Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަގްޒަރީ ޔޮޓެއް އަޑިޔަށް ދިއުން

ސިސިލީ ކައިރިން ލަގްޒަރީ ޔޮޓެއް އަޑިޔަށް ގޮސް އެއް މަރު، ހަ މީހުން ގެއްލިގެން ހޯދަނީ

އަޑިޔަށް ދިޔައިރު އޭގައި 22 މީހުން ތިބި، 15 މީހުން ސަލާމަތް ކުރެވިފައި، އޭގެ ތެރޭގައި އުމުރުން 1 އަހަރުގެ ކުއްޖަކު ހިމެނެއެވެ.

ރާއްޖެ އެމްވީ | 19 އޯގަސްޓު 2024 | ހޯމަ 13:08
2021 ވަނަ އަހަރު ނަގާފައިވާ ބޭޒިއަން ޔޮޓުގެ ފޮޓޯއެއް

2021 ވަނަ އަހަރު ނަގާފައިވާ ބޭޒިއަން ޔޮޓުގެ ފޮޓޯއެއް

ސިސިލީ ކައިރިން ލަގްޒަރީ ޔޮޓެއް އަޑިޔަށް ގޮސް ޔޮޓުގައި ދަތުރު ކުރި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ ކަމަށާއި އިތުރު ހަ މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް އިޓަލީގެ ކޯސްޓް ގާޑުން ބުނެފިއެވެ.

އިޓަލީގެ ކޯސްޓް ގާޑުން ބުނާ ގޮތުގައި ހޯމަ ދުވަހު ސިސިލީގެ ވެރިރަށް ޕުލޭމޯގެ ކައިރިން މި ހާދިސާ ހިނގީ ވަރަށް ބޮޑަށް މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ބޯޓު އަޑިއަށް ދިޔައިރު ބަނދަރާ ބޯޓާ ދެމެދު ހުރީ 700 ވަރަކަށް މީޓަރުގެ ދުރުމިނެއް ކަމަށް ބީބީސީން ބުނެއެވެ.

ކޯސްޓް ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 56 މީޓަރު (184 ފޫޓު) ދިގު މި ބޯޓަކީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ "ބޭޒިއަން" ނަމަކަށް ކިޔާ އުޅަނދެކެވެ. އުޅަނދުގައި 22 މީހުން ތިއްބާ އަޑިޔަށް ދިޔައީ ހޯމަ ދުވަހުގެ އިރު އަރަން ކައިރިވެރިފައިވަނިކޮށްނެވެ.

ކޯސްޓް ގާޑުން ބުނާ ގޮތުގައި ގެއްލުނު މީހުންނަކީ އިނގިރޭސި، އެމެރިކާ އަދި ކެނެޑާގެ ރައްޔިތުންނެވެ. ސަލާމަތްކުރެވުނު 15 މީހުންގެ ތެރޭގައި އެއް އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.

ސަލަމާތް ކުރެވުނު 15 މީހުން ފެނިފައިވަނީ ލައިފްރާފްޓެއްގައި ތިއްބާ ކައިރީ ގައި އޮތް ބޯޓެއްގެ ކެޕްޓަނަކަށެވެ.

މި ހާދިސާ އާ ގުޅިގެން ކޯސްޓް ގާޑުގެ އޮފިޝަލަކު ރޮއިޓާރސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވައި ވަރަށް ގަދަވާނެ ކަމަށާއި މޫސުން ގޯސްވާނެކަމަށް ލަފާކުރެވުނު ނަމަވެސް، މިވަރަށް ގޯސްވާނެކަމަކަށް ބެލެވިފައިނުވާ ކަމަށެވެ.

އިޓަލީއަށް މޫސުމް ގޯސްވެ ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ބޮޑެތި ހާދިސާތައް މި ފާއިތުވި ދެތިން ދުވަހު އެ ގައުމުގެ އުތުރުގެ ސަރަހައްދުތަކަށް ވަނީ ކުރިމަތިވެފައެވެ.

ލަގްޒަރީ ޔޮޓް އަޑި އަށް ދިޔަ ހާދިސާގައި ސަލާމަތް ކުރެވުނު 8 މީހުން ވަނީ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ. އެންމެންގެ ޙާލަތު "ސްޓޭބަލް" ކަމަށް ޕުލޭމޯގެ އޮފިޝަލުން ރޮއިޓާސް އަށް މައުލޫމާތު ދީފައިވެއެވެ.

އިތުރަށް ކިޔާލަން

26 ޖުލައި 2024

މޫސުން ގޯސްވެ ފިލިޕީންސް ކައިރިން އަޑިޔަށް ދިޔަ ބޯޓާ އެކު ތެޔޮ ބޭރުވުމުގެ ބޮޑު ކާރިސާ އަކާ ކުރިމަތިވެއްޖެ

26 ޖުލައި 2024
މޫސުން ގޯސްވެ ފިލިޕީންސް ކައިރިން އަޑިޔަށް ދިޔަ ބޯޓާ އެކު ތެޔޮ ބޭރުވުމުގެ ބޮޑު ކާރިސާ އަކާ ކުރިމަތިވެއްޖެ
09 ޖުލައި 2024

އީރާނުގެ ހަނގުރާމަ މަތީ މަނަވަރެއް އަޑިޔަށް ހިނގައްޖެ

09 ޖުލައި 2024
އީރާނުގެ ހަނގުރާމަ މަތީ މަނަވަރެއް އަޑިޔަށް ހިނގައްޖެ
04 އޯގަސްޓު 2021

ގަލްފް އޮފް އޮމާން ކައިރިން ދަތުރުކުރި ބޯޓެއް ހައިޖެކްކޮށްފި

04 އޯގަސްޓު 2021
ގަލްފް އޮފް އޮމާން ކައިރިން ދަތުރުކުރި ބޯޓެއް ހައިޖެކްކޮށްފި
27 މެއި 2021

ނުރައްކާތެރި ކެމިކަލްތަކާއެކު ލަންކާ ކައިރިން އާގުބޯޓެއް އަނދަމުންދާތާ ހަފުތާއެއް

27 މެއި 2021
ނުރައްކާތެރި ކެމިކަލްތަކާއެކު ލަންކާ ކައިރިން އާގުބޯޓެއް އަނދަމުންދާތާ ހަފުތާއެއް
04 ސެޕްޓެމްބަރު 2020

ބޭރޫތު ޕޯޓް ކައިރިން ހަތަރު ޓަނަށްވުރެ ގިނަ ކެމިކަލް ފެނިއްޖެ

04 ސެޕްޓެމްބަރު 2020
ބޭރޫތު ޕޯޓް ކައިރިން ހަތަރު ޓަނަށްވުރެ ގިނަ ކެމިކަލް ފެނިއްޖެ
22 އެޕްރީލު 2018

ސައުދީގެ އަސްކަރިއްޔާއިން އެގައުމުގެ ރިޔާސީ ގަނޑުވަރު ކައިރިން ކުޅޭކުޅޭ ޑްރޯންއެއް ވައްޓާލައިފި

22 އެޕްރީލު 2018
ސައުދީގެ އަސްކަރިއްޔާއިން އެގައުމުގެ ރިޔާސީ ގަނޑުވަރު ކައިރިން ކުޅޭކުޅޭ ޑްރޯންއެއް ވައްޓާލައިފި
03 މާރިޗު 2018

ބޯޑަރު ކައިރިން ދުރަށް ޖެހުމަށް މިޔަންމާ ސިފައިންނަށް ބަންގްލަދޭޝްއިން އަންގައިފި

03 މާރިޗު 2018
ބޯޑަރު ކައިރިން ދުރަށް ޖެހުމަށް މިޔަންމާ ސިފައިންނަށް ބަންގްލަދޭޝްއިން އަންގައިފި
16 ޖެނުއަރީ 2018

އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދު ކައިރިން ރަޝިޔާގެ ޖެޓްތަކެއް ހުއްޓުވައިފި

16 ޖެނުއަރީ 2018
އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދު ކައިރިން ރަޝިޔާގެ ޖެޓްތަކެއް ހުއްޓުވައިފި
27 އޯގަސްޓު 2017

ބަންގާޅު ބޯޑަރުކައިރިން ރޯހިންގޔާ މުސްލިމުންނަށް ހަމަލާދީފި

27 އޯގަސްޓު 2017
ބަންގާޅު ބޯޑަރުކައިރިން ރޯހިންގޔާ މުސްލިމުންނަށް ހަމަލާދީފި
21 އޯގަސްޓު 2017

ސިންގަޕޫރު ކައިރިން އެމެރިކާގެ މަނަވަރެއް ޓޭންކަރެއްގައި ޖެހި 10 މީހުން ގެއްލި އެތައް ބަޔަކު ޒަޚަމްވެއްޖެ

21 އޯގަސްޓު 2017
ސިންގަޕޫރު ކައިރިން އެމެރިކާގެ މަނަވަރެއް ޓޭންކަރެއްގައި ޖެހި 10 މީހުން ގެއްލި އެތައް ބަޔަކު ޒަޚަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު