Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ގުންޑޮގާން ސިޓީ އަށް އައުމާއެކު ގާޑިއޯލާ ބުނީ، ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށް

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ގުންޑޮގާން ސިޓީ އަށް އަލުން އައުމަކީ ކުރިން އުންމީދު ކުރި ކަމެއް ނޫން ކަމަށާއި، އެކަމުން ލިބުނީ ބޮޑު ހައިރާން ކަމެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2024 | ހޮނިހިރު 07:16
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި އިލްކާއީ ގުންޑޮގާން

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި އިލްކާއީ ގުންޑޮގާން

މެންޗެސްޓަރ ސިޓީގެ ކުރީގެ ކެޕްޓަން އިލްކާއީ ގުންޑޮގާން އަލުން އެ ކުލަބަށް ސޮއި ކުރުމާއެކު، "ކޮންމެ ކަމެއް ވެސް ވެދާނެ" ކަމަށް އެ ކުލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ ދޫކޮށް މިދިޔަ ސީޒަންގައި ބާސެލޯނާ އަށް ބަދަލުވި ގުންޑޮގާން ވަނީ، ބާސެލޯނާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ އެ ކުލަބު ދޫކޮށްލައިފަ އެވެ. ދެ ވަނަ ފަހަރަށް އޭނާ ސިޓީ އަށް ބަދަލުވެފައިވާއިރު، އެ ކުލަބާ އެކު ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ގުންޑޮގާން ސިޓީ އަށް އަލުން އައުމަކީ ކުރިން އުންމީދު ކުރި ކަމެއް ނޫން ކަމަށާއި، އެކަމުން ލިބުނީ ބޮޑު ހައިރާން ކަމެއް ކަމަށެވެ. އަލުން ގުންޑޮގާންގެ ސޮއި ހޯދުމުގެ ފުރުސަތު ލިބުމުން، ދެ ވަނަ ވިސްނުމަކަށް ދާން ވެސް ނުޖެހުނު ކަމަަށް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ސިޓީގެ އެންމެން ވެސް ބޭނުންވީ ގުންޑޮގާން އަލުން އެ ކުލަބަށް އަންނަން ކަމަށެވެ. ގާޑިއޯލާ ފާހަގަ ކުރި ގޮތުގައި އޭނާ ހުރީ އެކަމަށް މާބޮޑަށް ބޭނުންވެފަ އެވެ. ގުންޑޮގާން އަލުން ސިޓީ އަށް އައުމަށް އިޝާރާތް ކުރަމުން ގާޑިއޯލާ ބުނީ، އަބަދު ވެސް ބުނާހެން ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށެވެ.

މީގެ ކުރިން ސިޓީ ގައި ގުންޑޮގާން ހަތް ސީޒަން ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 304 މެޗުގައި 60 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ 14 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. ސިޓީގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ގުންޑޮގާން ވަނީ ބާސެލޯނާ އަށް ބަދަލުވެ އެ ކުލަބަށް ކުޅެދިން 51 މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

14 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު