Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާގެ 78 ވަނަ މިނިވަން ދުވަސް

އިންޑީއާއަކީ ހުރިހާ މޫސުމެއްގައި ވެސް ރާއްޖެއާ އެކުވެރި ގައުމެއް: ޝާހިދު

15 އޯގަސްޓު 2024 | ބުރާސްފަތި 08:21

ކުރިއަށް އޮތްތަނުގައި ރާއްޖެއާއި އިންޑީއާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރަން

އަމްނާ އިމާދު
އަމްނާ އިމާދު | 15 އޯގަސްޓު 2024 | ބުރާސްފަތި 08:21
ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރާ ބައްދަލުކުރައްވަނީ

ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރާ ބައްދަލުކުރައްވަނީ

އިންޑީއާއަކީ ހުރިހާ މޫސުމެއްގައި ވެސް ރާއްޖެއާ އެކުވެރި ގައުމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 78 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވަވައި ޝާހިދު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ހުރިހާ މޫސުމެއްގައި އެކުވެރި ގައުމެއްކަން ސާބިތުވެފައިވާ ކަމަށެވެ. ރާއްޖެއަށް ކުރިމަތިވާ ކޮންމެ ކާރިސާއެއްގައި އެންމެ ފުރަތަމަ އެންމެ އަވަހަށް އަދި އެންމެ ރަނގަޅަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކީ އިންޑިއާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އަގުނުކުރެވޭ ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީގެ އެހީއާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެހީތެރިކަން އިންޑިއާއިން ފޯރުކޮށްދޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެއާއި އިންޑީއާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިންޑިއާއަކީ ރާއްޖެއަށް ތަރައްގީގެ ދާއިރާތަކުންނާއި، މީހުން ބިނާކުރުމުގެ ދާއިރާއިން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމެވެ. މީގެ އިތުރުން މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ވެސް އެންމެ ބޮޑަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ އެއް ގައުމަކީ އިންޑިއާއެވެ. ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ފުރަތަމަ ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ އިންޑިއާއަށް ވަރަށް ބޮޑަށް ބަހުގެ ހޫނު ހަމަލާތައް އަމާޒު ކުރެވިއެވެ. އެއާއެކު ދެގައުމުގެ ގުޅުން ހީނަވަރުވެގެން ދިޔައެވެ. ނަމަވެސް މިސަރުކާރަށް 8 މަސް ފާއިތުވި ފަހުން މިސަރުކާރުން އިންޑިއާ-ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ވަނީ ފަށާފައެވެ. އެއާއެކު އެ މަސައްކަތަށް އިންޑިއާ ސަރުކާރުން ވެސް ވަނީ އެއްބާރުލުން ދީފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2017

ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރަން ޖާފަތެއް ބާއްވައިފި

28 ސެޕްޓެމްބަރު 2017
ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރަން ޖާފަތެއް ބާއްވައިފި
22 ސެޕްޓެމްބަރު 2017

ރާއްޖެ، އދ. ގައި 52 އަހަރު: ޖަޒީރާ ގައުމެއްގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވޭ!

22 ސެޕްޓެމްބަރު 2017
ރާއްޖެ، އދ. ގައި 52  އަހަރު: ޖަޒީރާ ގައުމެއްގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވޭ!
17 ސެޕްޓެމްބަރު 2017

ރާއްޖެ ލޭބަލް ވެގެން ގޮސްފައިވަނީ މުސްލިމުން ހިމާޔަތްކުރުމަށް ތާއީދު ނުކުރާ ގައުމެއްގެ ގޮތުގައި: އަދާލަތު

17 ސެޕްޓެމްބަރު 2017
ރާއްޖެ ލޭބަލް ވެގެން ގޮސްފައިވަނީ މުސްލިމުން ހިމާޔަތްކުރުމަށް ތާއީދު ނުކުރާ ގައުމެއްގެ ގޮތުގައި: އަދާލަތު
13 ޖޫން 2017

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

13 ޖޫން 2017
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި
05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލީ އެހެން ގައުމެއްގެ ނުފޫޒަކުން ނޫން: އަނިލް

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލީ އެހެން ގައުމެއްގެ ނުފޫޒަކުން ނޫން: އަނިލް
06 މެއި 2017

ހަ ގައުމެއްގެ އޮބްޒާވަރުން ދަނީ ހަރަކާތްތެރިވަމުން

06 މެއި 2017
ހަ ގައުމެއްގެ އޮބްޒާވަރުން ދަނީ ހަރަކާތްތެރިވަމުން
18 އެޕްރީލު 2017

މުއްތޮލިބުގެ ނަސޭހަތް، ސަން ސިޔާމަށް - އެކުވެރިން ކަތިލެވޭއިރު ބަލަން ނުހުރޭ

18 އެޕްރީލު 2017
މުއްތޮލިބުގެ ނަސޭހަތް، ސަން ސިޔާމަށް - އެކުވެރިން ކަތިލެވޭއިރު ބަލަން ނުހުރޭ
15 އެޕްރީލު 2017

‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

15 އެޕްރީލު 2017
‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!
13 އެޕްރީލު 2017

ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

13 އެޕްރީލު 2017
ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި
07 އެޕްރީލު 2017

ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި

07 އެޕްރީލު 2017
ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް