Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިޔަރުގެ ވިޔަފާރި

ލޭނު މަސްވެރިކަންކުރަން ހުއްދަކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް، ނިންމުން އިއާދަކުރަން ޖެހޭ - ޝާހިދު

ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް މިޔަރު ކިރާ، ޕްރޮސެސްކުރުމަށް ހުއްދަ ދޫކުރާ ގޮތައް ވަނީ ހަމަޖެހިފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 އޯގަސްޓު 2024 | އާދީއްތަ 06:42
 އަބްދުﷲ ޝާހިދު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ

އަބްދުﷲ ޝާހިދު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވާލާއިރު ލޭނުގައި ޖެހި މަރުވެފައި ހުންނަ މިޔަރުގެ ވިޔަފާރި ކުރުމަށް ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާތީ އެކަމާއި މެދު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރުވައިފިއެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުމަކީ ހައިރާންކުރުވަނިވި ނިންމުމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ މަސްވެރިކަމުގެ އެންމެ އަސާސީ ސިފަ ދޫކޮށްލުން ކަމަށް ޝާހިދު ވަނީ ސިފަކުރައްވާފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނިވިކަމަށް ބުރު އަރާކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ ލޭނު މަސްވެރިކަމަށްހުއްދަ ދީ، ލޭނުގައި ޖެހޭ މިޔަރު ވިޔަފާރުކުރުމަށް ހުއްދަދިނުމަކީ ނުަރަނގަޅު ނިންމުމެއް ކަމަށެވެ. އަދި މިއީ އެމްޑީޕީގެ ސަރުކާރުގައި ލިބިފައިވާ ކުރިއެރުން ފަހަތަށް ސޮއްސާލާނެ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ނުރައްކާ އޮތް ކަމަށް ފާހަގަކުރައްވާ ޝާހިދު ވަނީ މިއީ ރާއްޖޭގެ ވެރިންގެ އަގު ބައިނަލްއަޤުވާމީ މުޖުތަމައުގެ ކުރިމަތީގައި ބަދަލުވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ދިރުންތަކާއި މެދު މިގޮތަށް އަމަލުކުރުމަކީ އެ ސިނާއަތް ވަރުގަދަކުރުމަށް އޮތް ގޮންޖެހުމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެންމެންގެ ހައްގުގައި މި ނިންމުން އިއާދަކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.

މިޔަރުގެ ވިޔަފާރި އަށް ފިޝަރީޒް މިނިސްޓްރީން އަލަށް ހަދާ ގަވައިދުގެ ދަށުން ހުއްދަ ދޭން ޑރ. މުއިއްޒުގެ ސަރުކާރުން ނިންމި އިރު ކުރީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި 20 އޭޕްރީލް 2021 ގައި ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ ދިވެހި ރާއްޖޭގައި ލޯންގްލައިން ބޭނުންކޮށްގެން ލޯބޮޑު ކަންނެލީގެ މަސްވެރިކަމަށް ހުއްދަ ދިން ނަމަވެސް ސަރުކާރުން އެއްވެސް ވަރަކަށް މިޔަރުގެ ވިޔަފާރިއަށް ހުއްދަ ނުދޭނެ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ކުރިން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މިޔަރުގެ ވިޔަފާރި ހުޅުވާލައިފިނަމަ މުޅި ކަނޑުގެ ދިރުންތަކާއި ތިމާވެއްޓަށް ނޭދެވޭ ބަދަލުތަކެއް އައިސްފާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން ކަމުގައެވެ.

ރާއްޖޭގައި 2010 ވަނަ އަހަރު މިޔަރު ހިމާޔަތް ކުރެވި އަދި 2011 ވަނަ އަހަރުން ފެށިގެން މިޔަރުގެ ވިޔަފާރި މަނާ ކޮށްފައި ވިޔަސް ދުނިޔޭގެ ބައެއް ގައުމުތަކުގައި މިޔަރު އުރަހަ އަށާއި މިޔަރު މަހަށް ބޮޑު ޑިމާންޑެއް އޮންނާތީ، ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ މިޔަރު އުރަހަ އާއި މިޔަރު މަސް ރާއްޖޭން ބޭރު ކުރަން އުޅުމުގެ އެތައް މައްސަލަތަކެއް ފެންމަތިވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެންބަރުން ހައްޔަރުކުރުމަކީ މަޖިލިހުގެ ހިންގުމަށް އެޅޭ ހުރަހެއް: ކެޝަޕް

މެންބަރުން ހައްޔަރުކުރުމަކީ މަޖިލިހުގެ ހިންގުމަށް އެޅޭ ހުރަހެއް: ކެޝަޕް

18 ޖުލައި 2017
ހުޅުމާލޭގައި އަޅާ 7،000 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް އަންނަ އަހަރު ކަނޑައެޅޭނެ: ޑރ. މުއިއްޒު

ހުޅުމާލޭގައި އަޅާ 7،000 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް އަންނަ އަހަރު ކަނޑައެޅޭނެ: ޑރ. މުއިއްޒު

06 ޖުލައި 2017
ޝެއިޚް އިމްރާންގެ އިލްތިމާސް: ސާބިތުކޮށް ތިއްބަވާ، ފިނޑިނުވޭ، ފަހަތަށް ނުޖެހޭ، ނަސްރު ލިބޭނެ

ޝެއިޚް އިމްރާންގެ އިލްތިމާސް: ސާބިތުކޮށް ތިއްބަވާ، ފިނޑިނުވޭ، ފަހަތަށް ނުޖެހޭ، ނަސްރު ލިބޭނެ

30 ޖޫން 2017
ބޮޑެތި މައްސަލަތަކުގައި ނޫސްބަޔާން ނެރުމަކީ ފުލުހުން ފަހަތަށް އެޅި ފިޔަވަޅެއް: އަބްދުﷲ ރިޔާޒް

ބޮޑެތި މައްސަލަތަކުގައި ނޫސްބަޔާން ނެރުމަކީ ފުލުހުން ފަހަތަށް އެޅި ފިޔަވަޅެއް: އަބްދުﷲ ރިޔާޒް

19 ޖޫން 2017
ޔާމީންގެ މަރު ތަޙްގީގަށް ހުރަސް އެޅޭ ކަމެއް ހާމަކުރަންޖެހޭ: ސުއޫދު

ޔާމީންގެ މަރު ތަޙްގީގަށް ހުރަސް އެޅޭ ކަމެއް ހާމަކުރަންޖެހޭ: ސުއޫދު

26 މެއި 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު