Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔޫކްރެއިން އާ އެކު ވާހަކަ ދައްކަން ރަޝިޔާ ތައްޔާރު: ޕުޓިން

ޕުޓިން ވިދާޅުވީ، މަޝްވަރާތައް ކުރިއަށް ދާން ޖެހޭނީ 2022 ވަނަ އަހަރު ޔޫކްރެއިން އާއި ރަޝިޔާ އާ ދެމެދު ވެފައިވާ އެއް ބަސްވުމުގެ މަތިން ކަމަށް

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2024 | ބުރާސްފަތި 13:16
ރަޝިޔާގެ ރައީސް ޕުޓިން، 5 ސެޕްޓެމްބަރު 2024 ގައި ރަޝިޔާގެ ވްލަޑީވޮސްޓޮކް ގައި ބޭއްވުނު އީސްޓަން އިކޮނޮމިކް ފޯރަމްގެ ޕްލީނަރީ ސެޝަންގައި ބައިވެރިވެވަޑައިގަންނަވަނީ.

ރަޝިޔާގެ ރައީސް ޕުޓިން، 5 ސެޕްޓެމްބަރު 2024 ގައި ރަޝިޔާގެ ވްލަޑީވޮސްޓޮކް ގައި ބޭއްވުނު އީސްޓަން އިކޮނޮމިކް ފޯރަމްގެ ޕްލީނަރީ ސެޝަންގައި ބައިވެރިވެވަޑައިގަންނަވަނީ.

ޔޫކްރެއިން އާ އެކު ވާހަކަ ދައްކަން ރަޝިޔާއިން އޮތީ ތައްޔާރަށް ކަމަށް ރަޝިޔާގެ ރައީސް ވުލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން ބުރާސްފަތި ދުވަހު މިހެން ވިދާޅުވިއިރު ޔުކްރެއިނުން ކާސްކް ސަރަޙައްދަށް ހަމަލާދެމުން ދިޔައިރު، މަޝްވަރާކުރުމުގެ ޚިޔާލާ އެމަނިކުފާނު ވަނީ ދެކޮޅު ހައްދަވާފައިވެއެވެ.

އޯގަސްޓް މަހު ޔުކްރެއިނުން ރަޝިޔާގެ ކާސްކް ސަރަޙައްދަށް ދިން ސިހުން ގެނުވި ހަމަލާ އާއެކު ރަޝިޔާގެ ބޯޑަރު ހުރަސްކޮށް އެތައް ހާސް ޔުކްރެއިން ސިފައިން ރަޝިޔާގެ ކާސްކް އަށް އަރާ ސަރަހައްދުގެ އެތައް އަވަށެއް ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގެންނަމުން ދިޔަ ދުވަސްވަރު، މަޝްވަރާ އާ ބެހޭ ގޮތުން ޕުޓިން ވިދާޅުވީ މަޝްވަރާކުރުމަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

ވްލަޑިވޮސްޓޮކް ސިޓީގައި ބޭއްވުނު ރަޝިޔާގެ އީސްޓަން އިކޮނޮމިކް ފޯރަމްގެ ސުވާލާއި ޖަވާބު ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން، ޕުޓިން ވިދާޅުވީ ރަޝިޔާއިން މަޝްވަރާކުރުމަށް ތައްޔާރު ކަމަށެވެ. ނަމަވެސް، ޕުޓިން ވިދާޅުވީ، އެކަން ކުރާނީ 2022 ވަނަ އަހަރު އިސްތަންބޫލްގައި މޮސްކޯއާއި ކީވް އާ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގެ މަތިން ކަމަށެވެ. މި މަޝްވަރާތަކުގެ ތަފްސީލު ހާމަ ކޮށްފައެއް ނުވެއެވެ.

"ރަޝިޔާ އިން އެމީހުންނާއެކު މަޝްވަރާކުރަން ތައްޔާރުތޯ؟ ރަޝިޔާ އިން އެކަމަށް ދުވަހަކުވެސް އިންކާރުކޮށްފައެއް ނުވާނެ، އެކަމަކު އެކަން ކުރާނީ ވަގުތީ ޝަރުތުތަކެއްގެ މައްޗަކަށް ނޫން، އިސްތަންބޫލްގައި އެއްބަސްވެވުނު އަދި އިނީޝަލް ކުރެވުނު ލިޔެކިޔުންތަކުގެ މައްޗަށް،" ޕުޓިން ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ފަހުކޮޅު، ރަޝިޔާއިން ޔުކްރެއިނަށް އެރި ދުވަސްވަރު، ދެ ޤައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމަކާ ކައިރިވެފައިވާ ކަމަށް ކްރެމްލިން އިން އެތައް ފަހަރަކު ބުނެފައިވެއެވެ.

"އަޅުގަނޑުމެންނަށް އެއްބަސްވުމަކަށް އާދެވުނު، އެއީ މައިގަނޑު ނުކުތާއަކީ، ޔުކްރެއިން ވަފުދުގެ އިސްވެރިޔާ މި ލިޔުމުގައި، ސޮއިކުރެއްވާފައި އޮތުމުން އެ އެއްބަސްވުމަކީ ޔޫކްރެއިން އިން ވެސް ގަބޫލު ކުރާ އެއްޗެއްކަން ހެކިދޭ، އޭގެ މާނައަކީ ޔުކްރެއިން ފަރާތުން މި އެއްބަސްވުންތަކާމެދު ޖުމްލަގޮތެއްގައި ހިތްހަމަޖެހޭ ކަމަށް،" ޕުޓިން ވިދާޅުވިއެވެ.

މި އެއްބަސްވުން ތަންފީޒު ނުކުރެވުނީ އެކަން ނުކުރުމަށް ޔުކްރެއިން އަށް ލިބުނު އިރުޝާދާ ގުޅިގެން ކަމަށް ޕުޓިން ވިދާޅުވިއެވެ. އެއީ އެމެރިކާގެ އަދި ޔޫރަޕުގެ ބައެއް ޤައުމުތަކުގެ އިސްވެރިން ރަޝިޔާ ބޮޑު ބައްޔަކުން ބަލިވާން ކުރި އުއްމީދުގެ ސަބަބުން ކަމަށް ޕުޓިން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން

13 މާރިޗު 2017
ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު