Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހީނ ހީނ ހަލާކު! މަޖާ ބަޣާވާތެއް!

އަމިއްލަފުޅު ޕާޓީގެ ޖަގަހައިގާ ރައީސާއި ސަރުކާރުގެ ވަޒީރުން އެއީ ބަޣާވާތެކޭ ވިދާޅުވުން ފިޔަވާ މިހާތަނަށް ހިނގި އިތުރު ކަމެއް ފެންނާކަށް ނެތެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2024 | އާދީއްތަ 11:15
ސަރުކާރުން ތުހުމަތު ކުރަނީ އިނދިކޮޅުން ގުޅިގެން ކުރީ މާލީ ބަޣާވާތެއް ކަމަށް

ސަރުކާރުން ތުހުމަތު ކުރަނީ އިނދިކޮޅުން ގުޅިގެން ކުރީ މާލީ ބަޣާވާތެއް ކަމަށް

މިދިޔަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހަކީ މުޅި ރާއްޖެ ސިއްސުވާލި ދުވަހެކެވެ. ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫން އަސާސީއާ ޚިލާފަށޤ ބަޣާވާތަކުން ވައްޓާލަން އުޅުނުކަމަށް ސަރުކާރުން ބުނި ދުވަހެވެ. ބީއެމްއެލް އާއި އެމްޑީޕީ ގުޅިގެން އޯގަސްޓު 25 ގައި ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުންވެސް ވަނީ ޖެހިގެން އައިރޭ ވަނީ އެބަޣާވާތް ތަހުގީގް ކުރާކަމަށް ބުނެފައެވެ.

ބީއެމްއެލްއިން ކާޑު ލިމިޓަށް ގެނައި ބަދަލު ތަކަކީ އިދިކޮޅާއި ގުޅިގެން އެބޭންކުން ގެނައި ބަޣާވާތެއްކަމަށް ސީދާ ސަރުކާރުގެ ވަޒީރުންނާއި ޚުދު ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވިދާޅުވިއެވެ. އަދި އެކަން ތަހުގީގް ކުރައްވާނެ ކަމަށާއި ބަޣާވާތް ކުރި މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ފުލުހުންގެ އިތުރުން ސަރުކާރާއި ރައީސުލް ޖުމްހޫރިއްޔާވެސް ވިދާޅުވިއެވެ.

އެކަމަކު އަމިއްލަފުޅު ޕާޓީގެ ޖަގަހައިގާ ރައީސާއި ސަރުކާރުގެ ވަޒީރުން އެއީ ބަޣާވާތެކޭ ވިދާޅުވުން ފިޔަވާ މިހާތަނަށް ހިނގި އިތުރު ކަމެއް ފެންނާކަށް ނެތެވެ.

މަޖާވަނީ އެހެންވެއެވެ. ހިނިއަންނަނީވެސް އެސަބަބާހުރެއެވެ. މިދައްކަނީ އާދައިގެ ވާހަކައެއް ނޫނެވެ. ކަނޑި ބަޑި ގެނެސްގެން ނޫނަސް މިއުޅެނީ ޤާނޫނީ ސަރުކާރެއް ވައްޓާލަން އުޅުނު އުޅުމެކެވެ. ރައްޔިތުން 5 އަހަރަށް ހޮވި ސަރުކާރު ބަޣާވާތް ކޮށްގެން މަގުމަތިން ވައްޓާލަން އުޅުނު އުޅުމެކެވެ. ރައީސާއި ސަރުކާރުން ބުނީ ސީދާ އެހެންނެވެ. އެންގޭ ކަމަކީ އެވިދާޅުވާ ބަޣާވާތް ކުރި މީހުން ދުވާލުގެ އިރު އެނގޭ ފަދައިން އެނގޭ ކަމެވެ. އެކަން ކުރީ ސީދާ ބޭންކް އޮފް މޯލްޑިވްސްއިންނެވެ. ކާޑު ލިމިޓަށް ބަދަލު ގެނައީ އެބޭންކުންނެވެ. ސަރުކާރާއި ރައީސް މުއިއްޒު އެއީ ބަޣާވާތެއްކަމަށް ނިންމީ އެހެން ވެގެންނެވެ. އެކަމަށް ބާރުދީ ބަޣާވާތުގެ އަނެއް ބައިވެރިއަކީ އެވެރިން ވިދާޅުވި ގޮތުންނަމަ އެމްޑީޕީއެވެ. ބޭންކުން ގެނައި ބަދަލާއެކު އެވަގުތާ ދިމާކޮށް އެމްޑީޕީން ޕްރެސް ކޮންފަރެންސެއް ބޭއްވީތީއެވެ.

ކުރީގެ ބަޣާވާތްތަކުގައި އޮޅުން ނުފިލަނީ އެކަން ކުރި މީހުންނެވެ. ހޯދައިގަންނަން ދަތިވަނީ އެމީހުންނާއި އެކަން ކުރަން ރޭވި ގޮތާއި އަމަލީގޮތުން ބައިވެރިވި މީހުންނެވެ. އެހެންވެ ހައްޔަރު ކުރަނީ ތުހުމަތު ކުރެވޭ މީހުންނެވެ. ބަލާ ފާސްކުރަނީ ތުހުމަތު ކުރެވޭ އެފަދަ ތަންތަނެވެ. ގުޅުންހުރި ހެކިތައް ހޯދާށެވެ. ބަސްބުނާ ހިނދުން އެކަން ފަށައިގަނެވެ. މިފަހަރު އެކަން އެއޮތީ ސާފުކޮށް ފެންނާށެވެ. ތޯތޯއަކަށްވެސް ނޫނެވެ. އެކަން ކުރި މީހުން ސީދާ ސީދަލަށެވެ. ބޭންކާއި އެމްޑީޕީއެވެ.

ހެއްވާ ބަޣާވާތަކަށް ވަނީ އަދިވެސް އެކަމުގެ ފަހުން ހިނގި ކަމެއް ނެތުނީމައެވެ. ނުރައްކާތެރި ޤާނޫން އަސާސީއާ ޚިލާފަށް ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން ހަފްތާއެއް ވެގެން ދިޔައިރުވެސް އެއިން މީހަކު ހައްޔަރު ނުކުރީތީއެވެ. ސުވާލެއް ކޮށްލައި ހޭވެސް އަހާލަން އިދާރާއަކަށް ހާޒިރުވެސް ނުކުރީތީއެވެ. ދެވަނަ ބަޣާވާތް ކުރަން އެމީހުން ތިބިގޮތައް އެތިބީ ބޭންކުގައެވެ. ދުވަހުން ދުވަހަށް އެބޭންކް އެބަ ހިނގައެވެ. ހަމަ އެމީހުންނެވެ. އެންމެ މީހަކު ދިން އިސްތިއުފާއެއް ފިޔަވާ ހިނގި ތަފާތު ކަމެއް އަދި އަދަކަށް ނެތެވެ. އެމްޑީޕީންވެސް ހަމަ އިތުރު ޕްރެސް ކޮންފަރެންސްތައް ބާއްވަމުން ސަރުކާރަށް ފާޑު ކިޔަމުން އެހެރަދަނީއެވެ. ބޭންކުގެ ސީއީއޯވެސް އެހެރަ ނައްޓާލީއެވެ. އެއިން މީހެއްގެ ހިފެހެއްޓި ޕާސްޕޯޓެއް ފުރުން މަނާކުރި އަމުރެއްނެތެވެ.

އެބުނާ ބަޣާވާތް ކުރިފަހުން މިހާތަނަށް ކުރިއްޔާ ކުރީ އެންމެ ދެތިން ކަމެކެވެ. ބަޣާވާތް ނާކާމިޔާބު ކޮށްލެވުނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ (އުއްޗު) ގެ ދެބޭންނަށް ރައީސް ޝުކުރު އަދާ ކުރެއްވުމާއި ހޯމް މިނިސްޓަރ ޕްރެސް ކޮންފަރެންސް އެއް ބޭއްވުމެވެ. އޭގެ ބޭރުން ކުރިއްޔާ ކުރިހާވެސް ކަމަކީ ސަރުކާރުން ފައިސާ ދީގެން ހިންގާ މީޑިޔާތަކުގެ ފަލަ ސުރުޚީ ތަކުގައި ބަޣާވާތް ނާކާމިޔާބު ކޮށްލެވުނު ކަމަށް ބުނުމާއި ސަރުކާރުގެ ވަޒީރުން އަދި ސިޔާސީ ވެރިން ލައްވާވެސް ބަޣާވާތް ކޮށްގެން ސަރުކާރު ވައްޓާލަން އުޅުނީތީ އިދިކޮޅަށް ފާޑުކިޔައި ސޯޝަލް މީޑިޔާގައި ޕޯސްޓްތައް ކުރުމެވެ.

ފުލުހުން ވިއަސް އަދި ފުލުހުންގެ ބަސް އިއްވަން ވިއަސް ހޯމް މިނިސްޓަރ އިހްސާން ބޭއްވި ޕްރެސް ކޮންފަރެންސްއިންވެސް މިހާތަނަށް އެކަމާ ގުޅިގެން ކުރި ކަމެއް އަދި އެޅި ފިޔަވަޅެއް ބުނެއެއް ނުދެއްވިއެވެ. އަމުދުން މީހަކު ހައްޔަރު ނުކުރާކަން  މުތުލަގަށް ވިދާޅުވިއެވެ. އެއާ ޚިލާފަށް އިހްސާންގެ ވާހަކައިން ދޭހަވި އެހެން ކަމެއް އެބައޮތެވެ. ސަރުކާރުން އަދި ޚުދު ރައީސް ޑރ މުއިއްޒު ވިދާޅުވިއަސް އެއީ ބަޣާވާތެއްކަމަށް އަދި ނިންމެން ނެތްކަމެވެ. އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސް އެގަޑިއާ ދިމާވުން އެއީ ބަޣާވާތެއް ކަމަށް ވެދާނެ ކަމެވެ. ނޫންނަމަ އެއީ އިއްތިފާގަކަށް ވެދާނެ ކަމެވެ. އަދި އެކަން ސާފުވާނީ ތަހުގީގަށްފަހު ކަމެވެ. އެކަމަކު އެޕްރެސް ކޮންފަރެންސްިންވެސް އެނގުނު ގޮތުގައި އެތަހުގީގުގައިވެސް ސީރިއަސް ކަމެއް ނެތެވެ.

ކޮންމެއަކަސް މިއީ އާދަޔާ ޚިލާފް ބަޣާވާތެކެވެ. މީގެ ކުރީގައި ބަޣާވާތް ކުރިކަމަށް ތުހުމަތު ވިއަސް ހައްޔަރުކުރެވެ. ބޮޑު ސިންގާ ތަހުގީގެއް ކުރެއެވެ. ފިލާފާނެތީ ޕާސްޕޯޓް ހިފަހައްޓާ ތާކަށް ދިޔަނުދީ އޮބިއަޅައެވެ. ތަންތަން ބަލައި ފާސްލކުރެއެވެ. އެކަމަކު އެއިން އަދިއަދަށްވެސް ކުރިތަނެއް މި އުޑުބަޅުކުރި ހިސާބުން ފެންނާނެތުމީ މަޖާ ކަމެކެވެ. ކުރިން ޝުއޫރު ފާޅުކުރަނީ ބަޣާވާތް ކުރި މީހުންނާ ދެކޮޅަށެވެ. މިފަހަރު އޮތީ ބަޣާވާތް ނާކާމިޔާބު ކޮށްދިން މީހުންނަށް ރައީސުލް ޖުމްހޫރިއްޔާ ޝުކުރު އަދާކޮށް ހުޝާމިދު ކުރުމާއި ބޮޑު މުސާރަ ލިބޭ ސިޔާސީ ވެރިން ބަޣާވާތް ނާކާމިޔާބު ކޮށްލީތީ ރައީސަށް ފަށްފަށުން ސަނާ ކިއުމެވެ. މިއީ ހީނހީނ ހަލާކުވާވަރުގެ މަޖާ ބަޣާވާތެކެވެ.

ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު