Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިޒްރޭލް ހަނގުރާމަ

ހަނގުރާމަ ހުއްޓާލާ ވާހަކަ ދައްކަމުން ފަލަސްތީނުގެ އިތުރު 21 މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 40،074 ށް، 92،537 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.

ރާއްޖެ އެމްވީ | 18 އޯގަސްޓު 2024 | އާދީއްތަ 10:25
އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޢާއިލާ މެންބަރުން، އެ ޝަހީދުންގެ ހަށިތައް ކައިރީގައި ހިތާމަކުރަނީ

އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޢާއިލާ މެންބަރުން، އެ ޝަހީދުންގެ ހަށިތައް ކައިރީގައި ހިތާމަކުރަނީ

އާދިއްތަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާ އަށް ބޮން އަޅާ، މަދުވެގެން 21 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ ތަކުގައި ބައިވެރިވަމުން ފަލަސްތީނު ރައްޔިތުން ގެ ގެދޮރަށް ބޮން އަޅާ ކުޑަކުދިންނާ އަންހެނުން ހިމެނޭ ގޮތުން ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދު ކުރަމުން އިޒްރޭލުން ގެންދާ ގެންދިއުމަކަށް ކުޑަވެސް ހުއްޓުމެއް ނާންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމާސްގެ އޮފިޝަލެއް ކަމުގައިވާ އުސާމާ ހަމްދާން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހަމާސްގެ ބަންދުގައި ތިބި އިޒްރޭލު މީހުން ދޫކޮށްލުމަށާއި ހަނގުރާމަ ހުއްޓުވުމަށް ހުރަސްއަޅާ މައިގަނޑު ފަރާތަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށެވެ.

ނަމަވެސް ޤަޠަރުގައި ކުރިއަށް ދިޔަ ދެ ދުވަހުގެ މަޝްވަރާތަކަކަށްފަހު މަޝްވަރާ ތަކުގެ މެދުވެރިންގެ ދައުރު އަދާ ކުރާ ގައުމުތަކުން ބުނެފައިވަނީ ބައްދަލުވުން ނިމިގެން ދިޔައީ ހަނގުރާމަ ހުއްޓާލެވޭނެ ކަމުގެ އުއްމީދު ލިބިގެން ކަމުގައެވެ.

އަނެއްކޮޅުން، ހޮނިހިރު ދުވަހުގެ ރޭ ހާހުން ގުނާލެވޭ މިންވަރަށް މީހުން ތެލްއަވީވް އަދި އިޒްރޭލުގެ އެހެން ސިޓީތަކުގެ މަގުމައްޗަށް ނުކުމެ، ނަތަންޔާހޫ ގެ އިސްތިއުފާ އަށް ގޮވާ މުޒާހަރާ ކޮށްފައިވެއެވެ. އެމީހުން ނަތަންޔާހޫ އަށް ގޮވާލަމުން ދިޔައީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ ރަހީނުން މިނިވަން ކޮށްދިނުމަށެވެ. ނަތަންޔާހޫ އާ ދެކޮޅަށް އިޒްރޭލުގައި މުޒާހަރާތައް ހިނގަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 40،074 މީހުން ޝަހީދުވެ، 92،537 މީހުން ޒަޚަމްވެފައިވެއެވެ. އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި މަރުވެފައިވަނީ 1،139 މީހުން ކަމަށް ލަފާކުރެވޭއިރު، 200 އަށްވުރެ ގިނަ މީހުން ހަމާސްގެ އަތްދަށުގައި ބަންދުގައި ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު