Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތައިބަ ޕްރޮޖެކްޓް

ތައުލީމީ ދާއިރާއަށް ޔުނިސެފުން ދިން 9.5 މިލިއަން ޑޮލަރުގެ އެހީއަކީ ކުރީ ސަރުކާރުން ހޯދާ ޔަގީންކޮށްފައިވާ ފައިސާކަން ހާމަވެއްޖެ

ޕަރޓްނަރޝިޕް ކޮމްޕެކްޓްއާއި މަލްޓިޕްލަޔަރ ގްރާންޓް ތައްޔާރުކޮށް ޖުލައި 2023 ގައި އެ ގްރާންޓަށް އެދުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2024 | ހުކުރު 10:36
ތައުލީމީ ދާއިރާއަށް ޔުނިސެފުން ދިން 9.5 މިލިއަން ޑޮލަރުގެ އެހީއަކީ މި ސަރުކާރުން ހޯދި އެއްޗެއްކަމަށް ދައްކަން ވަނީ އުޅެފައި

ތައުލީމީ ދާއިރާއަށް ޔުނިސެފުން ދިން 9.5 މިލިއަން ޑޮލަރުގެ އެހީއަކީ މި ސަރުކާރުން ހޯދި އެއްޗެއްކަމަށް ދައްކަން ވަނީ އުޅެފައި

ތައުލީމީ ދާއިރާއަށް ޔުނިސެފުން ދިން 9.5 މިލިއަން ޑޮލަރުގެ އެހީއަކީ ކުރީ ސަރުކާރުން ހޯދާ ޔަގީންކޮށްފައިވާ ފައިސާކަން ހާމަވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖ.ީޕ.ީއީ)ގެ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ މާލީއެހީއާއެކ،ު ތައުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެއުމަށް އެކުލަވާލާފައިވާ ޚާއްޞަ ޕްރޮޖެކްޓް "ތައިބަ"، އާއި ގުޅިގެން އެކަމުގެ ކްރެޑިޓް މި ސަރުކާރުން ނަގަން މަސައްކަތް ކޮށްފައިވާތީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓުގައި، ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ 15 އޮކްޓޯބަރ 2021 ގައި އެ ގްރާންޓްއަށް އެދުމުގެ ފުރުސަތު ރާއްޖެއަށް އޮތްކަން އެނގުމާއެކު ގިނަ ބައެއްގެ ބުރަ މަސައްކަތާއެކު ޕާރޓްނަރޝިޕް ކޮމްޕެކްޓްއާއި މަލްޓިޕްލަޔަރ ގްރާންޓް ތައްޔާރުކޮށް ޖުލައި 2023 ގައި އެ ގްރާންޓްއަށް އެދި، އޮގަސްޓް 2023 ގައި ވަނީ ރާއްޖެއަށް އެ ގްރާންޓްއިން 9.5 މިލިއަން ޑޮލަރު ކާމިޔާބުކުރެވިފައިވާ ކަމަށެވެ.

މި ގްރާންޓްގައި ހިމެނެނީ ސިސްޓަމް ޓްރާންސްފޯމޭޝަން ގްރާންޓް (5 މިލިއަން ޑޮލަރު) އާއި ސިސްޓަމް ކެޕޭސިޓީ ގްރާންޓް (1.5 މިލިއަން ޑޮލަރ) އާއި މަލްޓިޕްލަޔަރ ގްރާންޓް (3 މިލިއަން ޑޮލަރ)އެވެ. މި ގްރާންޓްއަށް އެދެން ކޮމްޕެކްޓް ފަރުމާކުރީ ރައީސް ޞާލިހުގެ ތައުލީމީ ސިޔާސަތުގެ ދަށުން، ކިޔަވައިދިނުމުގެ ފެންވަރު ރަގަޅުކުރުމަށާއި އިކުއިޓީ އާއި އިންކުލޫޝަން އަދި ޖެންޑަރ އިކުއިޓީއަށް ފޯކަސްކޮށް މުޅި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ނިޔަތުގައިކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ މި ގްރާންޓް ބޭނުންކޮށްގެން އަމަލީ މަސައްކަތް ފަށައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. 2019 ގައި ދިވެހިރާއްޖެ ގްލޯބަލް ޕާރޓްނަރޝިޕް ފޯރ އެޑިޔުކޭޝަން (ޖީޕީއީ) ގެ މެމްބަރަކަށް ވީ ފަހުން، ފުރަތަމަ ގްރާންޓްގެ ގޮތުގައި ލިބުނު 3.5 މިލިއަން ޑޮލަރު ބޭނުން ކުރެވުނީ ރާއްޖޭގެ މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންގެ ލިޓްރަސީއާއި ނިއުމެރަސީ ކުރިއެރުވުމަށް ކަމަށް ވިދާޅުވެފައިވެއެވެ.

އަދި ކޮވިޑް އެކްސެލެރޭޓަރ ގްރާންޓްގެ ގޮތުގައި ލިބުނު 2 މިލިއަން ޑޮލަރުވެސް ވަނީ ދަރިވަރުންނަށް ކޮވިޑުގެ ދުވަސްވަރުގައި ދިމާވި އުނގެނުމުގެ ދަތިތަކުން އަރައިގަތުމަށް ބޭނުން ކުރެވިފައެވެ. އަދި އުއްމީދަކީ މި ގްރާންޓްގެ އެހީގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް އައުން ކަމަށް ވިދާޅުވެފައިވެއެވެ.

މި ގްރާންޓާއި ގުޅޭގޮތުން މި ސަރުކާރުން ބުނެފައިވަނީ "ތައިބަ" މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ތައުލީމަށް، ނިޒާމީގޮތެއްގައި، ހެޔޮ ބަދަލުތަކެއް ގެނެއުމާއެކު، ރާއްޖޭގެ ތައުލީމީ ނިޒާމަކީ ހަރުދަނާ، ޝާމިލު، ވިލުންވެރި ނިޒާމަކަށް ހެދުމަށްޓަކައި އެކުލަވާލި ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން ޔުނިސެފްގެ އެހީތެރިކަމާއެކު ތައުލީމީ ވުޒާރާއާއި ލޯކަލް އެޑިޔުކޭޝަން ގްރޫޕް (ލެގް) އިން އެކުލަވާލި ޕާރޓްނަޝިޕް ކޮމްޕެކްޓާއެކު، ދަރިވަރުންގެ އުނގެނުން ހަރުދަނާ ކުރުމަށްޓަކައި ވަރަށް އުންމީދީ ލަނޑުދަނޑިތަކަކާއެކު އިންގިލާބީ އެޖެންޑާއެއް ކަނޑައެޅުނު ކަމަށެވެ.

އަދި ކުރީ ސަރުކާރުން ކަށަވަރުކުރި މި ގްރާންޓާއި ގުޅިގެން ބުނެފައިވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތައުލީމަށް ދޭ އަހަންމިއްޔަތު އަންގައިދޭ ހެއްކެއް ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް އެހީތެރިވާ ފަރާތްތަކާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.

ސިސްޓަމް ޓްރާންފޮމޭޝަން ގްރާންޓް:ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާ ގޮތަށް ހޯދާފައިވާ 5 މިލިއަން އެމެރިކާ ޑޮލަރުގެ މި ގްރާންޓް ބޭނުންކުރެވޭނީ، ހާއްސަ އެހީއަށް ބޭނުންވާ އަދި އުނގެނުމުގައި އިތުރު އެހީތެރިކަމަށް ބޭނުންވާފަދަ ނާޒުކު އަދި ހިރާހަށް ހުށަހެޅިފައިވާ ކުދިންނަށް އިސްކަންދީ އެކުދިންނަށް ފުރުސަތުތައް ފަހިކޮށްދޭފަދަ ވެއްޓެއް ދިވެހިރާއްޖޭގައި ގާއިމު ކުރުމަށެވެ. އެގޮތުން، އެފަދަ ކުދިން ރަސްމީ މަދަރުސީ ނިޒާމުގެ ތެރެއަށް ގެނެސް، އެކުދިންނަށް ދާއިމީ ގޮތެއްގައި ނިޒާމީ ތައުލީމު ފޯރުކޮށްދެވޭކަން ކަށަވަރުކޮށް، އެކުދިންގެ އުމުރާއެކަށީގެންވާ މިންވަރަށް އުނގެނުމުގެ މޭލުގާތައް ހާސިލުކުރުވައި، ސްކޫލު މަރުހަލާއިން ވަޒީފާގެ މައިދާނަށް ނަގުލުވުމަށް ބޭނުންވާ އިލްމާއި ހުނަރާއި ފިކުރާއި ވިސްނުން އަށަގަންނުވާދޭ ފަދަ ތައުލީމީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ސިސްޓަމް ކެޕޭސިޓީ ގްރާންޓް:ގްރާންޓް އެޖެންޓްގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާ ގޮތަށް ހޯދާފައިވާ 5.5 މިލިއަން އެމެރިކާ ޑޮލަރުގެ މި ސިސްޓަމް ކެޕޭސިޓީ ގްރާންޓުގެ މައިގަނޑު މަގުސަދަކީ ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމެވެ. އެގޮތުން ތައުލީމީ ދާއިރާގެ ރޭވުންތެރިކަމާ، މާލިއްޔަތު ބެލެހެއްޓުމާއި، ކަންކަން މޮނިޓަރކުރުމާއި ވިލަރެސްކުރުން ހަރުދަނާ ކުރުމަށް މި ގްރާންޓް ދަށުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

މަލްޓިޕްލަޔަރ ގްރާންޓް:ގްރާންޓް އެޖެންޓްގެ ގޮތުގައި ވަރލްޑް ބޭންކް ހަރަކާތްތެރިވާ ގޮތަށް ހޯދާފައިވާ 3 މިލިއަން އެމެރިކާ ޑޮލަރުގެ މަލްޓިޕްލަޔަރ ގްރާޓްގެ އެހީގައި، ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއާ ގުޅުންހުރި މައުލޫމާތުތައް އެއްކޮށް، ރައްކާތެރިކޮށް ބަލަހައްޓައި ބޭނުންކުރެވޭނެ ހަރުދަނާ މަންސައެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އެގޮތުން އައު އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް މި ގްރާންޓްގެ ދަށުން ތައްޔާރުކުރެވޭނެއެވެ. މީގެ ސަބަބުން ތައުލީމީ ނިޒާމުގެ ހުރިހާ ހަރުފަތެއްގައި ގަރީނާއަށް ރިއާޔަތްކޮށް (އެވިޑެންސް ބޭސްޑް) ސިޔާސަތުތަކާއި ނިންމުންތައް ނިންމުމުގެ ގާބިލްކަން އިތުރުކުރެވިގެންދާނެއެވެ.

ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިޔުކޭޝަން (ޖީޕީއީ) އަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށް ފަންޑު ކުރާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ޖަމާއަތެވެ. ޖީޕީއީގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެ ވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ޖީޕީއީ އިން ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އޭގެ ތެރެއިން ކޮވިޑް-19 ރިކަވަރީ ޕްރޮގްރާމަށް ދެއްވި މާލީ އެހީތެރިކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު