Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަޢުލީމަށް އިންގިލާބީ ބަދަލު

"އެޑިއުކޭޝަން ޓްރާންސްފޮމޭޝަން އިނީޝިއޭޓިވްސް" ޕްރޮޖެކްޓް އިފްތިތާހުކޮށްފި

އެ ޕްރޮޖެކްޓާއި ގުޅޭ ވެބްސައިޓް ވެސް ވަނީ ލޯންޗްކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އޯގަސްޓު 2024 | ބުރާސްފަތި 13:05
 "ތަޢުލީމަށް އިންގިލާބީ ބަދަލު" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ތަޢުލީމަށް އިންގިލާބީ ބަދަލު" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގްލޯބަލް ޕާޓްނަރޝިޕް ފޯ އެޑިއުކޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ އަށް ދޭ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ދަށުން އެކު ފެށި، "އެޑިއުކޭޝަން ޓްރާންސްފޮމޭޝަން އިނީޝިއޭޓިވްސް" އިފްތިތާހުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެކަމަށްޓަކާ ބެއްވި ރަސްމިއްޔާތުގައި އެ ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ.

އެ ރަސްމިއްޔާތުގައި އެ ޕްރޮޖެކްޓާއި ގުޅޭ ވެބްސައިޓް ވެސް ވަނީ ލޯންޗްކޮށްފައެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ އެ ހިލޭ އެހީގެ ދަށުން، ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތަކަށް ފުރިހަމަ ޙައްލެއް ލިބޭނެ ކަމަށް ފާހަގަކުރައްވާފައެވެ. އެ ހިލޭ އެހީގެ ދަށުން ތަފާތު 3 ގްރާންޓެއް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި 9.5 މިލިޔަން ޑޮލަރު ނުވަތަ 146.5 މިލިޔަން ރުފިޔާގެ އެހީ ހޭދަކުރާނީ ތައުލީމީ ދާއިރާ އަށް ކަމަށް ވަޒިީރު ވިދާޅުވިއެވެ. އަދި މި އެހީގެ ދަށުން ތަޢުލީމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްކުރާނެ ކަމަށް ވަނީ ވިދާޅުވިއެވެ.

ޖުމްލަ ފައިސާގެ އަދަދަކީ 1.5 މިލިޔަން އެމެރިކާ ޑޮލަރުގެ މި ގްރާންޓަކީ ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ގްރޭންޓެއް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. މީގެ އިތުރުން މަލްޓިޕްލަޔަރ ގްރާންޓްގެ ޖުމްލަ ފައިސާގެ އަދަދަކީ 3 މިލިޔަން އެމެރިކާ ޑޮލަރު ކަމަށާއި މި އެހީގެ ދަށުން ސްކޫލުތައް ޤާއިމުކުރުމުގެ އިތުުރުން، ތަޢުލީމީ ދާއިރާ ހިންގުމުގެ ހުނަރުވެރިން އުފެއްދުމަށް މަސައްކަތްތައް ކުރާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ފައިނޭންސިން ހަރުދަނާކުރުމާއި، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުން ތަމްރީނުކުރުމަށް ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން މީޑިއާތައް ބޭރުކޮށް ގްރޫޕް އުވާލައިފި

30 މެއި 2017
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން މީޑިއާތައް ބޭރުކޮށް ގްރޫޕް އުވާލައިފި
02 އެޕްރީލު 2017

ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

02 އެޕްރީލު 2017
ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު