Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޖީއަށް ދިން ހަމަލާ

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާކޮށްދިނުމަށް ފޮނުވައިފި

ޕީޖީއަށް ހަމަލާދިން 7 މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2024 | ބުދަ 09:01
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާފައި އަތަށް އަނިޔާވެފައި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާފައި އަތަށް އަނިޔާވެފައި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

ފުލުހުން ބުނެފައިވަނީ ޕީޖީ ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައާއި ގުޅިގެން ހައްޔަރުކުރި 7 މީހުންގެ މައްސަލަ ތަހުގީގު ނިމި ދައުވާކޮށްދިނުމަށް އެދި މި މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރި 7 މީހުން ތިބީ ފުލުހުންގެ ބަންދުގައެވެ.

Advertisement - newsAdvertisement

ޕީޖީއަށް ހަމަލާދީފައިވަނީ 31 ޖެނުއަރީ 2024 ވީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި، ސައިކަލެއްގައި އައި ދެ މީހަކެވެ. އަދި ޕީޖީއަށް ޙަމަލާދީފައިވަނީ ހަތިޔާރެއް ބޭނުންކޮށްގެންކަމަށް ވެސް ފުލުހުން ވެސް ބުނެފައިވެއެވެ. ޕީޖީ ޝަމީމަށް ދިން ހަމަލާ އަމާޒުވީ އަތަށެވެ. މި މައްސަލައާއި ގުޅިގެން 7 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

ހަމަލާގައި ޕީޖީގެ އަތަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުން ފަރުވާވެސް ދީފައިވެއެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މީހުންގެ ވަނަވަރުވެސް ވަނީ އާންމުކޮށްފައެވެ. އެގޮތުން ފުލުހުން ބުދަ ދުވަހު ހާމަކުރި މައުލޫމާތުތައް ދައްކާގޮތުން މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށީ ރިވެލި، މިދުހަތު އާދަމާއި ލ. ގަމު ތުނޑި އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ، ކެމީހިޔާ ޒަޔާން ނަސީރާއި ތ. ތިޔަދިމިގިލީ ރުވާ، އަބްދުލް ހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247 އަހުމަދު މައިސާން ހާޝިމްއެވެ.

މި މައްސަލަ ތަހުގީގުކޮށްފައވަނީ އެ ހަމަލާއަކީ ޕީޖީ އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްކަމަށް ތުހުމަތު ކޮށްގެންނެވެ. މި މައްސަލަ މަޖިލީހުގެ 241 ކޮމިޓީންވެސް ބަލާފައިވެއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު