Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުގެ ހަނގުރާމަ މަތީ މަނަވަރެއް އަޑިޔަށް ހިނގައްޖެ

މަނަވަރު އަޑިޔަށް ދިޔައީ ދިޔަވާތީ މަރާމާތުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށް އީރާނުގެ މީޑިއާ އިން ވަނީ ހާމަ ކޮށްފައެވެ.

ރާއްޖެ އެމްވީ | 9 ޖުލައި 2024 | އަންގާރަ 10:43
އީރާނުގެ ހަނގުރާމަ މަތީ މަނަވަރު ސަހަންދު

އީރާނުގެ ހަނގުރާމަ މަތީ މަނަވަރު ސަހަންދު

އީރާނުގެ ހަނގުރާމަ މަތީ މަނަވަރު "ސަހަންދު" އަޑިޔަށް ހިނގައްޖެއެވެ.

މަނަވަރު އަޑިޔަށް ދިޔައީ، ބަންދަރު އައްބާސްގައި އޮއްވާ ކަމަށް ނޫރު ނިއުސް އޭޖެންސީ އިން ބުނެފައިވެއެވެ.

އަންގާރަ ދުވަހު މި ޙާދިސާ ހިނގީ، މަނަވަރު އެއް ފަރާތަކަށް އަރި އަޅާލުމުން ބެލެންސް ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށްނެވެ.

އީރާނުގެ ސްޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް އާ ހަވާލާ ދީ ނޫރު ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި އާދިއްތަ ދުވަހު މަނަވަރު އެއް އަތައް އަރިއަޅާލުމާ ގުޅިގެން ބެލެންސް ކުރުމަށް ހޯމަ ދުވަހާ އެކު ކުރި މަސައްކަތް ނާކާމިޔާބުވީ މަނަވަރު ބެލެންސް ކުރުމަށް އެއްގަމަށް ޖެހި ވާ ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގީ މަނަވަރަށް ދިޔަވާތީ، ފެންވަންނަ ތަންތަން ބެއްދުމަށް ޑޮކްގައި ބާއްވައިގެން މަރާމާތު ކުރަމުން ދަނިކޮށް ކަމަށެވެ. މަނަވަރު އެންމެ ފުރަތަމަ އަރިއަޅާލީ ދިޔަވުމުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ.

އީރާނުގައި ބަނދެފައިވާ މި މަނަވަރު ބޭލީ 2018 ވަނަ އަހަރުއެވެ. މަނަވަރުގައި ހެލިކޮޕްޓަރު ޖެއްސުމަށް ފްލައިޓް ޓެކް އަކާއި، މިސައިލް ލޯންޗަރ އާއި، އެންޓި އެއަރކްރާފްޓް ބަޑިއާއި، ހަނގުރާމަ މަތީގެ އެހެން ވަސީލަތްތައް ވެސް ގާއިމް ކޮށްފައިވެއެވެ.

އީރާނަށް ބައިނަލް އަގްވާމީ ފެންވަރުގައި އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކާއެކު، ހަތިޔާރު އެތެރެ ކުރުން މަނާ ކޮށްފައި އޮތުމާއެކު އެ ގައުމުން ވަނީ އަމިއްލަ އަށް ހަތިޔާރު އުފެއްދުމުގެ ބޮޑު ސިނާއަތެއް ތަރައްގީ ކޮށްފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު