Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސްއަށް ގައުމުގެ ކަންކަން އެނގިވަޑައިނުގަތުން

ރައީސް މުއިއްޒަށް މިގައުމުގައި ކަމެއް ހިނގާކަން އެނގިވަޑައިގަންނަވާނީ 7 ނުވަތަ 8 ގަޑިއިރު ފަހުން: ޔާމީން

ރާއްޖެއަކީ ފުރިހަމަ ޑިމޮކްރަސީ ގައުމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 އޯގަސްޓު 2024 | ހުކުރު 13:48
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް މިގައުމުގައި ކަމެއް ހިނގާކަން އެނގިވަޑައިގަންނަވާނީ 7 ނުވަތަ 8 ގަޑިއިރު ފަހުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައި ބަގާވާތެއްގެ ގޮތުގައި ސިފަކޮށް އެމައްސަލަ ތަހުގީގު ކުރަން ފެށުމުން އެކަމާ ގުޅިގެން ރައްޔިތުން ހިޔާލުފާޅުކުރާނެ ކަމަށެވެ. އަދި އެމީހަކަށް ފެންނަ ހިޔާލެއް ފާޅުކުރުމަކީ މައްސަލައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާލީ ބަގަވާތެއް ކުރަން އުޅުނު ކަމަށް ބުނެ މައްސަލަ ތަހުގީގު ކުރަމުންދާތީ، އެމައްސަލައާ ގުޅުވައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިސްތިއުފާ އަށް ގޮވުމަކީ ވަރަށް ޣައިރުޒިންމާދާރު އަމަލެއް ކަަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ ރާއްޖެއަކީ ފުރިހަމަ ޑިމޮކްރަސީ ގައުމެއް ކަމަށެވެ. އަދި އިސްތިއުފާއަށް ގޮވުން ނާތަހުޒީބުވާ ކަމަށްވާނަމަ ތަހުޒީބީ ކޮންކަމެއްތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ މިގައުމުގައި ކަމެއް ހިނގާކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނީ 7 ނުވަތަ 8 ގަޑިއިރު ފަހުން ކަމަށެވެ.

25 އޯގަސްޓް 2024ގައި ބީއެމްއެލް އިން އެ ބޭންކުގެ ރުފިޔާ އެކައުންޓުތަކުން ޑޮލަރު ބޭނުންނުކުރެވޭ ގޮތަށް އަދި ކްރެޑިޓް ކާޑުތަަކަށް ލިބޭ ޑޮލަރުގެ ލިމިޓް 100 ޑޮލަރަށް ދަށްކުރުމަށް ނިންމި ނިންމުމާއެކު އެއީ މާލީ ބަގާވާތެއް ކަމަށް ސިފަކޮށް، އެމައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.

މި މައްސަލައާ ގުޅިގެން 28 އޯގަސްޓް 2024 ގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ރައީސް މުއިއްޒު މުއިއްޒު ވިދާޅުވުމުން ތަނެއް ދޮރެއް ބަލާނުލާ ފުލުހުން ކަންތައްކުރާތަން ފެނިގެންދާތީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ.

އިސްތިއުފާ ގޮވާލާފައިވާތީ، ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުންގެ ޚިދުމަތުން ކުރާ ތަހުގީގަކާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސްގެ އިސްތިއުފާ އަށް ގޮވުމަކީ ވަރަށް ޣައިރުޒިންމާދާރު އަމަލެއް ކަަމަށާއި، ފުލުހުން ތަހުގީގެއް ފެށުމަކީ ބަޔަކު މީހުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ތަހުގީގެއް ފަށަނީ ބަޔަކު ކުށްވެރިވެގެން ނޫން ކަމަށާއި ތަހުގީގެއް ކުރިޔަސް އޭގެން އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

10 ނޮވެމްބަރު 2025
ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

31 އޮކްޓޯބަރު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު