Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ސްޓާލިން، އާސެނަލް އަށް ޖަވާހިރަކަށް ވެދާނެ

ޓްރާންސްފާ މާކެޓް ނިމިނިމި އޮއްވައި އާސެނަލްއިން ސޮއިކުރުވީ ޗެލްސީން ބޭނުންނެތިގެން ދޫކޮށްލި ރަހީމް ސްޓާލިން އެވެ.

ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2024 | އާދީއްތަ 10:14
ރަހީމް ސްޓާލިން އާސެނަލްގެ ޖާޒީގައި

ރަހީމް ސްޓާލިން އާސެނަލްގެ ޖާޒީގައި

ޓްރާންސްފާ މާކެޓް ނިމިނިމި އޮއްވައި އާސެނަލްއިން ސޮއިކުރުވީ ޗެލްސީން ބޭނުންނެތިގެން ދޫކޮށްލި ރަހީމް ސްޓާލިން އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަކީ މީގެ ކުރިން ލިވަޕޫލާއި މެންޗެސްޓާ ސިޓީގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ. ލިވަޕޫލްގައި މޮޅަށް ކުޅެމުންދަނިކޮށް ސިޓީން 2015 ވަނަ އަހަރު އޭނާގެ ސޮއި ހޯދީ 44 މިލިއަން ޕައުންޑް ދީފަ އެވެ. އެވެސް ލިވަޕޫލްގެ ނުގަބޫލުގަ އެވެ. އެކަމަކު ތަށި ހޯދާނެ ޓީމަކަށް ކުޅެންވެގެން އޭނާ ގެނައި މި ބަދަލާއެކު ސިޓީގައި ސްޓާލިން ޕްރެމިއާ ލީގު ހަތަރު ފަހަރު ކާމިޔާބުކުރި އެވެ. މީގެ އަހަރެއް ކުރިން ސިޓީން އޭނާ ދޫކޮށްލަން ނިންމުމުން ޗެލްސީން ގަތީ 47 މިލިއަން ޕައުންޑް ދީފަ އެވެ. ނަމަވެސް ޗެލްސީގައި ސްޓާލިން ފެނުނީ ފަނޑުކޮށެވެ. ކުޅުން ދަށްވެ އެންމެ ފަހުން ގައުމީ ޓީމުން ޖާގަ ގެއްލުނީ އެވެ.

އެކަމަކު ސިޓީގައި އޭނާ ކުޅުނުއިރު ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކޯޗަކަށް ހުރި މިކޭލް އާޓެޓާ އަށް ސްޓާލިންވީ ވަރަށް މުހިންމު ކުޅުންތެރިއަކަށެވެ. ހުސްވި ދެ ސީޒަނުގައި ޕްރެމިއާ ލީގުގެ ތައްޓަށް އެންމެ ބޮޑަށް ވާދަކުރި ޓީމަކީ އާސެނަލް އެވެ. އާޓެޓާ ދެކޭ ގޮތުގައި އޭނާގެ ޓީމުގެ ބަލި ޑިޕާޓްމަންޓަކީ މިވަގުތު ކަނާތް ފަރާތުން ކުރި އެވެ. ސްޓާލިންގެ ސޮއި އޭނާ ހޯދީ މި ކުޅުންތެރިޔާ އަކީ ދެ އަރިމަތިން ވެސް މޮޅަށް ކުޅޭ ދުވެލި ބާރު ކުޅުންތެރިއަކަށްވުމުންނެވެ. އަދި ބޭނުންވެއްޖެނަމަ ފޯވަޑެއްގެ ފަހަތުން ނުވަތަ ފޯލްސް ނަންބަރ 9 އަށް ވެސް ކުޅެވޭނެތީ އެވެ.

ސްޓާލިން އަކީ ޗޭންޖިން ރޫމުގައި އޭނާ ލީޑަރޝިޕްގެ ބޭނުން ހިފޭ މިންވަރަށްވުރެ ބޮޑަށް ދަނޑުމަތީގައި ބޭނުން ކުރެވޭނެ ކުޅުންތެރިއެއްކަމަށް އިނގިރޭސި ގިނަ ކުޅުންތެރިން ބުނެ އެވެ. މިކަން އާޓެޓާ އަށް ވަރަށް ރަނގަޅަށް އެނގިހުރުމަކީ އޭނާ ލައްވައި އާސެނަލް އަށް ކުޅުވަން ބޭނުންވި ސަބަބެވެ. ލިވަޕޫލާއި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޑެނީ މާފީ ބުނީ ސްޓާލިން އަކީ ތަޖުރިބާހުރި އަދި ހަލުވި، މިހާރު ވެސް މޮޅަށް ކުޅޭ އުމުރުގައި ހުރި އިންޖަރީ މަދު ކުޅުންތެރިއަކަށްވުމުން އޭނާ އާސެނަލް އަށް ޖަވާހިރަކަށްވުން ގާތް ކަމަށެވެ. އަދި މިއީ އާޓެޓާ ގެނައި ވަރަށް ރަނގަޅު ބަދަލެއް ކަމަށެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު