Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސަރުކާރުގެ ފެހި ސިގްނަލް

ފެހި ސިގްނަލް އަށް މި ވާގޮތުން، މިހާރު ސިގްނަލް ދިނުން މަނާ؟

ސަރުކާރުން ފެހި ސިގްނަލް ދޭ ކަމެއް އެގޮތަކަށް ވަމުންދާތަނެއް ނުފެނެއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ސެޕްޓެމްބަރު 2024 | އަންގާރަ 14:19
ރައީސް ޑރ މުހައްމަދު މުއިއްޒު، މިނިސްޓަރ ޒަމީރު އަދި މިނިސްޓަރ ސައީދު

ރައީސް ޑރ މުހައްމަދު މުއިއްޒު، މިނިސްޓަރ ޒަމީރު އަދި މިނިސްޓަރ ސައީދު

މިއީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޝައިހާން ޒަރީރުގެ ސުވާލަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވި ވާހަކަފުޅެކެވެ. އަންގާރަ ދުވަހު ފޮރިން އިންވެސްޓްމެންޓްގެ ޤާނޫނު ވުޖޫދުވުމާއި އެކު ފޮރިން އިންވެސްޓަރުންގެ ފެހި ސިގްނަލް ލިބިފަވޭތޯ ކުރި ސުވާލަށް މުޅި ޕްރެސް ނިމުނު އިރުވެސް ސީދާ ޖަވާބެއް ވަޒީރަށް ނުދެއްވުނެވެ. ސައީދު ވިދާޅުވީ މި ސަރުކާރަކީ ކުލަ ކުލައިގެ ސިގުނަލް ދޭ ސަރުކާރެއް ނޫން ކަމަށެވެ. ޖަވާބުދެއްވީ ރުންކުރު ގޮތަކަށެވެ. ނިކަން ބޮޑަށް ގޯސް ޖަވާބެއް ދެއްވިދާނެތީ ބިރުފުޅުން އުޅުއްވި ކަހަލައެވެ. ސުވާލާ މާ ދުރުން އެހެން ވާހަތަކެއް ދެއްކެވި ނަމަވެސް ހީވީ "ފެހި ސިގްނަލް" އޭ ބުނުމުން ވަރަށް ބޮޑަށް ވަޒީރު ޓްރިގަރވެވަޑައިގަތް ހެންނެވެ. ކުޑަކޮށް ހަމަޖެހިލާފައި ވިސްނާލުމުން އަޅުގަނޑު ހިތަށް އެރިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތްތާއެވެ.

މި ވާހަކަ ސާފުކޮށްދޭނަމެވެ. ފަށާނީ ތަންކޮޅެއް ދުރުންނެވެ. ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ސެޕްޓެމްބަރު 16 ވަނަ ދުވަހު މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކަށް ބަލާލާނަމެވެ. މި ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް އެކުވެރި ބައެއް ގައުމުތަކުން މިހާރު ވެސް ފެހި ސިގްނަލް ލިބިފައިވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ހުންނަވާ އޭރު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ހދ. ކުރިނބީ ރައްޔިތުންނާ ބައްދަލުކުރައްވާ ނިކަން ޔަގީންކަމާއި އެކުމުއިއްޒު ވިދާޅުވީ ދައުލަތުގެ ކަންކަން ކުރެވޭ ވަރަށް ދައުލަތަށް ފައިސާ ވަންނަމުން ދާކަމުގެ ވާހަކައެވެ. އެ ދުވަހު ދެއްވި ފެހި ސިގްނަލް އަކީ އެއީއވެެ. އަދި އެވަރަކުން ނިންމާލެއްވީކީ ނޫނެވެ. ދައުލަތަށް ފައިސާ ލިބުން ކަމުގައި ވިޔަސް ކަންކަން ނުކުރެވި ދަނީ އެ ފައިސާ މިސް މެނޭންޖް ކުރާތީ ކަމަށް އޭރު މުއިއްޒު ވިދާޅުވިއެވެ. ދެން ދެއްވި ފެހި ސިގްނަލް އަކީ ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއްގައި މުޅި އިގްތިސާދު ނަގާ ކޮޅަށް ޖަހާނެ ކަމުގެ ފެހި ސިގްލްއެވެ.

އެއީ އެދުވަހެވެ. މިއަދު އެ ވާހަކަ އަށް އަހަރެއްވާން ކައިރިވެރިވެފަވާއިރު ލޯނުދެއްކުމަށް ފައިސާ ދިން ގައުމެއް އަދި ދޭނެ ކަމަށް ބުނި ގައުމެއްގެ ނަން ވެސް ސަރުކާރަށް ކުޑަ މިނުން ހާމަކުރެވިފައެއް ނެތެވެ. އެއްކަލަ ވިދާޅުވި ފެހި ސިގްނަލް ވީ އަވާމެންދުރަކަށެވެ. އަދި ނަގާކޮޅަށް ޖަހާނެ ކަމަށް ވިދާޅުވި އިގްތިޞާދުގެ ޒިންމާ ނުނެގި މިއަދާއި ޖެހެންދެން ގޮވަނީ "ކުރީ ސަރުކާރު، ކުރީ ސަރުކާރު" މޮ ފަތިވަރެވެ. މިސް މެނޭޖް ނުކުރާ ނަމަ އިގްތިސާދު ހިންގޭނެ ކަމަށް ވިދާޅުވެ ދެއްކެވި ހުވަފެން ވީ ބިލާހަކަށެވެ. އެ ސިގްނަލް ވެސް ވީ ހަމަ ތޯތޯ ވާހަކައަކަށެވެ. އެ ދުވަހު ދެއްވި ސިގްނަލް އަކީ ފެހި ސިންގަލް ކަމަށް ވިޔަސް ސައީދު އެ ވިދާޅުވާ މޭރުމުން އެ ސިގްނަލް އިގްތިސާދީ ގޮތުންވީ ރަތް ސިގްނަލްއަކަށެވެ. އެ ސިގްނަލްގެ ސަބަބުން ކުށްވެރިވީ ރީނދޫ ލަޝްކަރު އެމްޑީޕީއެވެ. އެހެންވީމަ އެ ވިދާޅުވާހެން ފެހި ސިގްނަލް އަށް ވީ ގޮތެއް ހަމަ ނޭނގުނެވެ.

އޭގެ ފަހުން އެއްވެސް ސިފައެއްގައި އިންޑިއާ ސިފައިންގެ އެއްވެސް ބަޔަކު ނުތިބޭނެ ކަމުގެ ފެހި ސިގްނަލް ދެއްވިއެވެ. ބަދަލުވީ ޔުނިފޯމެވެ. އެ ސިގްނަލް ވެސް ވީ މޮޅު ސިޔާސީ އުކުޅަކަށެވެ. އެ ވާހަކަ މާ ދިގުކޮށް ދައްކާކަށް ނެތީމެވެ. އޭގެ ފަހުން ސަރުކާރުން ދިން ސިގްނަލްތަކަށް ވީ ގޮތަށް ބަލާލަމާތޯއެވެ. ޗައިނާ އާއި އިންޑިއާ އަށް ކައިރި މުސްތަގުބަލެއްގައި ދައްކަންޖެހޭ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމުގެ އިތުރުން، ބޭރުގެ ބައެއް ގައުމުތަކުން މާލީ އެހީތެރިކަން ލިބޭނެ ކަމުގެ ފެހި ސިގްނަލްތައް ލިބިފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިތާ މިހާރު މަހެއްހާ ދުވަސް ވަނީއެވެ. ވަޒީރުން ފުރަފުރައިގެން، ވައުފުދު ވަފުދުގައި ބޭރު ޤައުމުތަކަށް ގޮސް ލައްކަ ސައްލާތައް އެބަ ކުރެއެވެެ. އެހެނަސް އެ ވިދާޅުވާ އެހީތަކެއް ލިބޭތަން އަދި ފެނުނިއްޔާ ހަމަ ހަރާމެވެ. ފެހި ސިގްނަލްގެ ހިޔަލުގައި ތިއްބާ ގައުމުގެ ދަރަނި އަރަނިކުރުން ތަކުލީފަކަށްވެ ސަރުކާރު ނޭވާހޮޅިއަށް އެޅެނީއެވެ. އެހެންވީމަ ދެން ސިގްނަލް ދެއްވާފަ އެ ވާހަކަ ދެކޮޅު ނުޖެހުމަށް ވުރެ ބުއްދިވެރީ އެކަން ނުކުރުން ނޫންތޯއެވެ.

އިތުރަށް ކިޔާލަން

20 ޖުލައި 2017

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު