Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ބްލިންކަން މެދުއިރުމަތިން ފުރާވަޑައިގެންފި، ޣައްޒާގެ ހަނގުރާމަ ހުއްޓުމުގެ ނިޝާނެއް ނެތް!

ހަމާސް އިން ބުނެފައިވަނީ ސުލްހައިގެ އެއްބަސްވުމުގެ ނަމުގައި މި ކުރެވޭ މަސައްކަތަކީ ފަލަސްތީނުގެ އަމިއްލަ އަށް ދިފާޢުވުމުގެ ގާބިލުކަމެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިތުރު ޖަރީމާތައް ހިންގާ، ފަލަސްތީން ދަރިކޮޅު ނައްތާލާ، އަމިއްލަ ވަޒަނުން ބޭރުކުރުމަށް އިޒްރޭލުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބައިޑެން ސަރުކާރުން އިޒްރޭލަށް މަގު ފަހިކޮށްދިނުން ކަމުގައެވެ.

ރާއްޖެ އެމްވީ | 21 އޯގަސްޓު 2024 | ބުދަ 02:28
އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން މިސްރުގެ ރައީސް ސީސީ އާ ބައްދަލުކުރައްވަނީ

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން މިސްރުގެ ރައީސް ސީސީ އާ ބައްދަލުކުރައްވަނީ

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މެދުއިރުމައްޗަށް ކުރެއްވި ކުރު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އަންގާރަ ދުވަހު ފުރާވަޑައިގެންފިއެވެ.

މެދުއިރުމައްޗަށް ބްލިންކަން މި ކުރެއްވި ދަތުރުފުޅަކީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަކަށް ބާރު އެޅުއްވުމަށް މަސައްކަތްކުރައްވަން ކުރެއްވި ދަތުރުފުޅެއް ނަމަވެސް، ދަތުރުފުޅު ނިންމަވާލެއްވި އިރު ސުލްހައިގެ އެއްބަސްވުމުގެ މަސައްކަތައް އިތުރު އުއްމީދެއް ލިބިފައެއް ނުވެއެވެ.

ބްލިންކަން އާއި މިސްރާއި ގަތަރުގެ މެދުވެރިން އުންމީދު ކުރީ 10 މަސްދުވަސް ފާއިތުވެގެން ގޮސްފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ހަމާސް އާއި އިޒްރޭލާ ދެމެދުގައިވާ ޚިޔާލު ތަފާތުވުން ތައް ކުޑަކުރުމަށް ހުސްވި ހަފްތާގައި އެމެރިކާއިން ހުށަހަޅާފައިވާ "ބްރިޖިންގ ޕްރޮޕޯސަލް" ކާމިޔާބު ވާނެ ކަމަށެވެ.

އެހެން ނަމަވެސް ވޭތުވެދިޔަ ހަފްތާގައި ދޯހާ ގައި ކުރިއަށް ދިޔަ މަޝްވަރާތައް މެދުކަނޑާލިއިރު އެ ކަމުގައި އެއްބަސްވުމަކާ ހަމައަށް އާދެވިފައެއް ނުވެއެވެ.

"އެއްބަސްވުން ވާންޖެހޭ، އަދި ކުރިއަށް މި އޮތް ދުވަސްތަކުގައި ވާންޖެހޭނެ، އަދި މިކަން ހަގީގަތަކަށް ހެދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން،" ބްލިންކެން ވޮޝިންގްޓަނަށް ފުރާވަޑައިގަތުމުގެ ކުރިން ދޯހާގައި ހުންނަވާ ނޫސްވެރިންނަށް ވިދާޅުވިއެވެ.

ބްލިންކަން އަރިހުގައި ދަތުރުކުރި ކުރެއްވި ބައިޑެން ސަރުކާރުގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި މި ހަފްތާގައިވެސް ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް ކުރިއަށްދާނެކަމަށް އެމެރިކާއިން އުންމީދުކުރެއެވެ. ބްލިންކެން އަންގާރަ ދުވަހު ގަތަރަށް ވަޑައިގަތުމުގެ ކުރިން މިސްރުގެ ރައީސް އަބްދުލްފައްތާހު އަލް-ސީސީއާ ބައްދަލުކުރުމަށް މިސްރަށް ދަތުރުކުރެއްވިއެވެ.

މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލް-ސީސީ، ބްލިންކަންއަށް ދެންނެވި ކަމަށް ވަނީ އިޒްރޭލުން ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ހުއްޓާނުލައިފިނަމަ، މުޅި ސަރަހައްދު ނުރައްކަލަކަށް ވެއްޓި ސަރަހައްދުގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެކަމަށެވެ.

ހޯމަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރުމަށްފަހު ބްލިންކަން ވިދާޅުވި ގޮތުގައި އިޒްރޭލުން ވަނީ ހުށަހެޅުން ގަބޫލުކޮށްފައިވާ ކަމަށާއި، އެހެން ކަމުން ހަމާސް އިން ވެސް އެއްބަސްވުން ގަބޫލު ކުރުމަށް ގޮވާލެއްވިއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މި ހުށަހެޅުމަށް މުޅިއެކުން ނޫނެކޭ ނުބުނި ނަމަވެސް، ބުނެފައިވަނީ ފަހުން މި ގެންގުޅޭ ހުށަހެޅުމަކީ، ކުރީގެ ހުށަހެޅުމުގެ ޓާމްސް ތަކާ މުޅިން ތަފާތު އެއްބަސް ވުމެއް ކަމަށެވެ.

ހަމާސްއިން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވަނީ، އައު އެއްބަސްވުމަކަށް ދިޔުމުގެ ބަދަލުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން މެއި 31 ގައި ހުށަހެޅުއްވި އަދި ޖޫން 11 ގައި އދ. ގެ ސަލާމަތީ މަޖިލީހުން ތާއީދު ކުރި އެއްބަސްވުމުގައި ސޮއިކުރުމަށް ނެތަންޔާހޫއަށް ބާރުއެޅުމަށެވެ.

ހަމާސް އިން ބުނެފައިވަނީ ކުރީގެ އެއްބަސްވުމުގެ ޝަރުތުތައް ބަދަލުކުރުމުން، ދޭހަވަނީ އެމެރިކާއިން އިޒްރޭލު ކޮޅަށް ބުރަވެ، އިޒްރޭލުން އެދޭހާ ކަމަކަށް އެމެރިކާ އިން އެއްބަސްވަނީ ކަމަށެވެ.

އާ ހުށަހެޅުމުގައި ނަތަންޔާހޫގެ ޝަރުތުތައް ފުރިހަމަވާ ކަމަށާއި، އެގޮތުން، ހަނގުރާމަ ދާއިމީ ކޮށް ހުއްޓުމަކަށް ނުގެނައުމަށް ނަތަންޔާހޫ ކުރާ މަސައްކަތާއި ޣައްޒާއިން އެއްކޮށް އިޒްރޭލު ސިފައިން ނުފައިބާ ތިބުން އޭގައި ހިމެނޭ ކަމަށްވެސް ހަމާސް އިން ބުނެއެވެ.

ހަމާސް އިން ބުނެފައިވަނީ ސުލްހައިގެ އެއްބަސްވުމުގެ ނަމުގައި މި ކުރެވޭ މަސައްކަތަކީ ފަލަސްތީނުގެ އަމިއްލަ އަށް ދިފާޢުވުމުގެ ގާބިލުކަމެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިތުރު ޖަރީމާތައް ހިންގާ، ފަލަސްތީން ދަރިކޮޅު ނައްތާލާ، އަމިއްލަ ވަޒަނުން ބޭރުކުރުމަށް އިޒްރޭލުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބައިޑެން ސަރުކާރުން އިޒްރޭލަށް މަގު ފަހިކޮށްދިނުން ކަމުގައެވެ.

ފަލަސްތީނުގެ ހަމާސް އިން ސާފުކޮށް ބުނެފައިވަނީ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމެއްގެ ނަތީޖާއަކަށް ވާންޖެހޭނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަން ދާއިމީ ގޮތެއްގައި ނިމުމަކަށް އައުން ކަމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު