Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޕޮކްސް ފެތުރިދާނެކަމުގެ ބިރު

އެމްޕޮކްސްގެ ނުރައްކާ މުޅި ދުނިޔެއަށް، ރާއްޖެއިން ތައްޔާރުތަ؟

އެޗްޕީއޭއިން ދަނީ އެސަސްމަންޓް ރިޕޯޓު ހަދަމުން، ތަފްސީލެއް ހާމައެއްނުކުރޭ ރާއްޖެއަށް މިބަލި އައުމަކީ ދުރު ކަމެއް ނަމަވެސް ބަލި ދެނެގަނެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަންޖެހެއެވެ. ދުނިޔެއިން އެންމެ ފުރަތަމަ މި ބަލި ޖެހިފައިވާކަން ރިޕޯޓުކޮށްފައިވަނީ 1970 ވަނަ އަހަރު އެވެ.

އެންމެ ފުރަތަމަ މި ބަލި ޖެހިފައިވާކަން ރިޕޯޓުކޮށްފައިވަނީ 1970 ވަނަ އަހަރު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 އޯގަސްޓު 2024 | ހުކުރު 12:21
އެމްޕޮކްސްގެ ނުރައްކާ މުޅި ދުނިޔެއަށް ދަނީ ފެތުރެމުން

އެމްޕޮކްސްގެ ނުރައްކާ މުޅި ދުނިޔެއަށް ދަނީ ފެތުރެމުން

މަކުނު ވިދުރި ނުވަތަ އެމްޕޮކްސް ނުވަތަ މަންކީޕޮކްސް އަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިވަނީ ކަނޑައަޅާފައެވެ. 14 އޮގަސްޓް 2024 ވީ ބުދަ ދުވަހު އެންމެ މަތީ ލެވެލްގެ އެލާޓާއެކު މިކަން އިއުލާން ކޮށްފައިމިވަނީ މި ބައްޔާމެދު އާއްމުން ސަމާލުވުމަށެވެ.

މިއާއެކު ރާއްޖެއަށް މިބަލި އައިސްދާނޭތޯ ނުވަތަ ފެތުރިގެން ހިނގައިދާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ ރާއްޖެއަށް ދުނިޔޭގެ ހުރިހާ ހިސާބަކުން ފަތުރުވެރިން އަންނަ ގައުމަކަށްވާތީއެވެ. ޓޫރިޒަމް ޑެސްޓިނޭޝަންއަކަށްވާއިރު، މި ބަލި އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ރާއްޖެއަށް މިބަލި އައުމަކީ ދުރު ކަމެކެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ބަލި ދެނެގަނެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްޔަށް އާއްމު ރައްޔިތުން ހޭލުންތެރިކޮށް، ރަނގަޅު މައުލޫމާތު ލިބިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

މި ބައްޔާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އެމްޕޮކްސް ރާއްޖޭގައި ފެތުރިދާނެތޯ ބަލަން އެސެސްމަންޓެއް ހަދަން ފަށާފައި ވާކަމަށެވެ. އަދި އެސެސްމަންޓު ހަދާ ނިމުމުން ރާއްޖޭގައި އެ ބައްޔަށް ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މާބޮޑު ތަފްސީލެއް އަދި ހާމަނުކުރި ނަމަވެސް އެސެންމަންޓް ރިޕޯޓު ނިމުމާއެކު ތަފްސީލުތައް ހާމަކުރާނެ ކަމަށް އެއިދާރާއިން ބުނެއެވެ.

އެމްޕޮކްސް އިންސާނުންނަށް ވާސިލުވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނުންނަށް އެންމެ ފުރަތަމަ މި ބަލި ޖެހިފައިވާކަން ރިޕޯޓުކޮށްފައިވަނީ 1970 ވަނަ އަހަރު އެވެ. 2022 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ފެތުރިގެން ދިޔައިރު، އެންމެ ގިނައިން މި ބަލި ރިޕޯޓު ކުރަމުންދަނީ އެފްރިކާ ސަރަހައްދުގެ ބޭރުންނެވެ.

އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ. މިބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށްވާއިރު، ކެއްސާ ކިނބިހި އެޅުމާއި ޖިންސީ ގުޅުން ހިނގުމާއި ބަލި ޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ އެއްޗެއް ބޭނުންކުރުމުގެ އިތުރުން އަންނައުނާއި ސިރިންޖު ފަދަ ތަކެތިން ބަލިޖެހުމުގެ ފުރުސަތު ބޮޑެވެ.

ބަލި ޖެހުމުން ފެންނަ ނިޝާން ތަކުގެ ތެރޭގައި ހުން އައުމާއި ގައިގަ ރިއްސުމާއި ގައިގެ ތަންތަން ފާރުވުމާއި ފޮޅުތައް ނެގުން ހިމެނެއެވެ. މި ބައްޔަކީ ފަރުވާއެއް ނުކުރިނަމަވެސް އަމިއްލަޒާތުގައި އާންމުކޮށް ފަސޭހަވާ ބައްޔެކެވެ. ނަމަވެސް ބަލީގައި ބޮޑުވަރުވެ، ފަރުވާ ނުލިބިއްޖެ ނަމަ މި ބައްޔަކީ ފުރާނަ އަށް ނުރައްކާވާ ބައްޔެކެވެ.

މިބަލިން ރައްކާތެރިވުމަށް އެމްޕޮކްސް ވައިރަސް ހުންނަކަމަށް ފާހަގަކުރެވޭ ޖަނަވާރުތަކާއި ބަލި ޖެހިފައިވާ މީހުންނާ ދުރުހެލިވާންޖެހެއެވެ. ޖިންސީ ގުޅުން ހިންގާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ގިނަ މީހުން އެއްވާ ތަންތަނަށް ދާނަމަ މާސްކް އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅަންޖެހެއެވެ. އަދި ސިއްހީ އެހީތެރިންގެ ލަފައާއި އެކު ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމާއި، ރޯގާޖެހި އަލާމަތްތައް ފެންނަކަމަށްވާނަމަ މީހުންގެ ތެރެއަށް ނުނިކުމެ ޑޮކްޓަރަށް ދައްކައި، އެހީތެރިކަން ހޯދަންޖެހެއެވެ.

ފަރުދީ ގޮތުން އެމީހެއްގެ ޒިންމާ އަދާކޮށް، ދުރާލާ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާކަމަށްވާނަމަ ގައިންގަޔަށް އަރާ ބައްޔާއި އަދި ގައިންގަޔަށް ނާރާ ބަލިމަޑުކަމުން ވެސް ދުރުކޮށްދޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު