Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޕޮކްސް ފެތުރިދާނެކަމުގެ ބިރު

ރާއްޖެއިން އެމްޕޮކްސްއަށް ޝައްކު ކުރެވިގެން ދެ ކޭސް ރިޕޯޓު ކުރި، ނަމަވެސް އެއީ ފާނަބަސަންދަ: ހެލްތް މިނިސްޓްރީ

އެމްޕޮކްސްގެ އަލާމާތްތައް ހުރި މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޯގަސްޓު 2024 | ހުކުރު 07:42
އައިޖީއެމްއެޗް ހޮސްޕިޓަލް

އައިޖީއެމްއެޗް ހޮސްޕިޓަލް

ރާއްޖެއިން މަކުނު ވިދުރި ނުވަތަ އެމްޕޮކްސްއަށް ޝައްކު ކުރެވިގެން ދެ ކޭސް ރިޕޯޓު ކުރި ކަމަށާއި، ނަމަވެސް އެއީ ފާނަބަސަންދަ (ޗިކަންޕޮކްސް އަށް) ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އެމްޕޮކްސްއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި 14 އޮގަސްޓް 2024 ގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. މި ހާލަތު އިއުލާން ކޮށްފައި މިވަނީ މިބައްޔަކީ ކުރިން އެފްރިކާގެ ގައުމުތަކުގައި އޮތް ބައްޔަކަށް ވީ ނަމަވެސް މިހާރު މި ބަލީގެ އާ ސްޓްރެއިންއެއް ފެނި އަދި އެހެން ގައުމުތަކަށް ބަލި ފަތުރެމުންދާތީއެވެ.

ބުރާސްފަތި ދުވަހު ހޯމް މިނިސްޓްރީ، ހެލްތް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވީ އެމްޕޮކްސް ކަމަށް ޝައްކުކުރެވިގެން ދެ ކޭސްއެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ދެ ކޭސް ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައިވަނީ ފާނަބަސަންދައަށް ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެބަލީގެ އަލާމަތްތައް ހުރި މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައިނުވާ ކަމަށެވެ.

މިނިސްޓަރު ހަލީލު މިހެން ވިދާޅުވިއިރު، ރާއްޖެއިން އެމްޕޮކްސް ފެނިފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ދުނިޔޭގައި މިބަލި ފެތުރެން ފެށުމާއެކު ބަލީގެ ހާލަތު މޮނިޓަރކޮށް މި ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތަައްޔާރީތައްވަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބައްޔަށް ޓެސްޓު ކުރުމާއި، ފަރުވާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި މި ބައްޔަށް ސިއްހީ ޚިދުމަތްތެރިން އަހުލުވެރި ކުރުމާއި ސަރވެއިލެންސް ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ބަލި ހަލުވިކަމާއެކު ފެތުރެމުންދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ ބައެއް ގައުމުތަކުގައެވެ.

އެމްޕޮކްސްގައި އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން، އަދި ހަމުގައި ބިހި ނެގުން ފަދަ އަލާމާތްތައް ހިމެނެއެވެ. ގިނަ ފަހަރަށް މި ބަލި އަމިއްލަ ޒާތުގައި ރަނގަޅުވީ ނަމަވެސް ބަލީގެ ހާލަތަށް ބަލާ ހޮސްޕިޓަލްގައި ފަރުވާ ދޭންޖެހޭ ހާލަތު މެދުވެރިވާ ކަމަށެވެ.

މި ބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ހޯދިފައި ނެތް ނަމަވެސް ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލާ ފޯރުކޮށްދެވޭނީ ސަޕޯޓިވް ފަރުވާ އެކެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް
04 އެޕްރީލު 2017

ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

04 އެޕްރީލު 2017
ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ
16 މާރިޗު 2017

މިހާރު ފެތުރެމުންދާ ރޯގާ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ދެ މީހަކު މަރުވެއްޖެ

16 މާރިޗު 2017
މިހާރު ފެތުރެމުންދާ ރޯގާ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ދެ މީހަކު މަރުވެއްޖެ
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު