވިލް ސަރވެންޓެއް ވީ ނަމަވެސް އަދި މުދިމެއްވިޔަސް ނަރުހެއްވިޔަސް ރައީސް ޔާމީނާއި ހިޔާލު ތަފާތުވެއްޖެނަމަ ދާންޖެހޭނީ ޖަލަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ، އަބަދުވެސް ގައުމުތަކުގައި، ހުދުމުހުތާރުވެރިކަން ކުރާ މީހުންނަށް އެކަންކަން ދެމެހެއްޓެނީ އެފަދަ ފަރާތްތަކަށް ކަންކަން ކޮށްދޭ މީހުން ކައިރީގަިއ ތިބުމުން ކަމަށެވެ. އަދި އެމީހުންނަކީ އެކަނިވާ ދުވަހު އެއްވެސް މީހެއް ނޫން ކަމަށާއި މިއަދު ރައީސް ޔާމީން ވެސް ފެނިގެންދަނީ އެފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

" ހިޓްލަރު ހިޓްލަރަކަށް ވަނީ އޭނާ ކާއިރީގައި ޔުނީފޯމް އެޅި އެހާމެ އަނިޔާވެރިން ތިބީމަ.އިޓަލީވިލާތުގައި މުސޮލީނީވެސް އޭނާއަށް ވެފައި ވަނީ ވެސް ހަމައެހެން. ރާއްޖެވަކި ތަފާތެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ލިބޭ އުފަލަކީ މިއަދު ރައީސް ޔާމީން އަރިހުގައި ސިފައިންނާއި ފުލުހުންވެސް ނެތް ކަމަށެވެ. އަނިޔާކުރާކަށް ބަޔަކު ނެތް." ހަސަން ލަތީފު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް