Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ މައްސަލަ

ބިލެތްހުނީގެ މައްސަލައެއް ނެތް، ބުޅާމަހުން ކާބޯތަކެތި ހެދިކަން އަދި ކަށަވަރެއް ނުވޭ: މިނިސްޓަރު ހަލީލު

އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2024 | ބުރާސްފަތި 13:16
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވައި ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް ވާހަކަދައްކަވަނީ

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވައި ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް ވާހަކަދައްކަވަނީ

ބިލެތްހުނީގެ މައްސަލަ ރިޕޯޓު ކުރުމުން ތަހުގީގުކޮށްފައިވާ ކަމަށާއި، ބުޅާމަހުން ކާބޯތަކެތި ހެދިކަން އަދި ކަށަވަރުނުވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވައި މިނިސްޓަރު ހަލީލު ވިދާޅުވީ ބުޅާ މަހުން ކާބޯތަކެތި ހެދި މައްސަލަ ފެންމަތިވެގެންދިޔައީ ސޯޝަލް މީޑިއާގައި ކަމަށާއި، ހެލްތް މިނިސްޓްރީއަށް އެފަދަ އެއްވެސް ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ހަލީލު ވިދާޅުވީ ބުޅަލުގެ މަހުން ކާބޯތަކެތި ހެދި މައްސަލަ ފެންމަތިވުމާއެކު ކަމާގުޅުންހުރި އިދާރާތަކާއެކު އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، އެމައްސަލަ ތަހުގީގުކޮށް ނިމުމުން އެމައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށެވެ.

ބުޅާމަހުން ކާނާ ހަދާކަމުގެ ތުހުމަތުގައި އިމިގްރޭޝަނުން ވަނީ ބިދޭސީއަކު ހައްޔަަރުކޮށްފައެވެ. އެމީހާ ދިރިއުޅުގެ ބަލާ ފާސްކުރިއިރު، މުއްދަތު ހަމަވެފައިވާ ކާބޯތަކެއްޗާއި، ކުނިވެފައިވާ އެކިބާވަތްތަކުގެ މަސްތައް ފްރިޖުން ފެނިފައިވެއެވެ.

ބިލެތްހުނީގެ މައްސަލައަށް އިޝާރާތް ކުރައްވައި މިނިސްޓަރު ހަލީލު ވިދާޅުވީ އެމައްސަލަ ރިޕޯޓު ކުރުމުން އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށާއި، ޓެސްޓުތައް ހަދާފައިވާ ކަމަށެވެ. ޓެސްޓުގެ ނަތީޖާ ބުދަ ދުވަހު ހަވީރު ލިބުނު ކަމަށާއި، ނަތީޖާއަށް ބަލާއިރު އޭގައި މައްސަލައެއް ނެތް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ ކޯނިސް ޕައުޑަރު ނޫން ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީ، ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގައި އެންމެ ގިނައިން އަތުލައިގަންނަމުންދަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ހިންގަމުންދާ ބިދޭސީންނެވެ. އެގޮތުން ބިދޭސީން ސާފުތާހިރުކަން ކުޑަކޮށް، ކާބޯތަކެތި ތައްޔާރުކުރާ އެކިއެކި ފެކްޓްރީތައް އިމިގްރޭޝަނުން ދަނީ ހޯދަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު