Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބު މޯލްޑިވްސް ކިންގްސް ކަޕް

ވެމްކޯ އިން ކިންގްސް ކަޕް ކާމިޔާބު ކޮށްފި

ކުލަބު މޯލްޑިވްސްގެ މިއަހަރުގެ މުބާރާތްތަށް ފެށުމުގެ ގޮތުން ކުޅުނު ކިންގްސް ކަޕްގެ ފައިނަލް މެޗު ކުލަބު ވެމްކޯ އިން ކާމިޔާބު ކުރީ 2-1 އިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2024 | ހޯމަ 06:55
ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ކުލަބު ވެމްކޯ އަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝީލްޑް ހަވާލު ކޮށްދެއްވަނީ

ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ކުލަބު ވެމްކޯ އަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝީލްޑް ހަވާލު ކޮށްދެއްވަނީ

ކުލަބު މޯލްޑިވްސް ކިންގްސް ކަޕްގެ ފައިނަލްގައި ޖޯލި ބީންގެ މައްޗަށް ކުރި ހޯދައި، ކުލަބު ވެމްކޯ އިން ކިންގްސް ކަޕް ކާމިޔާބު ކޮށްފި އެވެ.

ކުލަބު މޯލްޑިވްސްގެ މިއަހަރުގެ މުބާރާތްތަށް ފެށުމުގެ ގޮތުން ކުޅުނު ކިންގްސް ކަޕްގެ ފައިނަލް މެޗު ކުލަބު ވެމްކޯ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ވެސް ކުލަބު ވެމްކޯ އިންނެވެ. ކުލަބު ވެމްކޯ އަކީ ކިންގްސް ކަޕް ކާމިޔާބު ކުރި ފުރަތަމަ ޓީމެވެ.

މެޗުގައި ވެމްކޯ އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން އަލީ ޝިޔާހު އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ޝިޔާހު ޖެހި ލަނޑެކެވެ. މެޗުގައި ވެމްކޯގެ ދެ ވަނަ ލަނޑު، ދެ ވަނަ ހާފުގައި ޖެހީ އަޙުމަދު ވިޖުދާން އެވެ. ވެމްކޯ އިން ދެ ލަނޑު ޖަހާފައި ވަނިކޮށް، ޖޯލި ބީންގެ ހަމައެކަނި ލަނޑު ޖެހީ އަލީ އިޝާމް އެވެ.

ފައިނަލް މެޗަށްފަހު ކިންގްސް ކަޕްގެ ޗެމްޕިއަން ކުލަބު ވެމްކޯ އަށް ޝީލްޑް ހަވާލުކޮށްދެއްވީ، މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް (ސެމްބެ) އެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު