Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރަން ބޭއްވި ދެ ދުވަހުގެ ބައްދަލުވުން ނިމިއްޖެ

ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ މެދުވެރިން ދެކެނީ ހަނގުރާމަ ހުއްޓުވައި، އިޒްރޭލުގެ ރަހީނުން ދޫކޮށްލުމަށް އިޒްރޭލާއި ހަމާސްއާ ދެމެދު ވެވޭ އެއްބަސްވުމަކީ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިނިކުރުމަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށެވެ.

ރާއްޖެ އެމްވީ | 16 އޯގަސްޓު 2024 | ހުކުރު 20:35
އިޒްރޭލް ސިފައިންގެ އަމުރަށް އަމިއްލަ ވަޒަނުން ނުކުމެގެންދާ ފަލަސްތީން މީހުންތަކެއް

އިޒްރޭލް ސިފައިންގެ އަމުރަށް އަމިއްލަ ވަޒަނުން ނުކުމެގެންދާ ފަލަސްތީން މީހުންތަކެއް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރަން ދޯހާގައި ބޭއްވި ދެ ދުވަހުގެ ބައްދަލުވުން ނިމިއްޖެއެވެ.

ހުކުރު ދުވަހު ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާތަކުގެ މެދުވެރިން ބުނެފައިވަނީ، ދެ ދުވަހުގެ މަޝްވަރާތައް ނިމި، ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އަންނަ ހަފްތާގައި މިސްރުގެ ގާހިރާގައި އަލުން ބައްދަލުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އެމެރިކާ، މިޞްރު އަދި ޤަޠަރުން ބުނެފައިވަނީ މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ އެކުވެރި މާހައުލެއްގައި ކަމަށާއި، މެދުވެރިންގެ ދައުރު އަދާ ކުރާ ފަރާތްތަކުން ހަމާސް އާއި އިޒްރޭލަށް ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ހުށަހެޅުން ތަންފީޒުކުރާނެ ގޮތުގެ ތަފްސީލުތަކުގެ މައްޗަށް މަސައްކަތްކުރުމަށް އުންމީދުކުރާ ކަމަށް ބުނެފައިވެއެވެ.

ޣައްޒާގެ ހަނގުރާމަ ފުޅާވެ، ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވިޔަ ނުދިނުމަށް ބައިނަލްއަޤްވާމީ ޑިޕްލޮމަސީ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވިގެން ދިޔަތަން ހުކުރު ދުވަހު ފެނިގެން ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ޤަޠަރުގައި ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް ކުރިއަށް ދިޔައިރު، އިނގިރޭސި އަދި ފަރަންސޭސި ޚާރިޖީ ވަޒީރުން އިޒްރޭލަށް ޒިޔާރަތްކުރައްވާ އިޒްރޭލުގެ އޮފިޝަލުންނާ އެކު ވަކިން މަޝްވަރާތައް ކުރައްވާފައި ވެއެވެ.

އިޒްރޭލް-ހަމާސް ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރެވެމުން ދާއިރު ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން  ބުނާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވާ ފަލަސްތީނު މީހުންގެ އަދަދު 40،000 އަށް ވުރެ މައްޗަށް މިހާރު ވަނީ ގޮސްފައެވެ.

އަނެއް ކޮޅުން ސުލްހައިގެ ވާހަކަތައް ކުރިއަށް ދާއިރުވެސް އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކަށް ކުޑަ ނަމަވެސް ހެޔޮ ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ މެދުވެރިން ދެކެނީ ހަނގުރާމަ ހުއްޓުވައި، އިޒްރޭލުގެ ރަހީނުން ދޫކޮށްލުމަށް އިޒްރޭލާއި ހަމާސްއާ ދެމެދު ވެވޭ އެއްބަސްވުމަކީ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިނިކުރުމަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށެވެ.

ހަނގުރާމަ އަވަހަށް ނިމުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ އަދި ފަރަންސޭސި ފޮރިން މިނިސްޓަރ ސްޓެފާން ސެޖޯނޭ ހުކުރު ދުވަހު އިޒްރޭލުގެ ފޮރިން މިނިސްޓަރ އިސްރާއީލް ކަޓްޒްއާ އެކު ބޭއްވެވި ބައްދަލުވުމަކީ އުއްމީދީ ބައްދަލުވުމެއް ކަމަށް އެ ދެ ވަޒީރުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ބައްދަލުވުމަށް ފަހު ލެމީ ވިދާޅުވީ އިޒްރޭލުގެ އޮފިޝަލުން އެއްބަސްވުމެއް ހޯދުމުގެ އުއްމީދުގައި ތިބި ކަމަށް ދެންނެވި ކަމަށެވެ.

"މިހާރު މި ހަނގުރާމައިގެ 315 ދުވަސް ފާއިތުވެގެން ދާއިރު، ރަހީނުން ދޫކޮށްލުމާއި، ޣައްޒާއަށް ބޭނުންވާ މިންވަރަށް އެހީ ފޯރުކޮށްދިނުމާއި، އަދި ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވުމެއް ހޯދަންޖެހޭ ވަގުތަކީ މިއީ،" އިޒްރޭލުގެ އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށްފަހު މީޑިއާ އަށް ލެމީ ވިދާޅުވިއެވެ.

ލެމީ ގެ އަރިހުގައި ވާހަކަދައްކަވަމުން، ފަރަންސޭސި ފޮރިން މިނިސްޓަރ ސްޓެފާން ސެޖޯން ވިދާޅުވީ މަޝްވަރާތަކަށް ހުއްޓުވުމެއް އަތުވެދާނެ ގޮތަކަށް ކުރެވޭ އެއްވެސް ކަމެއް ބަލައިނުގަނެވޭނެ ކަމަށެވެ. މިއީ ވަރަށް މުހިންމު ވަގުތެއް ކަން ފާހަގަ ކުރައްވާ އޭނާ އާއި ލެމީ ވާނީ ހުރިހާ ފަރާތްތަކަށް ވަރަށް ސާފު މެސެޖެއް ދެއްވާފައި ކަމަށާއި، އެއީ ކަންކަން ވެގެން ދާގޮތުން "ސުލްޙައަށް ނުވަތަ ހަނގުރާމައަކަށް މަގުފަހިވެދާނެތީ" ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ބުރާސްފަތި ދުވަހު ގަތަރު ގައި ފެށީ އެމެރިކާ އާއި ޤަތަރު އަދި މިސުރު އެންމެ އިސްވެރިން އެކަމަށް ބާރު އަޅުއްވައިގެންނެވެ.

ބުރާސްފަތި ދުވަހުގެ މަޝްވަރާތަކުގައި ހަމާސްގެ މަންދޫބުން ސީދާ ބައިވެރިވެފައެއް ނުވެއެވެ. ހަމާސް އިން ބުނާ ގޮތުގައި، ކުރިން އެމެރިކާ އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތާއީދު ލިބި، ހަމާސްއިން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ހުށަހެޅުމަކަށް އިސްރާއީލުން ވަނީ އިތުރު ޝަރުތުތަކެއް ހުށަހަޅާފައެވެ.

އަނެއްކޮޅުން އިސްރާއީލުން ބުނާ ގޮތުގައި ހަމާސްއިން ވަނީ އިތުރު ޝަރުތުތަކެއް މަޝްވަރާތަކަށް ހުށަހަޅާފައެވެ. ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ ސްޕޯކްސްޕަރސަން ޖޯން ކާރބީ ވިދާޅުވީ މި މަޝްވަރާތަކަކީ ސުލްހައިގެ ރޮނގުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އޭނާ ވިދާޅުވީ އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރި ކަމަށެވެ. އަދި މަޝްވަރާކުރާ ފަރާތްތަކުން މިހާރު ފޯކަސްކުރަނީ ސުލްހައިގެ އެއްބަސްވުން ތަންފީޒުކުރާނެ ގޮތުގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑިޕްލޮމެޓުން އުއްމީދު ކުރަނީ، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަވަހަށް އާދެވޭ ގޮތް ވެއްޖެ ނަމަ، އީރާނާއި ހިޒްބުﷲ އިން އިޒްރޭލަށް ބަދަލު ހިފުމުގެ ގޮތުން ދޭން ބުނެފައިވާ ހަމަލާ ދިނުން ހުއްޓުވިދާނެ ކަމަށެވެ. އެހެން ނަމަވެސް އީރާނުން ކުރިން ބުނެފައިވަނީ އީރާނުގައި ހުންނަވަނި ކޮށް އިޒްރޭލުން ހަމަލާދީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ބަދަލު ހިފުމަކީ ޣައްޒާ ހަނގުރާމަ އާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އަދި އެއީ އީރާނުގެ އިސްތިގްލާލް ގެ ދިފާއު ގައި ކުރަން ނިންމާފައިވާ ކަމެއް ކަމަށާއި އެކަން ނިންމާފައިވާ ގޮތައް ތަންފީޒް ކުރާނެ ކަމުގައެވެ.

ހަމާސް އިން ބުނަމުން އަންނަނީ ޣައްޒާގައި އިޒްރޭލް ސިފައިން އެއްވެސް މިންވަރަކަށް ތިބޭ ގޮތައް ހެދޭ އެއްވެސް އެއްބަސްވުމަކަށް އެއްބަސް ނުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު