Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަތުހަރުގެ މަރު

އަތުހަރުގެ މަރު: ގޮޅީގެ ސީސީޓީވީ ފުޓޭޖް ދައްކައިފި، ފުލުހުން އެޓެންޑްވާން 30 މިނެޓް ނެގި

އަތުހަރުގެ ހަރަކާތްތައް ހުއްޓި އޮންނަތާ 26 ވަރަކަށް މިނެޓް ފަހުން ފުލުހުންނަށް ގޮޅިއަށް ވަދެވެނީ

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2024 | ހޯމަ 19:58
އަތުހަރު މަރުވެފައިވަނީ ޖަލުގޮޅީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ

އަތުހަރު މަރުވެފައިވަނީ ޖަލުގޮޅީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ

އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ބަންދުކޮށްފައި ހުރި ގޮޅީ ތެރޭގައި އޭނާގެ އެންމެ ފަހުގެ ހަރަކާތްތައް ފެންނަ ވީޑިއޯ އެއް ފުލުހުން މީޑިއާތަކަށް ދައްކައިފިއެވެ.

ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަތުހަރު މަރުވި މައްސަލައާއި ގުޅިގެން އުފައްދަމުން އަންނަ ސުވާލުތަކާއި ގުޅިގެން ފުލުހުން ވަނީ ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނާއި ބައްދަލުކޮށްފައެވެ. ރެކޯޑް ކުރެވޭނެ އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް ވެއްދުމަށް ހުއްދަ ނޫސްވެރިންނަށް ނުދީ، ހޯމް މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވާ ބޭއްވި ބައްދަލުވުމުގައި 2 ވީޑިއޯއެއް ދައްކާފައިވެއެވެ.

އެއް ވީޑިއޯ އަކީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެކެވެ. އަނެއް ވީޑިއޯއަކީ އޭނާ ހުރި ޖަލު ގޮޅީގެ ސީސީޓީވީ ފުޓޭޖެވެ.

ތިރީގައި މިވަނީ އެ ފުޓޭޖުން ފާހަގަވާ މުހިންމު ކަންކަމާ އެކަންކަން ހިނގިކަމަށް ފެންނަ ގަޑިތަކެވެ.

6:30 - އަތުހަރު އެނދުމަތީގައި އިށީންދެގެން (ސީސީޓީ ކެމެރާއަށް ފުރަގަސް ދީގެން) އިންތަން ފެނޭ. އަދި ހަރަކާތްތަތަކެއް ކުރޭ (ސޯޓުގައި އިން ނާޑުވާ ނައްޓާ އެއިން ކަމެއްކުރާތަން)

6:30 - އަތުހަރު ތެދުވެގެން ތޭރި ޖަހާފައިވާ ގޮޅީގެ ކުޑަ ދޮރާ ދިމާލަށްދާތަން ފެނޭ

6:31 - ތޭރީގައި އެއްޗެއް އައްސާފައި (އަތުގައި އޮތް ނާޑުވާ) ދަމާތަން ފެނޭ

6:32 - ކަރުގައި ވާގަނޑު އަޅުވާފައި އޮތްތަން ފެނޭ

6:32 - މަޑު މަޑުން ކުޑަދޮރު ކައިރީގައި އިށީނދޭ

6:33 - އިށީނދެގެން އިނދެ ކަނާތު ފައި ކަކުލުން ލަންބުވާލާފައި ކޮންމެވެސް ވަރަކަށް އޭނާ ވާތްފަރާތަށް ޖެހިލާ،

6:33 - އިށީނދެ ތިރިވެލީމާ ވާގަނޑަށް ވާންވާތަން ފެނޭ

6:34 - ވާންވެފައިވާ ވާގަނޑާއެކު އޮށޯންނަ މަންޒަރު ފެނޭ އަދި ކޮންމެވެސް ވަރަކަށް މީހާ ތެޅޭތަން ފެނޭ

6:35 - ނޭވާ ނުލެވޭ ކަހަލަ ގޮތަކަށް ތެޅޭތަން ފެނޭ

6:36 - އޭނާގެ ހަރަކާތްތައް މަޑުވެ އިތުރު ހަރަކާތެއް ނުފެނޭ

6:35 - 7:02 ދޭތެރޭ އިތުރު އެއްވެސް ކަމެއް އެތަނުން ނުފެނޭ

7:02 - ތިން ފުލުހުން އައިސް ގޮޅީގެ ދޮރު ހުޅުވާ އޭނާ ކަރުގައި އިން ވާގަނޑު ނައްޓާލާ

އެތަނުން ދެ ފުލުހުން އޭނާ ނަގާ ބިންމަތީގައި ބާއްވާ އަދި އަނެއް ފުލުސް އޮފިސަރު ބޭރަށް ނުކުމެއް މެޑިކްސްއަށް ގޮވާ މަންޒަރު ފެނޭ

7:04 - ސްޓެރެޗަރ ގެނައުން

7:05 - ސްޓްރެޗަރ އަށް އަރުވައިގެން ގޮޅިން ބޭރަށް މެޑިކަލްސް އަށް ގެންދޭ

7:06 - ކަސްޓޯޑިއަލް ޑޮކްޓަރަށް ދައްކާފައި އޭނާ ވަގުތުން އައިޖީއެމްއެޗް އަށް ގެންދިއުމަށް އިރުޝާދު ދިން

7:14 - ދޫނިދޫއިން ފުލުހުންގެ ލޯންޗް މާލެ ދާން ނައްޓާލި

7:17 - މާލެއަށް ލޯންޗް ކައިރިކޮށްފައި އައިޖީއެމްއެޗް އެމްބިއުލާންސްއަށް އެރުވި

މިއީ އަތުހަރު ހުރި ގޮޅީގައި ހިނގައިދިޔަ ކަންތަކުގެ ފުލުހުން ދެއްކި ވީޑިއޯގެ ޓައިމްލައިނެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުންވެސް އަދި ހޯމް މިނިސްޓަރުވެސް ނުދެއްވައެވެ. ހާދިސާ އާ ގުޅޭ ގޮތުން ހޯމް މިނިސްޓަރަށް ސުވާލެއް ކޮށްލުމުން 3 ތަނަކުން ކުރިއަށް ގެންދާ ތަހުގީގެއްގެ މަސައްކަތް ކުރިއަށްދާތީ އެ މައުލޫމާތު އަދި ދެވެން ނެތްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމަކީ ހަމައެކަނި އެ ވީޑިއޯ ނޫސްވެރިންނަށް ދައްކާލުމަށާއި ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބޭއްވި ނުރަސްމީ ބައްދަލުވުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިން ކުރި ސުވާލުތަކުގެ ތެރެއިން އަތުހަރަކީ އަމިއްލައަށް އަނިޔާއެއް ދިފާނެފަދަ މީހަކަށް ވާތީ، ހާއްސަ ސަމާލުކަމެއް ދީފައި ނުވަނީ ކީއްވެގެންތޯ ދެންނެވުމުން ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އަމިއްލަ ނަފްސަށް ގެއްލުންދީފާނެ ފަދަ މީހެއްނަމަ އެމީހަކު މޮނިޓަރކޮށް ބަލާނެ ސްޓޭންޑަރ އޮޕަރޭޝަން ޕްރޮސީޖަރ (އެސްއޯޕީ) ތަކެއް ހުންނަ ކަމަށާއި، ފުލުހުންގެ އެތެރޭގެ ތަހުގީގުން އެކަން އެނގިގެންދާނެ ކަމަށެވެ.

އަދި ތަހުގީގު ކުރިއަށްދާތީ އެކަމުގެ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.

މީގެ އިތުރުން އަތުހަރަށް ފުލުހުން އަނިޔާކޮށް މަރާލިކަމަށް ދެކެވޭ ވާހަކަ ދޮގުކޮށް މިނިސްޓަރު ވަނީ ސީސީޓީ ފުޓޭޖް އަކީ އޭގެ ރޯ ފައިލް ކަމަށާއި، އެފަދަ ކަމެއް ނުފެންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު