Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޭރޫތު ޕޯޓުން ކެމިކަލް ފެނުން

ބޭރޫތު ޕޯޓް ކައިރިން ހަތަރު ޓަނަށްވުރެ ގިނަ ކެމިކަލް ފެނިއްޖެ

4 ސެޕްޓެމްބަރު 2020 | ހުކުރު 07:45

މިކެމިކަލްގެ އަސްލާއި މީގެ ވެރިފަރާތާއި ގުޅޭ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ސެޕްޓެމްބަރު 2020 | ހުކުރު 07:45
ބޭރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުމަށްފަހު އެސަރަހައްދު

ބޭރޫތުގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުމަށްފަހު އެސަރަހައްދު

ލުބުނާންގެ ވެރިރަށް ބޭރޫތުގެ ޕޯޓަށް ވަންނަ ހިސާބުން 4.35 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ފެނިފައިވާކަމަށް އެގައުމުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

މިއީ މިދިޔަ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު 3000 ޓަނުގެ ކެމިކަލް ބެއިރޫތުގެ ޕޯޓުގައި ރައްކާކޮށްފައި ހުއްޓާ އެތަކެތި ގޮވައި 191 މީހުން މަރުވެ 6000 މީހުން ޒަހަމްވެފައި ވަނިކޮށް ފެނިފައިވާ ކެމިކަލް ތަކެކެވެ. ލުބުނާންގެ އަސްކަރިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެސަރަހައްދު އިތުރަށް ބަލަމުންދަނިކޮށް ނުރައްކާތެރި ކެމިކަލް އަޅާފައިވާ ހަތަރު ކޮންޓެއިނަރ ފެނިފައިވާ ކަމަށެވެ. އަދި އަސްކަރިއްޔާގެ އިންޖިނިއަރިންގ އިން މިފެނުނު ކެމިކަލް ކޮންޓެއިނަރ ތަކާމެދު ދެން އަމަލުކުރާނެ ގޮތެއް ބަލަމުންދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިކެމިކަލްގެ އަސްލާއި މީގެ ވެރިފަރާތާއި ގުޅޭ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ލުބުނާންގެ ޕޯޓުގައި ގޮވި ބާރުގަދަ ގޮވުމުގައި 300،000 މީހުންގެ ގެދޮރު ގެއްލިފައިވާއިރު ލިބުނު ގެއްލުންތަކުގެ އަދަދު 15 ބިލިއަން ޑޮލަރަށް އަރާކަމަށް ޕްރެޒިޑެންސީ ކައުންސިލުން މިކަމާއި ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެއެވެ.

މިގޮވުމާއި ގުޅިގެން ލުބުނާންގެ ރައްޔިތުން އަންނަނީ އަދިވެސް މިފަދަ ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުރެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިގޮވުމަށްފަހު ފްރާންސް އާއި އިޓަލީގެ ކަމާބެހޭ މާހިރުން ވަނީ އެޕޯޓް އިތުރަށް ބަލާފަ އެވެ. އަދި ޕޯޓުގެ ތެރެއިން ނުރައްކާތެރި ކެމިކަލް އަޅާފައިވާ 20 ކޮންޓެއިނަރ އެއް ވަނީ ފެނިފައެވެ.

އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި މިކޮންޓެއިނަރ ތައް ވަނީ ޕޯޓާއި ދުރު ރައްކާތެރި ހިސާބަކަށް ގެންދެވިފައެވެ.

ލުބުނާންގެ ކަމާބެހޭ ފަރާތްތަކުގެ އެދުމުގެ މަތިން ފްރާންސްގެ މާހިރުންގެ އިތުރުން އެފްބީއާއި އިން އަންނަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަމުންނެވެ. މިހާތަނަށް އައިއިރު 25 މީހަކު ހައްޔަރުކޮށްފައިވާއިރު މީގެތެރޭގައި ގިނައީ ޕޯޓާއި ކަސްޓަމްސްގެ އޮފިޝަލުންނެވެ.

މިހަފްތާ ކުރީކޮޅު އދ. އިން ވަނީ ލުބުނާންގެ އާބާދީގެ ބޮޑު ބައެއް ބަނޑުހައިހޫނު ކަމާއި ކުރިމަތިލާން ޖެހިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އާބާދީގެ ދެ ބައިކުޅަ އެއް ބައި މީހުންނަށް ކާބޯތަކެތި ނުލިބޭކަމަށް އދ އިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

27 އެޕްރީލު 2017
ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
12 ފެބުރުއަރީ 2017

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް