Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކޯ މެޑްރިޑް

އެތުލެޓިކޯ އަށް ބަދަލުވެ، ފަރިތަކުރުންތަކުގައި ގަލަގާ ބައިވެރި ވަނީ

21 އޯގަސްޓު 2024 | ބުދަ 12:32

ބުދަ ދުވަހު އެތުލެޓިކޯ އިން ކުރިއަށް ގެންދަމުން އަންނަ ފަރިތަކުރުންތަކުގައި ގަލަގާ ވަނީ ބައިވެރިވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އޯގަސްޓު 2024 | ބުދަ 12:32
އެތުލެޓިކޯގެ ފަރިތަކުރުމުގައި ގަލަގާ ބައިވެރި ވަނީ

އެތުލެޓިކޯގެ ފަރިތަކުރުމުގައި ގަލަގާ ބައިވެރި ވަނީ

ޗެލްސީ އަށް ކުޅެމުން އައި އިންގްލެންޑުގެ މިޑްފީލްޑަރު ކޮނާ ގަލަގާ، އެ ކުލަބު ދޫކޮށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ޗެލްސީއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. ޗެލްސީ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމަށް އެ ކުލަބުން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޗެލްސީގެ ހުށަހެޅުން ޤަބޫލު ނުކުރަން ގަލަގާ ވަނީ ނިންމައިފަ އެވެ. ގަލަގާ ހޯދުމަށް އެތުލެޓިކޯ އިން ޗެލްސީ އާއެކު ކުރި މަޝްވަރާތަކާއި، އޭނާ ހޯދަން ކުރި މަސައްކަތް ވަކި ހިސާބަކުން މަޑު ޖެހުނެވެ.

އެހެން ނަމަވެސް، މިހާރު އެތުލެޓިކޯ އިން ވަނީ އެ ޑީލް ކާމިޔާބު ކޮށްފަ އެވެ. އެތުލެޓިކޯއާ އެކު ގަލަގާ ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ގަލަގާ ހޯދުމުގެ ޑީލްގެ ތެރެއިން އެތުލެޓިކޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސް ޗެލްސީ އަށް ދޫކޮށްލަން ވެސް އެ ކުލަބުން ވަނީ އެއްބަސްވެފަ އެވެ.

ގަލަގާ މިހާރު އަންނަނީ އެތުލެޓިކޯގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން ބުދަ ދުވަހު އެތުލެޓިކޯ އިން ކުރިއަށް ގެންދަމުން އަންނަ ފަރިތަކުރުންތަކުގައި ގަލަގާ ވަނީ ބައިވެރިވެފަ އެވެ. އެތުލެޓިކޯގެ ފަރިތަކުރުންތަކުގައި ގަލަގާ ބައިވެރިވަމުން އަންނަ މަންޒަރު ފެންނަ ވީޑިއޯ ވެސް އެކްސް ގައި އަންނަނީ ދައުރުވަމުންނެވެ.

ގަލަގާ ވަނީ ޗެލްސީ އަށް ކުޅެދިން 95 މެޗުން 10 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. ޗެލްސީގައި ހުރުމަށްފަހު ގަލަގާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ހަތަރު ކުލަބަކަށް ކުޅެފަ އެވެ. އެއީ ޗާލްޓަން އެތުލެޓިކް، ސްވަންސީ ސިޓީ، ވެސްޓް ބްރޮމްވިޗް އަލްބިއަން އަދި ކްރިސްޓަލް ޕެލަސް އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް